ހުލާސާކޮށް އިއްޔެ: ޕީޕީއެމް އުވައިލަން ފާސްކުރުން

Dec 3, 2024, 1:02 AM
އިއްޔެ ބޭއްވި ޕީޕީއެމްގެ ސެނެޓުގެ ބައްދަލުވުމުގައި އެ ޕާޓީ އުވާލަން މެންބަރުން ވޯޓު ދެނީ. -- ފޮޓޯ: ޕީޕީއެމް

އިއްޔެ ބޭއްވި ޕީޕީއެމްގެ ސެނެޓުގެ ބައްދަލުވުމުގައި އެ ޕާޓީ އުވާލަން މެންބަރުން ވޯޓު ދެނީ. -- ފޮޓޯ: ޕީޕީއެމް

ޕީޕީއެމް އުވައިލަން އެ ޕާޓީގެ ސެނެޓުން އިއްޔެ ފާސްކުރި އެވެ.

ޕާޓީ އުވާލުމަށް ޕީޕީއެމްގެ ލީޑަޝިޕުން ހުށަހެޅި ގަރާރު ފާސްވީ ބައްދަލުވުމުގައި ބައިވެރިވި 42 ސެނެޓަރުންގެ އިއްތިފާގުންނެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ތިބީ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތަކުގަ އެވެ.

އިއްޔެގެ ސެނެޓުގެ ރިޔާސަތު ބެލެހެއްޓެވީ ޕީޕީއެމްގެ ނައިބު ރައީސުން ކަމުގައިވާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އެވެ.

Advertisement

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފެއްދެވި ފުރަތަމަ ޕާޓީ، ޑީއާރުޕީ ދޫކޮށްލެއްވުމަށް ފަހު، އެ މަނިކުފާނު ފަހަތުގައި ހުންނަވައިގެން އޮކްޓޯބަރު 27، 2011 ގައި ރަޖިސްޓްރީ ކުރި ޕީޕީއެމް 13 އަހަރު ފަހުން އުވައިލަން ފާސްކުރުން، އެ ޕާޓީގެ ނައިބު ރައީސް އަދި މައުމޫނުގެ އެންމެ ހަގު ދަރިކަލުން ގައްސާން މައުމޫން ސިފަކުރެއްވީ އުފާވެރި ކަމެއްގެ ގޮތުގަ އެވެ.

އިއްޔެ ސެނެޓުގެ ބައްދަލުވުމުގައި ގައްސާން ވިދާޅުވީ އިއްޔެ އަކީ އުފާވެރި ދުވަހެއް ކަމަށާއި މިއީ ޕީޕީއެމްގެ މެންބަރުން ޕީއެންސީއަށް ބަދަލުވާން ރަސްމީކޮށް އިލްތިމާސްކުރާ ދުވަސް ކަމަށެވެ.

ޕީޕީއެމް އުވައިލުމުގެ މަސައްކަތް ފަށާފައިވާ ކަމާއި އެ މަސައްކަތް ފެށީ ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ބޭނުންފުޅުވެގެން ކަމަށް މި ނޫހުގައި އޯގަސްޓު 1، 2024 ގައި ޝާއިއުކޮށްފައިވެ އެވެ.

އެ ހިސާބުން ފެށިގެން ޕީޕީއެމްގެ މެންބަރުން ޕީއެންސީ އަށް ވެއްދުމަށް ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ޕާޓީ އުވާލަން ފާސްކުރުމާ ހަމައަށް ވެސް 34698 މެންބަރުންނާއެކު ދެ ވަނަ އަށް އެންމެ ބޮޑު ޕާޓީއަކީ ޕީޕީއެމް އެވެ.

ޕީޕީއެމްގެ ތާއީދާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު، ޕީއެންސީގެ މެންބަރުންގެ އަދަދަކީ 3،159 އެކެވެ. އެ ޕާޓީގެ ވަކި އޮފީހެއް ހަދައި މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ފެށީ ނޮވެމްބަރު 21، 2023 ގަ އެވެ. އެ މަސައްކަތް ފެށިތާ ހަފުތާއެއްގެ ތެރޭގައި 10،000 މެންބަރުން އިތުރު ކުރި އެވެ. ޕީއެންސީގެ މެންބަރުންގެ އަދަދު 20،000 ފަހަނައަޅައި ދިޔައީ މި އަހަރު އޭޕްރިލް 21، ގައި އޮތް މަޖިލިސް އިންތިހާބު ކެމްޕެއިނު ދުވަސްވަރެވެ. މިހާރު ދަފުތަރުގައި ތިބީ 28982 މެންބަރުންނެވެ.

ޕީއެންސީއަކީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ކުރީގެ ލީޑަރު، ރައީސް ޔާމީނަށް ޕީޕީއެމް ގެއްލިދާނެ ފަދަ ހާލަތެއްގައި ބެކަޕް ޕާޓީއެއްގެ ގޮތުގައި ބޭނުން ކުރުމަށް ޖެނުއަރީ 31، 2019 ގައި ރެޖިސްޓަރީ ކުރި ޕާޓީއެކެވެ.

މިދިޔަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ޕީއެންސީގެ ޓިކެޓު ރައީސް މުއިއްޒުއަށް ދިނީ ވެސް ރައީސް ޔާމީނަށް އިންތިހާބުުގައި ވާދަނުކުރެވޭ ހާލަތުގައި ބެކަޕެއްގެ ގޮތުގަ އެވެ.

ވެރިކަމަށް ރައީސް މުއިއްޒު ވަޑައިގެންނެވިއިރު ވެސް އެ ކޯލިޝަނުގެ މައި ޕާޓީއަކީ ޕީޕީއެމް އެވެ. ރިޔާސީ ކެމްޕޭނުގައި ބޭނުންކުރީ އެ ޕާޓީގެ ކުލަ އެވެ. ކެމްޕޭނުގައި ބޮޑަށް ހަރަކާތްތެރިވީ ވެސް ޕީޕީއެމްގެ މެންބަރުންނެވެ.

ނަމަވެސް ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވިތާ ދުވަސްކޮޅެއް ވެސް ނުވަނީސް އުފެދުނު ހިޔާލުތަފާތުވުން ތަކުގައި ރައީސް ޔާމީން އެ ޕާޓީން ވަކިވަވަޑައިގެންނެވީ އެވެ. އެއާއެކު އެ ދެ ޕާޓީ ހިމެނޭ ކޯލިޝަންގެ ލީޑަރުކަން ރައީސް މުއިއްޒުއަށް ދިނެވެ.

މިހާރު މަޖިލީހުގައި ތިއްބެވި ޕީއެންސީ އަށް ނިސްބަތްވާ ގިނަ މެންބަރުންނަކީ އިންތިހާބުގެ ކުރިން ޕީޕީއެމްގެ މެންބަރުންނެވެ. އެ ބޭފުޅުން ޕީޕީއެމްގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރަން ބޭނުންވި ނަމަވެސް އެ ފުރުސަތެއް ޕީއެންސީން ނުދިނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޕީޕީއެމްގެ ނަމުގައި ވާދަ ކުރުމުގެ ފުރުސަތު ކެންޑިޑޭޓުންނަށް ނުދިނުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަމަށް ފާޑުވެސް ވިދާޅުވި އެވެ.

ޕީޕީއެމް އުވައިލަން އިއްޔެ ސެނެޓުން ފާސްކުރީ، އޭގެ ކުރިން އޮކްޓޯބަރު 17، 2024 ގައި އެ ޕާޓީގެ ސެނެޓު ބައްދަލުވުމުގައި އަސާސީ ގެވާއިދު ބަދަލު ކުރުމަށް ފަހު އެވެ. ޕީޕީއެމް އުވައިލެވޭނެ ކަމަށް ހަމައެކަނި އޮތް ހާލަތު، އަސާސީ ގަވާއިދުން އެ ދުވަހު އުނިކޮށް އެއްވެސް ސަބަބެއް ނެތި ވެސް ޕާޓީ އުވައިލެވޭ ގޮތަށް ފާސްކުރި އެވެ.

އެ ޕާޓީގެ އަސާސީ ގަވާއިދުގައި މީގެ ކުރިން ބަޔާން ކޮށްފައި އޮންނަނީ، ޕާޓީ އުވައިލެވޭނީ، "ޕާޓީ ހިންގުމަށް ދަތިވާވަރަށް ޕާޓީގެ މާލީ ހާލަތު ދަށްވެ، ޕާޓީގެ ލީޑާޝިޕުން ޕާޓީގެ ސެނެޓަށް ހުށަހަޅައި އެކަން ދިރާސާ ކުރުމަށްފަހު ޕާޓީ އުވައިލަން ޖެހޭ ކަމަށް ސެނެޓުގެ ހަތަރުބައިކުޅަ ތިންބައިގެ ގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ ޕާޓީ އުވައިލެވިދާނެ" ކަމަށެވެ.

ޕީޕީއެމް އުވައިލުމުގެ ކުރިން، އުވާލުމަށް ނިންމާ ސިޔާސީ ޕާޓީތަކުގެ ކުލަޔާއި ނަމާއި ނިޝާން، އެ ޕާޓީއެއް އުވާލާތާ ފަސް އަހަރު ވަންދެން ބޭނުން ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނު ވަނީ ބަދަލުކޮށްފަ އެވެ. އެހެންވެ، ދެން ޕީޕީއެމްގެ ނަމާއި ކުލަ އެހެން ބަޔަކަށް ބޭނުމެއް ނުކުރެވޭނެ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox