ޔާމީން އުޅުނީ ޕީޕީއެމް/ޕީއެންސީ މަގުމަތި ކުރަން: އަބްދުއްރަހީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން (ކ) އަދި މި ސަރުކާރުގެ ސީނިއާ މިނިސްޓަރު އަބްދުލްރަހީމް: ޔާމީން ދެއްކެވި ވާހަކަތަކަށް އޭނާ ރައްދު ދެއްވައިފި - ފޮޓޯ: އާއިމް ޒަމީރު / އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން (ކ) އަދި މި ސަރުކާރުގެ ސީނިއާ މިނިސްޓަރު އަބްދުލްރަހީމް: ޔާމީން ދެއްކެވި ވާހަކަތަކަށް އޭނާ ރައްދު ދެއްވައިފި - ފޮޓޯ: އާއިމް ޒަމީރު / އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ހުރިހާ މަގެއް ބަންދުވުމުން އެމަނިކުފާނު ދެން މަސައްކަތް ކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ސިޔާސީ އިއްތިހާދު "މަގުމަތި ކުރުމަށް" ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ޔާމީން ފަހަތުގައި ހުންނަވައިގެން އުފައްދަވާ ސިޔާސީ ޕާޓީ، ޕީއެންއެފުގެ ތާއީދާއެކު، ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރާ ފަރާތްތަކަށް ތާއިދު ހޯދުމަށް އެ ޕާޓީގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.

ޔާމީން ވަނީ ސަރުކާރުގެ އިސް ބޭފުޅުން އެމަނިކުފާނަށް "އިންސާފު" ހޯދައިދޭން މަސައްކަތް ނުކުރައްވާ ކަމަށެވެ. ކްރިމިނަލް ކޯޓުން އެމަނިކުފާނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފުގެ ޝަރީއަތް ލަސްކުރަނީ ވެސް ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށް ތުހުމަތުކުރެއްވި އެވެ. އަދި މި ސަރުކާރުން ކުރިން އެ އިއްތިހާދުގެ މައި ޕާޓީއަކަށް އޮތް ޕީޕީއެމްގެ ދިރުން ގެއްލުވާލާފައިވާ ކަމަށް ވިދާޅުވި އެވެ.

Advertisement

އެ ވާހަކަތަކަށް ރައްދު ދެއްވައި، މި ސަރުކާރުގެ ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރެއްގެ ގޮތުގައި އައްޔަންކުރައްވާފައިވާ އަބްދުލްރަހީމް ވިދާޅުވީ ޕީއެންސީން ކެންޑިޑޭޓަކު ނެރެން އެންގެވުމަށް ފަހު ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން އެމަނިކުފާނު އެންގެވިކަން ހަނދާން ނުނެތޭ ކަމަށެވެ.

ސޯޝަލް މީޑިއާ އެކްސްގައި އަބްދުލްރަހީމް ކުރެއްވި ޕޯސްޓެއްގައި ދެ ސުވާލެއް ޔާމީނަށް އަމާޒުކުރެއްވި އެވެ.

ފުރަތަމަ ސުވާލަކީ ޕީއެންސީ އިން ރިޔާސީ ކެނޑިޑޭޓަކު ދައްކަން އެންގެވި އެންގެވުމަކީ އިހުލާސްތެރި ނިޔަތެއް އޮވެގެން އެންގެވި އެންގެވުމެއް ނަމަ ސްޕްރީމް ކޯޓްގެ ހުކުމާ ގުޅިގެން ޕީޕީއެމް/ޕީއެންސީ އިން ރިޔާސީ އިންތިހާބު ބޮއިކަޓްކުރަން އެންގެވުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

އަދި ޕީޕީއެމްއަށް ދިރުން ލިބެން ބޭނުންވި ނަމަ ވަގުތު އޮއްވައި ޕީޕީއެމް އިން ރިޔާސީ ކެނޑިޑޭޓަކު ދައްކަން އިރުޝާދު ނުދެއްވީ ކީއްވެގެންތޯ ވެސް އަބްދުއްރަހީމް ސުވާލު ކުރެއްވި އެވެ.

"މި ހަގީގަތްތައް މިހެން ހުރީމަ [ޔާމީން ޕީޕީއެމް/ޕީއެންސީ] މަގުމަތި ކުރަން އުޅުނު ވާހަކަ މި ދައްކަނީ ރައްޔިތުންނަށް ކަން ހިނގައި ދިޔަގޮތް އޮޅުން ފިލުވައި ދިނުމަށް ޓަކައި،" އޭނާ ލިޔުއްވާފައިވެ އެވެ.

ޔާމީނަކީ އެމަނިކުފާނުގެ ވެރިކަމުން ފެށިގެން ޕީއެންސީ/ޕީޕީއެމް ލީޑްކުރައްވަމުން ގެންދެވި ބޭފުޅާ އެވެ. 2013، އަދި 2018، ގައި ވެސް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ހުންނެވި ޔާމީނަކީ 2023، ގައި ވެސް އެ ސިޔާސީ އިއްތިހާދުގެ ރިޔާސީ ޓިކެޓު ހަވާލުކުރި ކެންޑިޑޭޓެވެ.

ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅައި ކޯޓުން އިއްވި ހުކުމުގެ ސަބަބުން އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.

ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި، މިހާރުގެ ރައީސް ޑރ. މުއިއްޒު ފޯމު ހުށަހެޅުއްވީ ބެކްއަޕް ކެންޑިޑޭޓަކަށް އެމަނިކުފާނު ނުކުންނަވަން ޕީއެންސީގެ ސެނެޓުން ފާސްކޮށްގެނެވެ. އަދި އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން އެދުމުން ވެސް ޕީޕީއެމްގެ ސެނެޓުން ބޭނުންވީ ރައީސް މުއިއްޒާއެކު އިންތިހާބަށް ނުކުތުމަށެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ރައީސް މުއިއްޒުއާއި ޔާމީނާ ވަރަށް ބޮޑަށް ގުޅުން ގޯސްވި އެވެ. ނަތީޖާއެއްގެ ގޮތުން އެމަނިކުފާނާއި އެމަނިކުފާނަށް މި ވަގުތު ވާގިދޭ ސިޔާސީ ބޭފުޅުން ޕީޕީއެމް ދޫކޮށްލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox