ޕީއެންސީގެ ފިކުރަށް ތާއީދުކުރާ ބަޔަކު ނެތް، ތިބީ ވަޒީފާ ބޭނުންވާ މީހުން: އަބްދުއްރަހުމާން

މެންބަރު އަބްދުއްރަހުމާން: ޕީއެންސީގެ ފިކުރަށް ތާއީދު ކުރަނީ ވަޒީފާގެ ބޭނުމުގައި ކަމަށް ވިދާޅުވި -- ފޮޓޯ: މަޖިލިސް

މެންބަރު އަބްދުއްރަހުމާން: ޕީއެންސީގެ ފިކުރަށް ތާއީދު ކުރަނީ ވަޒީފާގެ ބޭނުމުގައި ކަމަށް ވިދާޅުވި -- ފޮޓޯ: މަޖިލިސް

ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފިކުރަށް ތާއީދު ކުރާ މީހުންގެ ބަދަލުގައި އެ ޕާޓީގައި ތިބީ ވަޒީފާގެ ބޭނުމުގައި ތިބި މީހުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާން މިއަދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހުމާން ވިދާޅުވީ އިހުލާސްތެރިކަމާ އެކު ޕީއެންސީގެ ފިކުރަށް ތާއީދުކޮށް، އެ ފިކުރަކީ ކޯއްޗެއްކަން އެނގި ޕާޓީ ދެކެ ލޯބިވާ އެކަކު ވެސް ނެތް ކަމަށެވެ.

"ޕީއެންސީ ފިކުރަށް ތާއިދުކޮށް، އެޕާޓީ އަދި އެ ފިކުރު އެއީ ކޯޗެއްކަން އެނގޭ އެ ޕާޓީދެކެ ލޯބިން ތިބި ބަޔަކުނެތް، ހުސް ތިބީ މަގާމާއި، ވަޒީފާ، ކަމާއި ބަހާ ސަރުކާރުން ހޯދަން ތިބި މީހުންނާއި ވަގުން. ގައުމަށާއި ޕާޓީއަށް އިހްލާސްތެރިންނެއް ނެތް،" އަބްދުއްރަހުމާން ވިދާޅުވި އެވެ.

ޕީއެންސީއަކީ 3،000 އިން ފެށި އެހެން ފިކުރެއްކަން ފާހަގަކުރައްވާ އަބްދުއްރަހުމާން ވިދާޅުވީ ޕީޕީއެމް އުވާލިއަސް ޕީއެންސީގެ ފިކުރު ވަރަށް ބީރައްޓެހި ކަމަށެވެ.

"ޕީއެންސީގަ ވެސް ގިނައީ މަޖިލިސް އިންތިހާބު ޕްރައިމަރީ ސްކޭމުގަ އަޅުގަނޑުމެން ޖައްސުވާ ފުރުވި ފޯމް ، ފިކުރުވެގެން ފުރި ފޯމެއްނެތް،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހުމާން ވިދާޅުވީ ދިވެހިންގެރާއްޖެ އާއި ޕީޕީއެމް މެންބަރުންނަށް މަޖިލިސް ތަމްސީލް ކުރުމުގެ ފުރުސަތު ނުދިން ހިސާބުން އޭރު ވެސް ވަޒީރު ކަމާއި ލިބެން އޮތް ކަމެއް ގެއްލިގެންދާނެތީ ބިރުން ކަމަށެވެ.

ޕީއެންސީ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރައްވަން މަސައްކަތް ކުރެއްވި އަބްދުއްރަހްމާންއަށް އެ ފުރުސަތު ނުދިނުމުން މަޖިލިސް ގޮނޑި ކާމިޔާބު ކުރެއްވީ އަމިއްލަ ގޮތުން ވާދަ ކުރައްވައިގެންނެވެ. އޭނާ ހުންނެވީ އަދިވެސް އަމިއްލަ މެންބަރެއްގެ ގޮތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox