މަނީ ޗޭންޖާ ލައިސެންސަށް ހުށަހެޅީ 98 ވިޔަފާރިއަކުން، 163 ލައިސެންސް ބާތިލު

ސުވިނިއާ ޝޮޕްތައް ހުންނަ ސަރަހައްދުގައި މަނީ އެކްސްޗޭންޖު ވިޔަފާރި ކުރާ ބޯޑެއް: ދެން މި ވިޔަފާރިތަކަށް ވެސް ހުއްދަ ލިބޭނީ މަނީ އެކްސްޗޭންޖު ބޭނުންތަކަށް ހާއްސަވެގެން ވިޔަފާރި ކުރާ ނަމަ -- ފޮޓޯ: އަދަދު ފައިލް

ސުވިނިއާ ޝޮޕްތައް ހުންނަ ސަރަހައްދުގައި މަނީ އެކްސްޗޭންޖު ވިޔަފާރި ކުރާ ބޯޑެއް: ދެން މި ވިޔަފާރިތަކަށް ވެސް ހުއްދަ ލިބޭނީ މަނީ އެކްސްޗޭންޖު ބޭނުންތަކަށް ހާއްސަވެގެން ވިޔަފާރި ކުރާ ނަމަ -- ފޮޓޯ: އަދަދު ފައިލް

މިހާރު އަމަލުކުރަމުން އަންނަ ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދުގެ ދަށުން ލައިސެންސަށް އެދި ހުށަހެޅީ 98 ވިޔަފާރިއަކުން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހާމަކޮށްފި އެވެ.

އެމްއެމްއޭއިން ހިއްސާކުރި މައުލޫމާތުން ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް 212 ލައިސެންސެއް ދޫކޮށްފައި އޮތެވެ. ނަމަވެސް އާ ގަވާއިދުގައި ބުނާ ގޮތަށް ރަޖިސްޓްރީ ކުރަން ހުށަނާޅާތީ އިއްޔެއިން ފެށިގެން މީގެ ތެރެއިން 163 ވިޔަފާރިއެއްގެ ލައިސެންސް ވަނީ ބާތިލުވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 99 ވިޔަފާރިއަކާއި 64 ރިސޯޓެވެ.

ލައިސެންސަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ، އެއީ ޓީއާ ވަން މަނީ އެކްސްޗޭންޖު ލައިސެންސް، އަށް އެދުނީ 79 ވިޔަފާރިއަކުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އަލަށް މި ހުއްދައަށް އެދުނު 44 ވިޔަފާރި އާއި މީގެ ކުރިން ވެސް މި ހުއްދަ އޮތް 35 ވިޔަފާރިއެކެވެ.

އާ ގަވާއިދުގެ ދަށުން ރިސޯޓުތައް ހިމެނެނީ ބޭރު ފައިސާ ވިއްކާ ޓިއާ ޓޫ ކެޓަގަރީގަ އެވެ. މި ކެޓެގަރީގެ ދަށުން ފަސް ރިސޯޓަކުން އަލަށް ލައިސެންސް ހޯދަށް ހުށަހަޅާފައިވާއިރު، ކުރިން ހުއްދަ އޮތް ރިސޯޓުތަކުގެ ތެރެއިން ލައިސެންސް އާ ކުރަން ހުށަހެޅީ 14 ރިސޯޓަކުންނެވެ.

މި ގަވާއިދާއެކީ ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިތަކަށް ވަކި ޝަރުތުތަކެއް ފުރިހަމަކުރަން އަންގާފައި ވެ އެވެ. އެ ޝަރުތުތަކަކީ، ހަމައެކަނި ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިއަކަށް ވުމާއި އޮޑިޓުކޮށްފައި ހުރި މާލީ ރިޕޯޓުތައް ހުށަހަޅަން ޖެހުމާއި އެއިން ކޮންމެ ވިޔަފާރިއެއްގައި ހުސް ދިވެހިން ތިބުން ލާޒިމުކުރުމުގެ އިތުރުން އެމްއެމްއޭއަށް ޖަވާބުދާރީ ވާ ގޮތަށް ކޮމްޕްލަޔަންސް އޮފިސަރަކު ހުރުމެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި މަނީ އެކްސްޗޭންޖް ލައިސެންސް ދޫކުރާނީ މި ހުރިހާ ޝަރުތެއް ފުރިހަމަވާ ވިޔަފާރިތަކަށް އެކަންޏެވެ. އަދި މިއިން އެއްވެސް ޝަރުތަކާ ހިލާފު ވެއްޖެ ނަމަ އެ ވިޔަފާރިއެއްގެ ހުއްދަ ބާތިލުކުރާނެ ކަމަށް މަރުކަޒީ ބޭންކުން ބުންޏެެވެ.

ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް މި ގެނައި އިސްލާހުތަކުގެ ދަށުން އެ ތަންތަނުން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ވެސް ފަސޭހަތަކެއް ވެގެން ދާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ. އޭގެ ތެރޭގައި ކުރާ މުއާމަލާތްތަކުގެ ރިސިޓް ދޫކުރަން މަޖުބޫރު ވުމާއި ބޭރު ފައިސާ ގަނެ ވިއްކަން ލިބޭ އަގު އާންމުކޮށް ފެންނާނެހެން ހުރުން ހިމެނެ އެވެ.

މިއާ އެކީ ގަވާއިދާ އެއްގޮތަށް އަމަލުކުރޭތޯ ކަށަވަރުކުރަން ވެސް ފަސޭހަ ވެގެން ދާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox