ދިވެހި ޔޫތު ލީގު: މާޒިޔާ އާއި ސަސް އިން ފެށުން ރަނގަޅުކޮށްފި

ދިވެހި ޔޫތު ލީގުގައި މާޒިޔާ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު އަހުނަފް / އަދަދު ސްޕޯޓްސް

ދިވެހި ޔޫތު ލީގުގައި މާޒިޔާ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު އަހުނަފް / އަދަދު ސްޕޯޓްސް

ދިވެހި ޔޫތު ލީގުގެ 16 އަހަރުން ދަށުގެ މުބާރާތުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ކުޅުނު ފުރަތަމަ މެޗުގައި ފަހަތުން އަރައި ކްލަބް އީގަލްސް ބަލިކުރިއިރު، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ފަސޭހަކަމާއެކު ހުއްރިއްޔާ ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.

އިއްޔެ ހަވީރު ހެންވޭރު ބޯޅަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި އީގަލްސްގެ މައްޗަށް މާޒިޔާ އިން ކުރިހޯދީ 2-1 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގައި ފެނިގެންދިޔަ ތިން ގޯލު ވެސް ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގަ އެވެ. މެޗުގެ 42 ވަނަ މިނެޓުގައި އީގަލްސްގެ މުހައްމަދު މުޝާހް ޖެހި ގޯލުން އެ ޓީމު ލީޑު ނެގިނަމަވެސް މެޗުގެ 55 ވަނަ މިނެޓުގައި ލޫތު ބިން ވަނީ ގޯލު ޖަހާ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މެޗުގައި މާޒިޔާއިން މޮޅުވި ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ކާމިޔާބުކުރީ ހުސެއިން ޝާން އެވެ.

މީގެ އިތުރުން ރޭ ސަސް އިން ހުއްރިއްޔާގެ މައްޗަށް ކުރިހޯދީ 6-0 ގެ ނަތީޖާ އަކުންނެވެ.

މެޗު ފަށައިގެން މިނެޓެއް ނުވަނީސް ސަސް އަށް ލީޑު ނަގާދިނީ އަހުމަދު ލައިތް އައްބާސް ކާމިޔާބުކުރި ގޯލުންނެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ސަސްގެ އަހުމަދު އަފްނާން އަލީ ވަނީ ގޯލު ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ. އަދި މެޗުގެ 20 ވަނަ މިނެޓުގައި ސަސްގެ ތިންވަނަ ގޯލު އެ ޓީމަށް ޖަހާދިނީ އާކިފް ބިން މުހައްމަދު އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސަސް އިން ވަނީ އިތުރު ގޯލެއް ޖަހާފަ އެވެ. މި ގޯލު ވެސް އެ ޓީމަށް ޖަހާދިނީ އަފްނާން އެވެ.

ސަސްގެ ފަސް ވަނަ ގޯލު ދެވަނަ ހާފުގައި އެ ޓީމަށް ޖަހާދިނީ އަބްދުالله އައިދާން ސާޖިދް އެވެ. އަދި ސަސް އިން ޖެހި ފަހު ގޯލު އެޓީމަށް ޖަހާދީ އަފްނާން ވަނީ މެޗުގައި ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.

މި މެޗުތަކަށް ފަހު، ދިވެހި ޔޫތު ލީގުން ބްރޭކެއް ނަގާނެ އެވެ. އެއީ، ރާއްޖޭން ބޭރުގައި ގިނަ އެެކެޑަމީތަކެއް ބައިވެރިވާ މުބާރާތްތަކެއް އޮތުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox