ލެސްޓާ އަށް ވާން ޖެހޭ ގޮތް ނިސްޓެލްރޫއީ އަށް އެނގޭ

Dec 3, 2024, 6:24 AM
ލެސްޓާ އަށް ވާން ޖެހޭ ގޮތް ނިސްޓެލްރޫއީ އަށް އެނގޭ

ލެސްޓާ (ޑިސެމްބަރު 3) - ލެސްޓާ ސިޓީގެ ކޯޗުކަމާ ހަވާލުވީ ގިނަ ކްލަބްތަކެއްގެ އޮފާ ލިބިފައި އޮއްވައި ކަމަށާއި ކަންކަން ރަނގަޅަށް ކުރަން ލެސްޓާގައި ކުރަން ޖެހޭ ކަންކަން އެނގޭ ކަމަށް އެ ޓީމާ ދާދި ފަހުން ހަވާލުވި ކޯޗު ރޫޑް ވޭން ނިސްޓެލްރޫއީ ބުނެފި އެވެ.

ނިސްޓެލްރޫއީ، މި ސީޒަން ފެށީ މެންޗެސްޓާ ޔުނައިޓެޑްގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ. ޔުނައިޓެޑްގެ ކޯޗަކަށް ހުރި އެރިކް ޓެން ހާގް ވަކިކުރުމުން، ވަގުތީ ހެޑް ކޯޗަކަށް ނިސްޓެލްރޫއީ ވަނީ ދެ ހަފްތާ މަސައްކަތްކޮށްފަ އެވެ. އެ މުއްދަތުގައި ދެ ފަަހަރުގެ މަތިން ލެސްޓާއާ ކުޅެ ވަނީ މޮޅުވެފަ އެވެ.

ނިސްޓެލްރޫއީ، ލެސްޓާއާ އެކު ސޮއިކުރީ، 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއްގަ އެވެ. މަގާމާ ހަވާލުވެ، ޒިންމާ ނެގުމުގެ ކުރިން ލެސްޓާ އިން މެޗެއް ކުޅެފައިވެ އެެވެ. އެއީ، ބްރެންޓްފޯޑް އަތުން 4-1 އިން ބަލިވި މެޗެެވެ. އެ މެޗު ބަލަން ނިސްޓެލްރޫއީ ހުރީ ލެސްޓާގެ ވެރިންނާ އެކު އެވެ.

"އަހަންނަށް އެހެން ކްލަބްތަކާ ގުޅެން ވެސް ފުރުސަތު އޮތް. އެކަމަކު، ލެސްޓާ މި ނެގީ އަހަންނަށް ކުރަން ޖެހޭ މަސައްކަތްތައް އެނގޭތީ، އަމިއްލަ ނަފްސަށް އިތުބާރު އޮތުުމުން،" ނިސްޓެލްރޫއީ ބުންޏެވެ.

ނިސްޓެލްރޫއީ މިދިޔަ ސީޒަނުގައި ޕީއެސްވީ އައިންދޯވަންގައި ހުރިއިރު، ނެދަލެންޑްސްގެ ކަޕް ކާމިޔާބުކޮށް، ލީގުގެ ދެ ވަނަ ހޯދި އެވެ. ނެދަލެންޑްސް ޔޫތު ޓީމާއި ޕީއެސްވީގެ 19 އަހަރުން ދަށުގެ ޓީމަށް ވެސް ކޯޗުކޮށްދިނެވެ.

"ހަތަރު މެޗު ޔުނައިޓެޑްގައި ހެޑް ކޯޗަކަށް މި ހުރީ، ފުލް ސީޒަނެއް ޕީއެސްވީގައި މަސައްކަތްކޮށް ކާމިޔާބު ހޯދުނު. ޕީއެސްވީ އާއި ނެދަލެންޑްސް ގައުމީ 19 އަހަރުން ދަށުގެ ކޯޗުކަން ވެސް ކުރެވުނު، އެކަމަކު، ލެސްޓާއާ ހަވާލުވެ މި އަމާޒުވާ ކަންކަން މިއީ ފުރަތަމަ ފަހަރަށް ތަޖުރިބާ ކުރަން ޖެހޭ ކަންކަން،" ނިސްޓެލްރޫއީ ބުންޏެވެ.

ލެސްޓާ މި ވަގުތު ލީގުގެ 16 ވަނައިގައި އޮތްއިރު، އެ ޓީމުން ނިސްޓެލްރޫއީ ކޯޗުކޮށްދޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox