ބޮލަށް ސީރިއަސް އަނިޔާއެއް ލިބުނު މީހަކަށް ޑޮކްޓަރު ލިޔެދިން ބޭސް އައްޑޫއިން ނުލިބުނު!

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް -- ފޮޓޯ: އަދަދު

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް -- ފޮޓޯ: އަދަދު

އައްޑޫގައި ރޭ ހިނގި ހާދިސާއެއްގައި ބޮލަށް ސީރިއަސް ޒަހަމެއް ލިބުނު މީހަކަށް ޑޮކްޓަރު ލިޔެދިން ބޭސް މުޅި އައްޑޫއިން ވެސް ނުލިބުނުކަމުގެ ޝަކުވާއެއް ފެންމަތިވެއްޖެ އެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު، އަބްދުއްރަހުމާން ވިދާޅުވީ އައްޑޫ ގަރާޖެއްގައި ރޭ ހިނގި ހާދިސާގައި އަނިޔާވި މީހާގެ ބޮލަށް ސީރިއަސް ޒަހަމެއްވެފައިވާ ކަމަށާއި، އެ ޒަހަމުގެ ސަބަބުން އެ މީހާގެ ސިކުނޑި ދުޅަވަމުންދިޔަ ކަމަށެވެ. އައްޑޫއިން ނުލިބުނު ބޭހަކީ އެ މީހާގެ ސިކުނޑީގެ ދުޅަ ތިރިކުރަން ދީފައި ހުރި ބޭހެއް ކަމަށް އަބްދުއްރަހްމާން ވިދާޅުވި އެވެ.

"ސިކުނޑި ދުޅާ ވާތީ ދުޅަ ތިރިކުރަން ދީފައި ހުރި ބޭހެއް އެއީ، ގަންނާކަށް ނުލިބުނު، މުޅި އައްޑޫގެ ހުރިހާ ފާމަސީއެއް ބެލިން، ގަންނާކަށް ނުލިބުނު،" އަބްދުއްރަހްމާން ވިދާޅުވި އެވެ.

އެ މީހާއަށް ޑޮކްޓަރު ލިޔެދީފައި ހުރީ ސިކުނޑިއަށް ލިބޭ ގެއްލުމެއްގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް ކުޑަކޮށްދޭ ނިމޮޑިޕިނީން 30 އެމްޖީ އެވެ. އެ ބޭހަކީ ސިކުނޑި ތެރެއަށް ލޭ އެޅުން ފަދަ ނުރައްކާ ހާލަތްތައް ކުރިމަތިވެފައި ތިބޭ މީހުންނަށް ދޭ ބޭހެކެވެ.

އަބްދުއްރަހްމާން ވިދާޅުވީ އެ ހާދިސާ ހިނގީ، އަނިޔާ ލިބުނު މީހާ، ރޭ 12:30 ހާއިރު ގަރާޖެއްގައި މަސައްކަތް ކުރަމުން ދަނިކޮށް ވިއްސައިގެން އައި އިސްކުރެއް އޭނާގެ ލޮލުގައި ޖެހުމުގެ ސަބަބުން ކުއްލިއަކަށް ބިންމައްޗަށް ވެއްޓުނު ވަގުތު ކޮންކްރީޓުގަނޑެއްގައި އޭނާގެ ބޯ ޖެހިގެން ކަމަށެވެ. އެ ގަރާޖަކީ ކާރު ދޮވެ، މެރިން އިންޖީނު މަރާމާރުކުރުން ފަދަ މަސައްކަތްތައް ކުރާ ތަނެއް ކަމަށް އަބްދުއްރަހްމާން ވިދާޅުވި އެވެ.

އެ ހާދިސާގައި އަނިޔާވި މީހާގެ ބޯ ފަޅައިގެންދިޔަ ނަމަވެސް، ބޮޑަށް އަނިޔާވެފައި ހުރީ ބޮލުގެ އެތެރެއަށް ކަމަށް އަބްދުއްރަހްމާން ވިދާޅުވި އެވެ. އެ ހާދިސާ ހިނގުމާއެކު އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، އޭރު ވެސް އޭނާގެ ހޭ ނެތް ކަމަށް އަބްދުއްރަހްމާން ވިދާޅުވި އެވެ.

އެ މީހާއަށް އިތުރު ފަރުވާ ދިނުމަށް މިހާރު ވަނީ އެއާ އެމްބިއުލާންސްގައި މާލެ ގެނެސްފަ އެވެ.

އަބްދުއްރަހްމާން ވިދާޅުވީ ބޭސް ނުލިބުމުގެ މައްސަލަ އައްޑޫގައި ވަރަށް ބޮޑު ކަމަށެވެ. އެގޮތުން، އާންމު ބަލިތަކަށް ބޭނުންކުރާ ބޭސްތައް ވެސް އައްޑޫއިން ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ހުންނަ އެސްޓީއޯ ފާމަސީން އުފަމޯލް ގުޅައެއް ވެސް ގަންނަން ނުލިބުނު، ބޭސް ނުލިބުމުގެ މައްސަލަ ވަރަށް ބޮޑު، ވަރަށް ގިނަ ބޭސް ނުލިބޭ، ފަނި ބޭސް ވެސް ނުލިބޭ، ބޭސް ނުލިބުމުގެ ޝަކުވާ އައްޑޫގެ ރައްޔިތުން ވަރަށް ބޮޑަށް ކުރޭ،" އަބްދުއްރަހްމާން ވިދާޅުވި އެވެ.

ބޭސް ނުލިބުމުގެ މައްސަލަ ބޮޑުވެފައިވާއިރު، ސަރުކާރުން ބުނަމުން ދަނީ ބޭސް ނުލިބުމުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މިދިޔަ ސެޕްޓެމްބަރު މަހު އެމަނިކުފާނު ވަނީ ބޭސް އެތެރެކޮށް ވިއްކުމަށް ހާއްސަ ކުންފުންޏެއް އުފައްދަވައިފަ އެވެ. އަދި، އެސްޓީއޯގެ ދަށުން ހިންގަމުންދާ ހުރިހާ ބޭސް ފިހާރައެއް ވެސް އެ ކުންފުނީގެ ދަށަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފަ އެވެ.

ސަރުކާރުން އަމާޒު ހިފާފައި ވަނީ ފެބްރުއަރީ 15، ގެ ކުރިން ހުރިހާ ފާމަސީތަކެއް އެ ކުންފުނީގެ ދަށަށް ބަދަލު ކުރުމަށެވެ.

ބޭހުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނި ނަމަވެސް، ބޭސް ނުލިބުމުގެ ޝަކުވާތައް މަދެއް ނުވެ އެވެ. އެ މައްސަލައިގައި މިދިޔަ ނޮވެމްބަރު 26، ގައި އިދިކޮޅު އެމްޑީޕީގެ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ވެސް ޕީއެންސީ މެންބަރުން ވަނީ ބޭރުކޮށްލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox