ވެރިކަމަށް މިވަގުތު ސިޔާމްގެ މާ ބޮޑު ޝައުގެއް ނެތް، ވިދާޅުވީ އޭނާ ވާދަކުރުމާ މެދު ގޮތެއް ނިންމާނީ ރައްޔިތުން ކަމަށް

އެމްޑީއޭގެ ލީޑަރު ސިޔާމް މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވާހަކަ ދައްކަވަނީ. މިދިޔަ އަހަރުގެ އިންތިހާބުގެ ދެ ބުރުގައި ސިޔާމް ތާއީދު ކުރެއްވީ ދެ ކެންޑިޑޭޓުންނަށް --- ފޮޓޯ: އަދަދު ފައިލް

އެމްޑީއޭގެ ލީޑަރު ސިޔާމް މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވާހަކަ ދައްކަވަނީ. މިދިޔަ އަހަރުގެ އިންތިހާބުގެ ދެ ބުރުގައި ސިޔާމް ތާއީދު ކުރެއްވީ ދެ ކެންޑިޑޭޓުންނަށް --- ފޮޓޯ: އަދަދު ފައިލް

ރާއްޖޭގެ ވެރިކަން ކުރުމުގެ މާ ބޮޑު ޝައުގުވެރިކަމެއް މިވަގުތު ނެތް ކަމަށާއި 2028 ގެ ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރުމާ މެދު ގޮތެއް ނިންމުމުގެ ބާރު އޮތީ ރައްޔިތުންގެ އަތް މަތީގައި ކަމަށް މީދޫ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ) ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

"ރާއްްޖެ ޓީވީ" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވެރިކަން ކުރަން ބޭނުންވެއްޖެ ނަމަ އެކަން ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން ސިޔާމް މިއަދު ދެއްވި އެވެ. މިހާތަނަށް ކާމިޔާބު ނުވާ އެއްވެސް ސިޔާސީ ކެމްޕޭނެއް ނުކުރައްވާ ކަމަށް މީދޫ ދާއިރާގެ ގޮނޑި އެންމެ ގިނަ ދައުރުގައި ފުރުއްވި މެންބަރު ވިދާޅުވި އެވެ.

"ތި ވާހަކައިގައި އަޅުގަނޑު ދަންނަވާނީ އެއީ ރައްޔިތުން ނިންމާ އެއްޗެއް ދެއްތޯ. ރައްޔިތުން ނިންމަންވީ މިސާލަކަށް އަހްމަދު ސިޔާމް ތިމަންނަމެންގެ މި ގައުމު ހިންގައިދޭށޭ ފަސް އަހަރު. އިރާދު ކުރެއްވިއްޔާ އަޅުގަނޑު އެކަން ކޮށްދޭނަން. ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެއްވެސް ޒަމާނަކު ނުފެންނަ ވަރަކަށް ވާ ވަރަށް މަތީ ތަރައްގީ ގެނެސްދޭނަން އަޅުގަނޑު," ސިޔާމް ވިދާޅުވި އެވެ.

އަޅުގަނޑު ހިތަކު ނެތް އަދި މާ ބޮޑަކަށް އެކަން ކުރާ އިންޓްރެސްޓެއް.

ރާއްޖޭގެ އެންމެ މުހިންމު ދެ މިނިވަން މުއައްސަސާ ކަމަށްވާ އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ ބާރު އޮންނަ ގޮތަށް ދާދިފަހުން ގާނޫނުތައް ވަނީ ބަދަލުކޮށްފަ އެވެ. މިހާރު އެ ކޮމިޝަންތަކުގެ ރައީސް އާއި ނައިބު ރައީސް އައްޔަނު ކުރައްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

އެ ކަމަށް އިޝާރާތް ކުރައްވައި ސިޔާމް ވިދާޅުވީ މިނިވަން މުސްތަގިއްލު ކޮމިޝަންތައް ކަމަށް ކަނޑައަޅާފައިވާ ތަންތަން ހިނގަން ޖެހޭނީ މިނިވަންކަމާއެކު ކަމަށެވެ. އެއްވެސް އިރަކު މިނިވަންކޮށް އެ ތަންތަން ހިނގާ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ސިޔާމް ވިދާޅުވި އެވެ.

"މި ހިނގައިދާ ހުރިހާ ވައްކަންތަކާއި, ސަރުކާރުގެ ތެރެއިން ފޭދިގެންދާ އެތައް ބިލިއަން ރުފިޔާއަކަށް ވާނުވާއެއް ނޭނގޭ ހުރިހާ ކޮމިޝަންތައް އޮންނައިރު ވެސް. މިހާރު އޮންނަ ގޮތުން އިންޑެޕެންޑެންޓެއް ނޫން އޮންނަ ގޮތެއް. ރައްޔިތުންގެ މަޖިިލީހަށް ފެންނަ ގޮތަކަށް އެކަން ކުރަން އޮންނަނީ. މަޖިލީހުގެ މެޖޯރިޓީ އޮންނަ ފަރާތަކަށް ނޫންތޯ އޭތި ދެވޭނީ. އެހެންވީމާ މެޖޯރިޓީ އޮންނަ ފަރާތަކަށް އޭނާ އެބަ ޖެހޭ ތައުބާވާން," ސިޔާމް ވިދާޅުވި އެވެ.

މިވަގުތު އޮތް ޑިމޮކްރަޓިކް ނިޒާމުގައި މާ ބޮޑު ހާމަކަމެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ. އަދި, ނިޒާމީ ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެ ސިޔާމް ފާހަގަކުރެއްވީ ސްވިޒަލޭންޑުގެ އޮންނަ ނިޒާމުގެ ވާހަކަ އެވެ.

މިފަދަ ވާހަކަތަކެއް ދެއްކެވިއިރު، ސިޔާމް ހުންނެވީ މި ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު މަސައްކަތް ކުރައްވާ ލީޑަރެއްގެ ގޮތުގަ އެވެ. މަޖިލީހުގައި ވެސް އެމްޑީއޭއިން މަސައްކަތް ކުރައްވަނީ ސަރުކާރާ އެއްކޮޅަށެވެ. އަދި، މި ސަރުކާރުގެ ސިޔާސީ ގިނަ މަގާމުތަކުގައިވެސް އެމްޑީއޭގެ އިސް އޮފިޝަލުން އެބަތިއްބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox