ދިވެހި ޔޫތު ލީގު: އީގަލްސް އަތުން ހުރާ މޮޅުވިއިރު، ސަސް އިން މާޒިޔާ ބަލިކޮށްފި

ސަސް އާއި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ސަސް އާއި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ދިވެހި ޔޫތު ލީގުގައި އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުތައް ހުއްރިއްޔާ ސްޕޯޓްސް ކްލަބުން (ހުރާ އިން) ކާމިޔާބުކުރިއިރު, ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށްފި އެވެ.

އިއްޔެ ހެނދުނު ބޯ ވިއްސާރައިގައި 12 އަހަރުން ދަށުގެ މެޗުގައި ހުރާ އިން އީގަލްސްއާ ދެކޮޅަށް ނުކުތްއިރު, މި މެޗު އެ ޓީމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާ އަކުންނެވެ.

މި މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ހުރާ އިން ވަނީ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ޔޫދު މުހައްމަދު ނިޒާމް އެވެ. އޭގެ ފަހުން، މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ހުރާގެ ލީޑު ފުޅާކޮށްދިނީ އަލީ އަލްސަން ސާގިބް ޖެހި ގޯލުންނެވެ.

އީގަލްސްގެ ހަމައެކަނި ގޯލު އެޓީމަށް ޖަހާދިނީ މެޗު ނިމެން ދެމިނެޓަށްވެފައި ވަނިކޮށް އަލްޔާން ބިން މުހައްމަދު އެވެ.

އީގަލްސް އިން ހުރާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް،އެމްވީ

އިއްޔެ ހެނދުނު ކުޅުނު ދެ ވަނަ މެޗުގައި 14 އަހަރުން ދަށުގައި ހުރާ އާއި އީގަލްސްގެ ކުރިމަތިލުން ނިމުނީ 1-1 ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ. މި މެޗުގެ ހަ ވަނަ މިނެޓުގައި ހުރާގެ މުހައްމަދު ޔޫނުސް ގޯލް ޖަހައި ލީޑު ނެގި ނަމަވެސް މެޗުގެ 28 ވަނަ މިނެޓުގައި އީގަލްސްގެ ހުސެއިން އިޒާން ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

ބާރަ އަހަރުން ދަށުގެ ދެ ވަނަ މެޗުގައި އިއްޔެ ހަވީރު މާޒިޔާ އިން ނުކުތީ ސަސްއާ ދެކޮޅަށެވެ. އެ މެޗު ސަސް އިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާ އަކުންނެވެ. މި މެޗެ 14 ވަނަ މިނެޓުގައި މުހައްމަދު ބިން ފަރްހަތު އަލީ ސަސް އަށް ލީޑު ނަގައިދިން އިރު, ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި އިބްރާހީމް ލޫތު ބިން އަބްދުالله ވަނީ ދެ ވަނަ ގޯލު ޖަހައި އެ ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ.

މި މެޗުގައި މާޒިޔާ އިން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ އުސައިމިން އިބްރާހީމް އެވެ.

އިއްޔެ ކުޅުނު ފަހު މެޗުގައި 14 އަހަރުން ދަށުގައި މާޒިޔާގެ މައްޗަށް ސަސް ކުރިހޯދީ ފަސޭހަކަމާ އެކު 4-0 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ސަސްގެ ގޯލުތައް އެ ޓީމަށް ޖަހާދިނީ އިހާން ބިން އިބްރާހީމް, އަބްދުލް ހާލިގް އާނިސް އަދި ޔޫސުފް ރައްޔާން ރިޔާޒް އެވެ. ރައްޔާން ވަނީ ދެ ގޯލު ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox