އެންސްޕާއިން ކުއްޔަށް ހިފާފައިވާ ތަނެއްގައި އެމްއެމްޓީވީ ހިންގާ މައްސަލަ ބަލަން ގޮވާލި ކުއްލި މައްސަލަ ބަލައިނުގަތް

މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ އޮފީސް ހިންގުމަށް ކުއްޔަށް ހިފާފައި ހުރި ތަނެއްގައި ސަރުކާރު އިސްވެރިންގެ މަސްލަހަތު އޮތް "އެމްއެމްޓީވީ" ހިންގާ ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

މިއަދު އޮތް މަޖިލީހުގެ ޖަލްސާ ފެށުމުގެ ގޮތުން ރިޔާސަތުން ވާހަކަ ދައްކަވަމުން، މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މީކާއިލް ނަސީމް ހުށާހަޅާފައިވާ ކުއްލި މައްސަލައިގެ ޝަރުތުތައް ހަމަ ނުވާތީ މަޖިލީހަށް ހުށަހެޅެން ނެތް ކަމަށެވެ.

"ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް ފޮނުއްވާފައިވާ ކުއްލި މައްސަލައެއް ވަނީ ލިބިފައި، އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ 197 ވަނަ މާއްދާާގެ ކ. ގައި ކުއްލި މައްސަލައެއްގައި ހުންނަންވާނެ ކަމަށް ބަޔާން ކޮށްފައިވާ ޝަރުތު ފުރިހަމަ ނުވާތީ އެ މައްސަލަ މި ޖަލްސާއަށް ހުށަހެޅެން ނެތް ވާހަކަދަންނަވަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މީކާއިލް ހުށަހެޅި ކުއްލި މައްސަލައިގައި އޮތީ، އެންސްޕާގެ އޮފީސް ހުންގުމަށް ޖޫން 25، ގައި ނެޝަނަލް ޓެންޑާ ބޯޑު މެދުވެރިކޮށް ކޮށްފައިވާ އިއުލާނާ ގުޅިގެން ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރެއިން މޯލްޑިވްސް މީޑިއާ ހައުސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް އެ ބިޑު އެވޯޑުކޮށް ފަސް އަހަރުދުވަހުގެ ކުލީގެ ގޮތުގައި 34.8 މިލިއަން ރުފިޔާއަށް އެ ކުންފުނީގެ އަތުން ހަތަރު ފްލޯ ކުއްޔަށްހިފާފައިވާ ކަމަށެވެ. އަދި އެއަށްފަހު އޭގެތެރެއިން ދެ ފްލޯއެއް މޯލްޑިވްސް މީޑިއާ ހައުސްއިން ނޮވެމްބަރު 28، ގައި ހިންގަން ފަށާފައިވާ އެމްއެމްޓީވީގެ އޮފީސް ހިންގުމަށް ކުއްޔަކާ ނުލައި އެ ކުންފުންޏަށް ދީފައިވާ ކަމަށް މީސްމީޑިއާގެ އެކި މަންސަތަކުގައި ތުހުމަތު ކުރެވެމުންދާ ކަމަށެވެ.

އޭގެއިތުރުން އެމްއެމްޓީވީގައި މަސައްކަތް ކުރުމަށް ވަޒީފާ ދީފައިވާ ނޫސްވެރިންނާއި ޕްރެޒެންޓަރުންތެ ތެރޭގައި ދައުލަތުގެ އެކިއެކި އިދާރާތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން ހިމެނޭ ކަމާއި އެ މުވައްޒަފުންނަށް އެމްއެމްޓީވީގައި އަދާކުރާ ވަޒީފާއަށް ދޭންޖެހޭ އުޖޫރަ ދައުލަތުގެ ބަޖެޓުން ކަމަށް ތުހުމަތު ކުރެވޭ ވާހަކަ ވެސް ކުއްލި މައްސަލައިގައި ހިމަނާފައިވެ އެވެ.

މީކާއިލްގެ ބިލުގައި އޮތީ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެ، ދައުލަތުގެ މާލިއްޔާގެ ނަހަމަ ބޭނުންކޮށްގެން ހިންގަމުންދާ މިފަދަ ގައިރު ގާނޫނީ އަމަލުތައް ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން އެ މައްސަލަ އިތުރަށް ބަލައިދެއްވުމަށާއި އެކަމުގައި ޝާމިލްވާ އެންމެހައި ފަރާތްތަކާމެދު ގާނޫނުގައިވާ ގޮތުގައި މަތިން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލާ ކަމަށެވެ.

އެންސްޕާގެ އޮފީސް ހިންގުމަށް ތަނެއް ކުއްޔަށް ހިފުމާއި އެއަށްފަހު އަމަލު ކުރި ގޮތާމެދު އެ އެޖެންސީއަށް ވަނީ ތުހުމަތުތަކެއް އަމާޒުވެފަ އެވެ. ނަމަވެސް އެންސްޕާއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، އެ އެޖެންސީގެ އޮފީސް ހިންގުމަށް އިމާރާތެއް ކުއްޔަށް ހިފީ އުސޫލުގެ ތެރެއިން ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox