ފުޓްސަލް ދަނޑުތަކުގެ އާމްދަނީ ސްޕޯޓްސް ފަންޑަށް ނަގަނީ

Dec 3, 2024, 8:41 AM
ފުޓްސަލް ދަނޑުތަކުގެ އާމްދަނީ ސްޕޯޓްސް ފަންޑަށް ނަގަނީ

މާލެ ސަރަހައްދުގައި ގާއިމްކޮށްފައި ހުރި ފުޓްސަލް ދަނޑުތައް، ސަރުކާރުގެ ބެލުމުގެ ދަށަށް ގެެނެސް، ލިބޭ އާމްދަނީ، ކުޅިވަރު ގާނޫނުގެ ތެރެއިން ވުޖޫދުވާ ސްޕޯޓްސް ފަންޑަށް ނަގާ ގޮތަށް ކަންކަން ރޭވިގެންދާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

ރާފިއު، މި ގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ކުޅިވަރު ގާނޫނުގެ އިސްލާހުގައި ހުރި ކަންކަން ދިރާސާ ކުރުމަށް، އިޖުތިމާއީ ކޮމިޓީން ބޭއްވި ބައްދަލުވުމަށް ހާޒިރުވެވަޑައިގެން، މެމްބަރުން ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގަ އެވެ.

އެ ގޮތުން، ކޮމިޓީ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު، މުހައްމަދު މުސްތަފާ ކުރެއްވި ސުވާލުގައި ވިދާޅުވީ، މާލޭގައި ހުރި ފުޓްސަލް ދަނޑުތައް ގްރޫޕްތަކުން ނޫނީ ކްލަބްތަކުން ކޮންޓްރޯލްކޮށް، އެތަންތަނުން މާލީ މަންފާ ހޯދާއިރު، އެ ފަދަ ކަންކަން ފުރަތަަމަ ޑިވިޝަނުގެ ކްލަބްތަކަށް ނެތީ ކީއްވެތޯ އެވެ.

މިނިސްޓަރު ރާފިއު ވިދާޅުވީ، މި ދަނޑުތައް ގްރޫޕްތަކަށް ދެވިފައި ހުރީ، އެއްވެސް އުސޫލެއް ނެތި ކަމަށާއި މި ކަމަކީ، ކުރީ ސަރުކާރުތަކުން މި ސަރުކާރަށް ވާރުވެފައި އޮތް މައްސަލައެއް ކަމަށެވެ.

"އަޅުގަނޑަކަށް ނުފެނޭ ދަނޑުތައް ދިނުމުގައި އެއްވެސް ކަހަލަ ކޮންސިސްޓަންސީއެއް ގެންގުޅެފައި އޮތް ކަމަކަށް. ސިޓީއެއްގެ ޒަރިއްޔާ އިން ނުވަތަ އަންޑަސްޓޭންޑިންއެއްގެ ދަށުން އެބަހުރި ދަނޑުތައް ދޫކޮށްފައި. މިއީ އަޅުގަނޑުމެން ވެސް ކޮންސާންވާ ކަމެއް،" ރާފިއު ވިދާޅުވި އެވެ.

މި ކަންކަން ތަރުތީބު ކުރުމަށް ސަރުކާރުގެ ވިސްނުމަކީ، އެ ދަނޑުތައް މިހާރު ހިންގާ ގްރޫޕްތަކަށް ނޫނީ ކްލަބްތަކަށް ވެސް ބޭނުންކުރެވޭ ގޮތަށް ސިސްޓަމެއްގެ ތެެރެއިން، މި ދަނޑުތައް އާއްމުންނަށް ފަސޭހައިން ލިބޭ ގޮތަށް ހަދައި ހަދައިދިނުމަށެެވެ. އަދި، މި ދަނޑުތަކުން ކުއްޔަށް ލިބޭ ފައިސާ ސަރުކާރުގެ ކުޅިވަރު ފަންޑަށް ލިބޭނެ ނިޒާމެއް އެކުލަވާލުން ކަމަށެވެ.

"މިއީ (ދަނޑުތައް ސަރުކާރަށް ނެގުމަކީ) ހަމަތިބެފައި ކުރެވޭނެ ކަމެއް ނޫން. މިއީ ވަރަށް ގިނަ ދުވަސްވެފައިވާ ކަމެއް،" ރާފިއު ވިދާޅުވި އެވެ.

ކޮމިޓީގައި ހިމެނޭ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އެމްޑީޕީގެ، މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވީ، މި ގޮތަށް ސަރުކާރުގެ ބެލުމުގެ ދަށުގައި ހުންނަ ކުޅިވަރުގެ ވަސީލަތްތައް މަރާމާތު ކުރުމާއި ބެލެހެއްޓުމުގެ ކަންކަން ހުންނަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. އަދި އެ ގޮތުގެ މަތިން ބަލާއިރު، މި ފުޓްސަލް ދަނޑުތައް ބެލެހެއްޓުމުގައި ސަރުކާރުގެ ވިސްނުމަކީ ކޮބައިތޯ، މެމްބަރު، މުހައްމަދު އިބްރާހިމް ސުވާލުކުރެއްވި އެވެ.

މިނިސްޓަރު ރާފިއު ވިދާޅުވީ، ކުޅިވަރު ވަސީލަތްތައް ބެލެހެއްޓުމަށާއި އެ ފަދަ ކަންކަމަށް އަންނަ އަހަރުގެ ބަޖެޓްގައި ވަކިން އެކަމަށް ހާއްސަކޮށް ފައިސާ ހިމަނާފައިވާނެ ކަމަށެވެ. އަދި ފާހަގަކުރެއްވި ފުޓްސަލް ދަނޑުތައް ސަރުކާރުގެ ބެލެހެއްޓުމުގެ ދަށަށް ގެންނަނަމަ، ރޭވުންތެރިކަމާ އެކު، ބަޔަކާ ހަވާލުކޮށްގެން ވިޔަސް އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox