ކުޅިވަރު ގާނޫނުގެ އިސްލާހުގެ މަަސައްކަތް ފަސް ދުވަހުން ނިންމާލުމާ ދިމާލަށް

Dec 2, 2024, 2:14 PM
މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: ރައްޔިތުންގެ މަޖިލީސް

މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ރާއްޖޭގެ ކުޅިވަރު ގާނޫނުގެ އިސްލާހުގެ ބިލްގެ މަސައްކަތް ފަސް ދުވަސް ތެރޭ ކޮމިޓީން ނިންމަން މަޝްވަރާތަކެއް ކުރިއަށްގޮސްފި އެެވެ.

ސަރުކާރުގެ ފަރާތުން ކުޅިވަރު ގާނޫނަށް އިސްލާހު ހުށަހެޅުއްވީ، މިދިޔަ މަހުގެ 24 ވަނަ ދުވަހު، ދިއްދޫ ދާއިރާގެ މެމްބަރު، އަބްދުއްލަތީފް މުހައްމަދު އެވެ. އެ ގޮތުން، ގާނޫނު ނަމްބަރު 30/2015، ކުޅިވަރު ގާނޫނަށް ސަރުކާރުން ގެންނަން ހުށަހަޅާފައިވާ އިސްލާހުތައް ހިމެނޭ މި ބިލްގައި، 72 އިސްލާހެއް ވަނީ ހިމަނައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ކޮމިޓީގެ މުގައްރިރު މާފަންނު މެދުދާއިރާގެ މެމްބަރު، ޕީއެންސީގެ އަސްމާ ރަޝީދު ވިދާޅުވީ އޭނާ ދެކިލައްވާ ގޮތުގައި، މަޖިލީހުގެ މި ދައުރު ވެސް ނިމޭތީ މި މަހު 11 އެންމެ ފަހު ދުވަހަށް ވާއިރު، މި ބިލަކީ ވަރަށް އަވަހަށް ނިންމަން އޮތް ވަރަށް މުހިންމު ބިލެއް ކަމަށެވެ. އަދި، ކޮމިޓީން އިތުރު ގަޑީގައި މަސައްކަތްކޮށްގެން ނަމަވެސް މި ބިލާ ގުޅޭ ސްޓޭކްހޯލްޑަރުންނާ ބައްދަލުކޮށްގެން ވެސް ހުރިހާ ކަމެއް ނިންމޭނެ ކަމަށް މެމްބަރު އަސްމާ ދެކިލައްވަނީ، މި މަހުގެ ނުވަ ވަނަ ދުވަހަށް ކަމަށް ވިދާޅުވި އެވެ.

ކޮމިޓީގައި ހިމެނޭ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އެމްޑީޕީގެ، މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ، ގައުމީ ސްޕޯޓްސް ކައުންސިލް އަދި ކޮމިޝަނާ އޮފް ސްޕޯޓްސްއާ ބައްދަލުކުރުމަށް ފަހު އެ ފަރާތްތަކުގެ ލަފާހޯދައި، ކުޅިވަރު ގާނޫނުގެ އިސްލާހުގެ ބިލް ދިރާސާ ކުރުން މުހިންމު ކަމަށެވެ.

އޭގެ ފަހުން، ކޮމިޓީގެ ނައިބު މުގައްރިރު، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު، ޕީއެންސީގެ މުހައްމަދު މުސްތަފާ އިބްރާހިމް ވަނީ، މެމްބަރު މުހައްދު އިބްރާހީމް ހުށަހެޅުއްވި ފަރާތްތަކުގެ އިތުރުން، ކުޅިވަރު އެސޯސިއޭޝަންތައް ވެސް މި ބައްދަލުވުމުގައި ހިމަނައިގެން ކުރިއަށްދިއުމަށް ހުށަހަޅުއްވައިފަ އެވެ. އަދި އޭގެ އިތުރުން، ނުވަ ވަނަ ދުވަހުގެ ނިޔަލަށް މި މަސައްކަތް ނިންމާލުމުގެ މުހިންމު ކަމާ ބެހޭގޮތުން ވާހަކަ ދައްކަވައި، އެ ގޮތަށް ކުރިއަށް ދިއުމަށް މެމްބަރު މުސްތަފާ ހުށަހެޅުއްވި އެވެ.

މުގައްރިރާއި ނައިބު މުގައްރިރު ހިމެނޭހެން، ޕީއެންސީގެ ނުވަ މެމްބަރުންގެ އިތުރުން، އެމްޑީޕީގެ މެމްބަރަކާއި އަމިއްލަ މެމްބަރެއް ހިމެނޭ ކޮމިޓީގައި، މެމްބަރު މުހައްމަދު އިބްރާހީމް ވިދާޅުވީ، ހުކުރު ދުވަސް ޗުއްޓީ އަކަށް ނެގުމަށް ފަހު، ނުވަ ވަނަ ދުވަހުގެ ކުރިން މަސައްކަތް ކުރަން މި ލިބޭ ފަސް ދުވަސް ތެރޭ މަސައްކަތްކުރާއިރު، މި ޖެހެނީ، ހުރިހާ ސްޓޭކްހޯލްޑަރުންނާ ބައްދަލުކޮށް، 40 ގަނޑުގައި މި އޮތް 72 އިސްލާހު ހިމެނޭ ބިލް ފާސްކުރަން ކަމަށެވެ.

"މިކަން މި ގޮތަށް ރަނގަޅަށް ކުރެވޭނެ އެއްގޮތެއް ވެސް އަޅުގަނޑަށް ނުފެނޭ އިނގޭތޯ. ކޮންމެ ދުވަހަކު މަސައްކަތް ކުރިކަމުގައި ވިޔަސް، 24 ގަޑިއިރު މަސައްކަތް ކުރިޔަސް އަޅުގަނޑުމެންނަށް މި ލިބެނީ ތިނެއް ހަތަރެއް ފަސް ދުވަސް. ފަސް ދުވަސް ތެރޭ މި އެންމެނާ ބައްދަލުކޮށްފައި. 40 ގަނޑުގެ އިސްލާހަކަށް ގެންނާނެ އެމެންޑްމަންޓެއް އަޅުގަނޑަށް ނުވިސްނޭ،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

"މިހާ ވަގުތު ކުޑަތަންވެފައި އޮއްވައި، ދިވެހި ރާއްޖެ ކަހަލަ ޒުވާނުން ގިނަ ގައުމެއްގައި މިހާ ޒުވާނުންނާ ގުޅުންހުރި ކަމެއްގައި، މި ވަރުގެ ކަމެއް ކޮށްލަން މިހެން ނުހައްދަވައި، މި ނޫން ގޮތަކަށް މިކަން ކޮށްދެއްވާ،"

އެއާ އެކު، ކޮމިޓީގެ މުގައްރިރު، މެމްބަރު އަސްމާ ވިދާޅުވީ، މީގެ ކުރިން ވެސް ބިލެއް އަވަސް ކުރަން ޖެހުނީ، އެކަން ކުރަން ޖެހިގެން ކަމަށާއި ފާސްކުރެވުނު ބިލަކުން މި އުޅެން ޖެހެނީ ކޮމިޓީގެ މެމްބަރުންނަށް "ސަލާމަތްނުވެވިގެން" ކަމަށާއި އެއީ އެތަައް ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ވެސް ލިބިފައިވާ ކަމަށެވެ. އަދި މި ބިލް އަވަސް ކުރަން ޖެެހެނީ "ގާނޫނީ ހުސްކަމަކަށް" އަންނަ ހާލަތެއް ވެސް އޮތުމުން ކަމަށް އަސްމާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ޑޭޓަށް ނިންމައިގެން، އަޅުގަނޑުމެންގެ ބޮލަށް ގައުމުގައި ތިިބިހާ ޒުވާނުންނާއި ކުޅިވަރު ކުޅޭ މީހުންނާ އަޅުގަނޑުމެންގެ ބޮލަށް އެރުމަކީ، އަޅުގަނޑު މި ވަރުގެ ބޮޑު ބިލެއް ފޮނުވާފައި މަޖިލީހަށް މި އޮތީ، އެހެންވީމަ، ރަނގަޅަށް ރިއާޔަތްނުކޮށް ނިންމަންޏާ އަޅުގަނޑެއް މިއަކު ބައިވެރިއެއް ނުވާނަން،" އަސްމާ ވިދާޅުވި އެވެ.

އަސްމާ ވިދާޅުވީ، ބިލް ފޮނުވި ފަރާތާ މަޝްވަރާކޮށްގެން ވިޔަސް މިކަން އެންމެ ރަނގަޅަށްކޮށް، މި ކަމުން "ސަލާމަތްވެވޭނެ ގޮތެއް" އޮތްތޯ ބަލަން ޖެހޭ ކަމަށެވެ.

ކޮމިޓީގަައި ދެން ވާހަކަ ދެއްކެވި މެމްބަރުން ފާހަގަކުރެއްވި އެއް ކަމަކީ، ދައުރު ނިމެން މިހާ ވަގުތު ކުޑަތަންވެފައި އޮއްވައި މި ބިލް ފޮނުވުން ވެސް ބަލައިގަންނަން އުނދަގޫ ކަމަށެވެ.

އަދި މިހާރު އޮތްގޮތުން، ފަސް ދުވަސް ތެރޭ މިކަމާ ގުޅޭ ފަރާތްތަކާ ބައްދަލުކޮށްގެން ބިލަށް އިސްލާހު ގެނެސްގެން އެންމެ އެދެވޭ މަސައްކަތެއް ކުރެވޭތަނެއް ނުފެންނަ ކަމަށާއި އެހެން ކަމުން، މިހާރު މަސައްކަތް ކުރަމުން އަންނަ "އާންމު އުސޫލުން" ބަލާއިރު ނުވަ ވަނަ ދުވަހު ފޮނުވަންޖެހޭ ކަމަށްވާނަމަ ބިލް އޮތްގޮތަށް ފާސްކުރަން ފެންނަ ކަމަށް ކޮމިޓީގައި ހިމެނޭ އަމިއްލަ މެމްބަރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު، އަބްދުއްރަހުމާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އާންމު އުސޫލުން މިހާރު ކަންތައް ކުރާގޮތަށް އާންމުންގެ ހިޔާލާއި ކަމާ ގުޅޭ ފަރާތްތަކުގެ މަޝްވަރާ އަށް އެއް ދުވަސް ދިނުމަށް ފަހު، ނުވަ ވަނަ ދުވަހު ބިލް ފާސްކުރުމަކީ މިހާރު ފެންނަން އޮތް ގޮތް ކަމަށެވެ.

އެ އަށް ފަހު، މެމްބަރު މުހައްމަދު އިބްރާހިމް ވިދާޅުވީ، މިހާރު އޮތްގޮތަށް ފާސްކުރަން ފެންނަނަމަ އެ ގޮތަށް ވެސް ދާންވީ ކަމަށާއި އެކަމަކު، ރާއްޖޭގެ ކުޅިވަރު އޮޔާ ގޮސްފައި އޮތް ވާހަކަ މީހުން ދައްކާ ވަގުތެއްގައި، ކުޅިވަރު ގާނޫނަށް ހުށަހެޅުނު އިސްލާހެއް މިހާ "ރުންކުރު" ގޮޮތަަކަށް ގެންދަން ތާއީދު ކުރެވެން ނެތް ކަމަށެވެ.

މިއަދުގެ އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމުގެ ރެކޯޑިން ޔޫޓިިއުބްގައި އޮޑިއޯ ލައިވްސްޓްރީމް ކޮށްފައިވަނީ، 45 މިނިޓް 53 ސިކުންތާ ހަަމަ އަށެެވެ. ކޮމިޓީ ބައްދަލުވުން ދިގު ނަމަވެސް، އޮން ރެކޯޑްގައި ވާހަކަ ދައްކާފައިވަނީ 5-10 މިނިޓާ ދެމެދުގަ އެވެ. އަދި އެ ބައްދަލުވުމުގެ ރެކޯޑިން ނިމުނު ހިސާބަށް ބަލާއިރު، ކޮމިޓީގައި ކަނޑައެޅި، އަދި ނިމިގެން ދިޔައީ ކޮން ގޮތަކަށް ކަމެއް ސާފުނުވި ނަަމަވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ބިލާ ގުޅޭ ސްޓޭކްހޯލްޑަރުންނާ އެކު މާދަމާ އަށް ބައްދަލުވުމެއް ވަނީ ތާވަލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox