އިސްލާމީ ތާރީހުން ސިޔާސީ ދެތިން އިބުރަތް

ހައްޖާޖް ބިން ޔޫސުފުގެ ދަރުބާރު ސިފަކޮށް ދިނުމަށް އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ތަސްވީރެއް.

ހައްޖާޖް ބިން ޔޫސުފުގެ ދަރުބާރު ސިފަކޮށް ދިނުމަށް އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ތަސްވީރެއް.

އަޅުގަނޑުގެ މިއަދުގެ ލިޔުމުގައި ގެނެސްދޭން ގަސްދުކުރަނީ އިސްލާމީ ތާރީހުން ފިލާވަޅެކެވެ. އިސްލާމީ ތާރީހުގެ ހަގީގީ ހާދިސާއަކުން ބުނެދޭ ދެތިން އިބުރަތެއްގެ މައްޗަށް އަލިއަޅުވާލާ ފާޅުކޮށްލެވޭ ހިޔާލެކެވެ. މިފިލާވަޅު އެމައްޗަށް ބިނާވާ ވާހަކައިގެ ފަސްމަންޒަރު ދެނެގަތުމުގެ ބޭނުމަށް ދެ ޝަހުސިއްޔަތެއްގެ ކުރު ތައާރަފެއް ދަންނަވާލިޔަ ދެއްވާށެވެ. އެއްބޭކަލަކީ ހަލީފާ އަބްދުލްމަލިކް ބިން މަރްވާނެވެ. އަނެއް ބޭކަލަކީ ހައްޖާޖް ބިން ޔޫސުފެވެ.

އިސްލާމީ ހިލާފަތުގެ އެންމެ އަދުލުވެރި ދުވަސްވަރުކަމަށްވާ މަޝްހޫރު ހަތަރު ހަލީފާއިންގެ ވެރިކަމަށްފަހު، ދެން އެންމެ ފުރަތަމައަށް އޮތީ އުމަވީ ދަރިކޮޅުގެ އިސްލާމީ ހިލާފަތެވެ. އަބްދުލްމަލިކް ބިން މަރްވާނަކީ އެދަރިކޮޅުން ވަޑައިގެންނެވި ފަސްވަނަ ހަލީފާއެވެ. މުސްލިމުންގެ ނުވަވަނަ ހަލީފާއެވެ.

އުސްމާންގެފާނު ޝަހީދުކުރުމާ ހަމައިން، އުފެދިގެން އައި ބައިބައިވުންތަކާއެކު، އަދި ހަލީފާ އަލީގެފާނުގެ ޒަމާނުގައި މުސްލިމުންގެ މެދުގައި ހިނގި ހިތާމަވެރި ހަނގުރާމަތަކާވެސް އެކު، އެދުވަސްވަރު އުންމަތެއްގެ ސިފައިގައި އިސްލާމީ އުންމަތަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ނުރައްކާތެރިކަމަކީ އެތެރޭގެ ހަނގުރާމަތަކާއި ހަމަނުޖެހުންތަކާއި ގަޑުބަޑެވެ. ނުވަވަނަ ހަލީފާއާ ހަމައަށް އައިއިރު މިކަންކަން އޮތީ އުންމަތް ސުންނާފަތިކޮށްލަފާނެ ދަރަޖައިގައެވެ.

Advertisement

މުސްލިމުންގެ މެދުގައި ހިނގަމުންދިޔަ ދާހިލީ ބޮޑެތި ހަނގުރާމަތައް ރަމަތަކޮށް، ހުރިހާ މުސްލިމުން އެކަތިގަނޑަކަށް ހައްދަވައި، އިސްލާމީ ހިލާފަތު އެތެރޭގެ ކޯޅުންތަކުން ސަލާމަތްކޮށް ބަދަހިކޮށް މައި ހިލާފަތުގެ ބާރުވެރިކަން އިސްލާމީ ހުރިހާ ސަރަހައްދަކަށް ފުރިހަމައަށް ހިންގެވުމުގެ މަތިވެރި ކާމިޔާބު ހޯއްދެވި ބޭކަލަކީ ހަލީފާ އަބްދުލްމަލިކް ބިން މަރްވާނެވެ. ހަލީފާ އަބްދުލްމަލިކް ބިން މަރްވާން އިސްލާމީ އުންމަތަށް ގެނެސްދެއްވި ތަރައްގީއާއި ތަހުޒީބުގެ ވާހަކަ ދައްކާންވެއްޖެނަމަ އަޅުގަނޑުގެ މައުލޫއިން ކައްސާލައިގެން ހިނގާދައިނެއެވެ.

ހައްޖާޖް ބިން ޔޫސުފަކީ ހަލީފާ އަބްދުލް މަލިކް ބިން މަރްވާންގެ އެންމެ އިސްކޮމާންޑަރެވެ. ދާހިލީ ވަރަށް ގިނަ ހަނގުރާމަތައް އަބްދުލްމަލިކް ބިން މަރްވާން ކާމިޔާބުކުރެއްވީ ހައްޖާޖް ބިން ޔޫސުފްގެ ލީޑަރުކަމުގެ ދަށުންނެވެ. ހައްޖާޖް ބިން ޔޫސުފް ބައެއް ދާހިލީ ހަނގުރާމަތަކުގައި ނިންމެވި ނިންމެވުންތަކުގެ ސަބަބުން، އޭނާއަކީ އަނިޔާވެރި ބޭކަލެއްގެ ގޮތުގައި ތާރީހް ގިނަ އިލްމުވެރިން ސިފަކުރައްވާކަމަށްޓަކައި އޭނާ މަޝްހޫރުވީ އުންމަތުގެ އަނިޔާވެރިޔާގެ ނަމުންނެވެ. ވަކިން ހާއްސަކޮށް ހަލީފާއަށް ބައިއަތު ނުހިއްޕަވައި، މާތް ސަހާބީ ޢަބްދުﷲ ބިން ޒުބައިރުގެ ހަލީފާކަން ގަބޫލުކޮށްގެން މައްކާމަދީނާގައި އުޅެމުންދިޔަ މުސްލިމުންނަށް ހަމަލާދެއްވި ދެއްވުމަކީ އޭގެ ޒާތުން ކައުބަތުﷲ ގެފުޅަށް ވެސް އެތައް ގެއްލުމެއް ލިބިގެންދިޔަ ކަމަކަށްވެފައިވެއެވެ. އަދި ޢަބްދުﷲ ބިން ޒުބައިރު ފަދަ އިލްމުވެރި އަޅުވެރި ސަހާބީއަކު ޝަހީދުކުރެވި ސަލީބަށް އެރުވުނީ ވެސް ހައްޖާޖުގެ ކޮމާންޑަރުކަމުގެ ދަށުން ކުރެވުނު މި ހަނގުރާމައިގައިކަމަށްވެފައި، އޭގެ ފަހަށްވެސް ގިނަ ދާހިލީ ހަމަނުޖެހުންތައް ހަންމަތަކުރުމުގައި ހައްޖާޖާ ދެކޮޅުވާ މީހުންނަށް މަރުގެ އަދަބު ދެއްވާލެއް އަވަސްކަމާއި ގިނަކަމަށްޓަކައި، އޭނާއަކީ އަނިޔާވެރިއެއްގެ ގޮތުގައި ފާހަގަވެގެންދިޔައީ މާބޮޑަކަށެވެ.

އެކަމަކު ހަމަ ތާރީހު އިލްމުވެރިންގެ ގިނަ ބަޔަކު ގަބޫލުކުރާ ހަގީގަތަކީ، ހައްޖާޖްގެ ކޮމާންޑަރުކަމުގެ ދަށުން ކުރި ދާހިލީ ހަނގުރާމަތަކުގެ ނަތީޖާއަކީ، މުޅި އިސްލާމީ އުންމަތް އެކަތިގަނޑަކަށްވުމާއި މައި ހިލާފަތުގެ ބާރުގަދަވެ އިސްލާމީ އުންމަތަކީ އެހެން އެމްޕަރާތައް ޖެހިލުންވާފަދަ ބާރަކަށްވެގެންދިއުމެވެ. ކޮންމެއަކަސް ހައްޖާޖުގެ މަސައްކަތުގެ ބޮޑުބައި ހޭދަވީ ދާހިލީ ހަނގުރާމަތައް ލީޑްކުރެއްވުމުގައި ކަމަށްވާތީ، އޭނާގެ ކޮމާންޑަރުކަމުގެ ދަށުން ކުރެވުނު ހަނގުރާމަތަކުގައި ޝަހީދުވީ މުސްލިމުންގެ އަދަދު ގިނައެވެ. ވެރިންނަށް ކިޔަމަންތެރިނުވާ މީހުންނަށް އޭނާގެ ހިތާއި އަތާއި ދުލާއި ކަނޑީގެ ހަރުކަށިކަން ދައްކާލި މިންވަރުން އިސްލާމީ އުންމަތް އެއްބައިވަންތަކުރުވިއެވެ. އެކަމަކު ހަމައެޔާއެކު އޭނާގެ ނަން ތާރީހުގައި ލިޔުނީ އުންމަތުގެ އަނިޔާވެރިޔާގެ ނަމުންނެވެ.

ހައްޖާޖުގެ ސަފުހާތަކުން ސަފުހާއެއް މިއެއްލަނީއެވެ. ވިދާޅުވާށެވެ. ހައްޖާޖު އޭނާގެ ދަރުބާރު އެއްކުރައްވައިގެން އިންނަވަނިކޮށް އަންހެނަކު އެ ދަރުބާރަށް ވަނެވެ. އަދި އެމީހާ ބޭނުންވާ ކަންކަން ހައްޖާޖަށް ދެންނެވިއެވެ. އެޔާއެކު ހައްޖާޖު އެ އަންހެން މީހާއާ ސުވާލުކުރެއްވިއެވެ. އަހަރެމެންގެ ހަލީފާ އަބްދުލްމަލިކް ބިން މަރްވާންއާމެދު ކަމަނާ ދެކެނީ ކިހިނެއްހެއްޔެވެ؟ އެކަނބުލޭގެ ހުއްޓުމެއް ވެސް ނެތި ޖަވާބުދިނެވެ. ހުދު ކަލެޔަކީ އެމީހަކު ހެދި ނުބައިތަކުގެ ތެރެއިން އެއް ނުބައިކަމުގައިވާ މީހަކާ މެދު އަހަރެން ބުނަން އޮންނާނީ ކީކޭހެއްޔެވެ؟ މާތް ﷲ އަބްދުލްމަލިކް ބިން މަރްވާން ހިސާބު ބައްލަވާނީ އެހެން ހުރިހާ ކަމެއް ދޫކުރައްވާފައި ހަމައެކަނި ކަލޭ މި އިރާގު ކަރައިގެ މައްޗަށް އިސްކުރެއްވި ކުރެއްވުމަށް އެކަނި ކަމަށް ވިޔަސް، އަބްދުލް މަލިކް ދާނީ ޖަހަންނަމައަށެވެ.

އެހިނދު ދަރުބާރުގައި ތިބި މީހުންގެ ތެރެއިން އެކަކު ފުންމައިގެން ތެދުވެފައި ދެންނެވިއެވެ. އޭ އަމީރެވެ. އެކަނބުލޭގެ ދޫ ކަނޑުއްވާލައްވާށެވެ. އަނެއް މީހަކު ފުންމައިގެން ތެދުވެފައި ދެންނެވިއެވެ. އޭ އަމީރެވެ. އެކަމަނާގެ ދެއަތް ބުރިކޮށްލައްވާށެވެ! ތިންވަނަ މީހަކު ދެންނެވިއެވެ. އެކަމަނާގެ ދެއަތާއި ދެފައިވެސް ބުރިކޮށްލާށެވެ! އެޔާއެކުވެސް ބިރުވެރިކަމެއް ނެތި އެކަމަނާ ހައްޖާޖަށް ދެންނެވިއެވެ. ﷲ ގަންދީ ހުވާކޮށް ބުނަމެވެ. ކަލޭގެ ދަރުބާރުގައި މިތިބަ މީހުންނަށްވުރެ ފިރުއައުނުގެ ދަރުބާރުގައި ތިބި ވަޒީރުންވެސް މާ ރަނގަޅެވެ. ހައްޖާޖް ދެންނެވިއެވެ. އެއީ ކީއްވެތޯއެވެ؟ އެކަމަނާ ދެންނެވިއެވެ. އެއީ މޫސާގެފާނު ފިރުއައުނުގެ ދަރުބާރަށް ވަޑައިގެންދުވަހު އެތާގައި ތިބި މީހުން ފިރުއައުނަށްވެސް ލަފާއެރުވީ ސިހުރުވެރިންނާ މޫސާގެފާނާ ތެރެއިން ގަދަވާ ބަޔަކު ބެލުމަށެވެ. އަދި އެކަން އާންމުންނަށް ދެއްކުމަށް މީހުން އެއްކުރުމަށެވެ. މޫސާގެފާނުގެ ދޫ ކަނޑައިގަންނަން ނޫނީ އަތްފައި ބުރިކުރަން ފިރުއައުނަށް އެބައިމީހުން ލަފައެއް ނާރުވައެވެ. ދެން ހައްޖާޖު ހިނިވަރުނަކުރައްވައި އެކަމަނާއަށް މާފުދެއްވައި ދަރުބާރުން ބޭރުކުރެއްވިއެވެ.

އިބުރަތް ލިބިގަންނާށެވެ. 'އުންމަތުގެ އަނިޔާވެރިޔާ' ގެ ގޮތުގައި އިސްލާމީ ތާރީހުގައި ނަންފެވިފައިވާ ހައްޖާޖް ބިން ޔޫސުފްގެ ދަރުބާރުގައި ވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރާއި ފުރިހަމަކަމެވެ. ވެރިންގެ ކައިރީގައި 'ވައިޖަހަން' ތިބޭ ވަޒީރުންނާއި ކުޑަތާބޮޑުންގެ ހުންނަ މުނާފިގުކަމާއި ސުންޕާކަމެވެ. އެހެންނާ ހައްޖާޖް އެދުވަހު ކައިރީގައި ތިބި މީހުންގެ ލަފަޔަށް އަމަލުކުރިނަމަ، އޭގެ އެތައް ގަރުނެއް ފަހުން މި ލިޔުމުގައި ވެސް ހައްޖާޖާމެދު އަހަރެން ލިޔުނީހީ ކީކޭބާވައެވެ؟ ހައްޖާޖަށް ތިބާ ކިޔުންތެރިއެއްގެ ހައިސިއްޔަތުން ކުރާނީ ކޮންފަދަ ދުއާއެއްބާވައެވެ.

ކިތަންމެ ބޮޑު އަނިޔާވެރިއަކު ނަމަވިޔަސް އޭނާ ކޮށްފައި އޮތް ހެޔޮކަމެއްގެ ވާހަކަ އޭނާގެ ރައްޔިތުން ދައްކާނެއެވެ. ހައްޖާޖުގެ މި ވާހަކަ އޭގެ ހެއްކަކަށް ފުދެއެވެ. އެހެން އެކަން ނުވާންޖެހޭ ސަބަބެއް ނެތެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި އަންގަވާފައިވަނީ މީހަކު ކުރި ހެޔޮކަމެއް ނަމަ އެކަމެއް ގެއްލެނި ނުކުރައްވާނެކަމަށެވެ. ނިކަން ވިސްނަވާށެވެ! ހައްޖާޖު އޭނާއާއި އޭރުގެ ހަލީފާއާމެދު އެ އަންހެން މީހާ ޖެހިލުމަކާ ނުލައި ފާޅުކުރި ހިޔާލުތަކާއެކުވެސް އެމީހާއަށް އަދަބުނުދެއްވައި މާފުކުރެއްވި ކަމީ ހައްޖާޖަށް ފަށްފަށުން ތައުރީފު އޮހެމުންދާ ކަމެކެވެ.

ހަމައެޔާއެކު އެއަންހެން މީހާ ހައްޖާޖު ކައިރީ އެދުނު އެދުންތައް ފުއްދަވައިދެއްވުމުގެ ކުރިޔަށް އަންހެން މީހާގެ ސިޔާސީ ފިކުރު ހުރި ގޮތް ބެއްލެވިބެއްލުވުމާއި، އަންހެން މީހާ ދަރުބާރުން ނެރުއްވީ އަންހެން މީހާ އެދުނު ކަންކަން ފުއްދަވައި ނުދެއްވާ ކަމަށްވީވުމާމެދު ހީވަނީ ކީކޭހެއްޔެވެ؟ އެމީހާއަށް މާފުކުރި ފަދައިން އަދި އެމީހާގެ ސިޔާސީ ވިސްނުމަކަށް ނުބަލައި ރައްޔިތަކަށްވީތީ ވެރިއެއްގެ ކިބައިން ލިބެންޖެހޭ ހައްގުތައް ދެއްވިނަމަ، ތާރީހުގެ ގަލަމުން ހައްޖާޖުގެ ނަން މިވާހަކަ ލިޔާއިރުގައި އަދި މާފުރިހަމަވީސް ނޫންތޯއެވެ؟

އާދޭހެވެ! ވެރިއެއްގެ ނަން ރީތި ވަނީ ރައްޔިތަކާ ވެވޭ އަރާރުމެއްގައި މޮޅުވުމަކުން ނޫނެވެ. ވެރިއެއްގެ ޖާހު ރައްޔިތުންގެ ހިތްތަކާއި ތާރީހުގެ ފަތްފުށްތަކުގައި މަތިވެރިވެދަނީ ބަހާއި އަމަލުން ދައްކުވައިދޭ އަދުލުވެރިކަމާއި ހެޔޮވެރިކަމުގެ ނަތީޖާއިން ރައްޔިތުންނަށް ގެނެސްދޭ ލުއިކަމާއި ތަނަވަސްކަމާއި ހިތްފަސޭހަކަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒުވާނުންނާއި ޒަމާނީ މަސައްކަތުގެ މާހައުލު

ދިވެހި ޒުވާނުން މަސައްކަތްތަކާ ދުރުވަނީ ކަންނެތްކަމުން ކަމަށް ބުނާ ބުނުމަކީ ހަގީގީ ދިރާސާއެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއް ނޫނެވެ. ޒުވާނުން ވަޒީފާއަށް ނުކުތުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދިރިއުޅުމުގެ ހަރަދުތަކާ ނުބައްދަލު ދަށް އުޖޫރައާއި، މަސައްކަތުގެ މާހައުލުގައި ހައްގުވާ ރައްކާތެރިކަމާއި އިނާޔަތްތައް ނެތުމެވެ. އެހެންކަމުން، ވަޒީފާގެ ބާޒާރުން ދިވެހިން އެކަހެރިވާ ސަބަބުތައް ދެނެގަތުމަށް އިލްމީ ދިރާސާތަކެއް ކުރުން މުހިންމެވެ.

އެގާރަސަތޭކަ ނަވާރަ މީހުންގެ އެއްބަސްވުމާ ދެކޮޅު، 1120 ވަނަ މީހާ

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ރައީސް ޑރ. މުއިއްޒު ކަނޑައެޅުމަށް، އެ ޕާޓީގެ ކޮންގްރެސްގެ 1،119 މަންދޫބުން އިއްތިފާގުން ވަނީ ނިންމާފައެވެ. އެއްވެސް މީހެއްގެ އިއުތިރާޒެއް ނެތި މި ނިންމުން ނިންމި ނަމަވެސް، މިއީ ސިޔާސީ ގޮތުން ފުންކޮށް ވިސްނާލަންޖެހޭ ފަދަ ތަފާތު ނަތީޖާއެކެވެ.

އަހަރެމެން ދިވެހިންނާ ހެދި ކިހާ ބަޔަކު އިސްލާމްވެދާނެބާ؟

މުސްލިމުން އިސްލާމްދީން އުގެނި ދަސްކުރީ މާތް ނަބިއްޔާ މުހައްމަދުގެފާނުގެ އަރިހުންނެވެ. މުސްލިމުން އިތުރު އެކަލޭގެފާނުގެ އަރިހުން ދަސްކުރި އަމަލީ އިސްލާމްދީން އިސްލާމީ އުންމަތް އޭގެ ކުރިބޯއްޓަށް އަރާފައި ދުޝްމަނުންގެ އަތުން ބަލިވެ ބަގުދާދު ފުނޑި ސުންނާފަތިވީއިރުވެސް މުސްލިމުންގެ މެދުގައި ދިރިދިރި އޮތެވެ. މީގެ އެތައް މިސާލެއް ތާރީހުން ފެނެ އެވެ.

ގައުމީ އިގުތިސާދު ނާޒުކު ފައްތަރެއްގައި!

ރާއްޖޭގެ އިގުތިސާދީ ހާލަތު ނާޒުކުވެ، ޑޮލަރު ލިބުމުގެ ދަތިކަމާއި ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުން މުދާ އެތެރެކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން ކުދި ވިޔަފާރިތައް ހުއްޓުމުގެ ބިރު ހީވެ، ބާޒާރުގައި ތަކެތީގެ އަގު އުފުލި އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.

އާގުބޯޓު ފަހަރު ބަނދަރުކުރާ ސަރަހައްދު ގައުމީ ސަލާމަތަށް ނުރައްކާ

މާލޭގެ 'ސޭފް އެންކަރޭޖް' ސަރަހައްދުގައި ބޮޑެތި އުޅަނދުފަހަރު އެޅުމަކީ ބްރިޖާއި އެއާޕޯޓް ފަދަ މުހިންމު އުމްރާނީ ވަސީލަތްތަކަށާއި ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން އުޅަނދުތައް ކަހައިގެން ގޮސް ހިނގާ ހާދިސާތައް އިތުރުވަމުންދާތީ، މި ސަރަހައްދު ބޭނުންކުރުމުގެ އުސޫލުތައް އަލުން މުރާޖައާކޮށް ރައްކާތެރިކަން ކަށަވަރުކުރަން ޖެހެއެވެ.

ޕީއެންސީގެ "އެލީޓުން" ރައީސަށް މިދެއްވާ މެސެޖަކީ ކޮބާ؟

ޕީއެންސީގެ އެތެރޭގެ އިންތިޚާބުތަކަކީ އެމްޑީޕީއާ ޚިލާފަށް ކޮންގްރެސްގެ ތެރެއިން ސިއްރު ވޯޓަކުން މަގާމުތައް ކަނޑައަޅާ އިންތިޚާބުތަކެކެވެ. ނަމަވެސް، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ޕާޓީގެ ރައީސްކަން އެމަނިކުފާނަށް ލިބިވަޑައިގަތުމާއެކު، ޕާޓީގެ އެތެރޭގެ މަސްލަހަތަށާއި އިންތިޚާބީ ނިޒާމަށް ބަދަލުތަކެއް އަންނަމުންދާކަން މި ލިޔުމުން ފާހަގަކުރެއެވެ.

ދަރިވަރުންނަށް ރާއްޖެ އިސްލާމް ވީދުވަސް ބުނެދިނުން

ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ ތާރީޚާއި އެކަމާ ގުޅޭ މުހިންމު ހާދިސާތައް ދަރިވަރުންނަށް އޮޅުންފިލުވައިދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މިގޮތުން އިސްލާމްދީނުގެ މާތްކަމާއި، އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީގެ މަސައްކަތްޕުޅުން ރަންނަމާރީގެ ބިރުވެރިކަމުން ދިވެހިން ސަލާމަތްވި ގޮތުގެ މައުލޫމާތު ކުދިންގެ އުމުރާ ގުޅޭގޮތަށް ބުނެދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox