ޕެނަލްޓީ ނުޖެހުނު ނަމަވެސް އެމްބާޕޭ އަށް އިތުބާރު އެބައޮތް

Dec 5, 2024, 1:50 PM
ޕެނަލްޓީ ނުޖެހުނު ނަމަވެސް އެމްބާޕޭ އަށް އިތުބާރު އެބައޮތް

މެޑްރިޑް (ޑިސެމްބަރު 5) - ޕެނަލްޓީ ނުޖެހުން އެއީ ކުޅުންތެރިޔާގެ ޕާފޯމެންސް ދަށްވުން ނޫން ކަމަށާއި, ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ އަށް ފުރިހަމަ އަށް އިތުބާރު ކުރާ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ހަފްތާ އެއްހާ ދުވަހުގެ ތެރޭގައި، އެމްބާޕޭ އަތުން ވަނީ ދެ ޕެނަލްޓީއެއް ނާކާމިޔާބުވެފަ އެވެ. އެއާއެކު ގިނަ ބަޔެއްގެ ފާޑުކިޔުން އެމްބާޕޭ އަށް ވަނީ އަމާޒުވެފަ އެވެ. އެކަމަކު، އެމްބާޕޭ ދިފާއުކޮށް ރެއާލްގެ ކޯޗު އަންޗެލޮޓީ ބުނީ, އެމްބާޕޭ އަކީ ކިހާ ފެންވަރެއްގެ ކުޅުންތެރިއެއްކަން އޭނާ ކިޔާދޭން ނުޖެހޭނެ ކަަމަށެވެ.

އަދި އެމްބާޕޭގެ ފޯމަށް މަޑުމަޑުން އެޅެމުން އަންނަ ކަމަށް އަންޗެލޮޓީ ބުނެފައިވެ އެވެ.

އެ ގޮތުން، އެމްބާޕޭ ވަނީ މިދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި ޕެނަލްޓީ އެއް ނާކާމިޔާބު ކޮށްލައިފަ އެވެ. އަދި ރޭ ރެއާލުން އެތުލެޓިކް ބިލްބާއޯ އަތުން 2-1 އިން ބަލިވި މެޗުގައި ރެއާލަށް ލިބުނު ޕެނަލްޓީ ވެސް އެމްބާޕޭ ޖެހިއިރު, އެ ޕެނަލްޓީ އެތުލެޓިކް ކްލަބްގެ ކީޕަރު، ޖުލެން އަގިރެއްޒަބަލާ ވަނީ މަތަކޮށްފަ އެވެ.

ރެއާލާ އެކު އެމްބާޕޭ އަށް އޭނާގެ ކުރީގެ ކުޅުން މިހާތަނަށް ދެއްކިފައިނުވި ނަމަވެސް ރެއާލްގެ މެނޭޖުމަންޓުން އެމްބާޕޭ އަށް އިތުބާރު ކުރާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ލީގުގެ އެއް ވަނައިގައި 16 މެޗުން 37 ޕޮއިންޓާ އެކު ބާސެލޯނާ އޮތްއިރު، ދެ ވަނައިގައި އޮތް ރެއާލަށް 15 މެޗުން ވަނީ 33 ޕޮއިންޓް ލިބިފަ އެވެ.

ރޭގެ މެޗަށް ފަހު އެމްބާޕޭ އޭނާގެ ސޯޝަލް މީޑިއާގައި ބުނީ, މިއީ އިތުރު ހިތްވަރަކާއެކު ކުރިއަށްދާންވީ ވަގުތު ކަމުގައި ބުނެފަ އެވެ. އަދި ކުރިއަށް ހުރި މެޗުތަކުގައި ކުރިން ހުރި ފޯމަށް އައުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ރޭގެ މެޗުން ބިލްބާއޯ އަތުން ބަލިވުމުން ލީގުގެ އެއް ވަނަ އަށް އަރަން ރެއާލުން ކުރަމުން އަންނަ މަސައްކަތުގައި ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. އެ ގޮތުން،

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox