މި އަހަރުގެ ގްލޯބަލް ސިޓިޒަން އެވޯޑު ކުރީގެ ރައީސް ނަޝީދަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދު : މި އަހަރުގެ ގްލޯބަލް ސިޓިޒަން އެވޯޑު ލިބިވަޑައިގެންނެވީ އެމަނިކުފާނަށް ---- ފޮޓޯ: ގްލޯބަލް ނިއުސްވަޔާ

ކުރީގެ ރައީސް މުހައްމަދު ނަޝީދު : މި އަހަރުގެ ގްލޯބަލް ސިޓިޒަން އެވޯޑު ލިބިވަޑައިގެންނެވީ އެމަނިކުފާނަށް ---- ފޮޓޯ: ގްލޯބަލް ނިއުސްވަޔާ

އިންޓަނޭޝަނަލް ރެސިޑެންސް އެންޑް ސިޓިޒެންޝިޕް އެޑްވައިޒަރީ ފާމު ހެންލީ އެންޑް ޕާޓްނާޒް އިން ދޭ ގްލޯބަލް ސިޓިޒަން އެވޯޑު ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ލިބިއްޖެ އެވެ.

މި އަހަރުގެ އެވޯޑު ނަޝީދަށް ދިނީ، މިހާރު ސިންގަޕޫރުގައި ކުރިއަށްދާ ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސްގަ އެވެ.

ސްވިޒަލޭންޑުގެ އެންޖީއޯއެއް ކަމަށްވާ އަންޑަން ފައުންޑޭޝަނާ ގުޅިގެން ހެންލީ އެންޑް ޕާޓްނާޒް އިން ދޭ މި އެވޯޑަކީ އެކި ދާއިރާތަކުން ދުނިޔޭގެ ފެންވަރުގައި މަސައްކަތްކޮށް ބައިނަލްއަގުވާމީ މުޖުތަމައު ކުރިއެރުވުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ދޭ އެވޯޑެކެވެ. މިއީ މި އެވޯޑު ދޭ 18 ވަނަ އަހަރެވެ.

މި އެވޯޑާއެކު އެ ފާމުން ވަނީ ބައިނަލްއަގުވާމީ މައިދާނުގައި އިންސާނީ ހައްގުތަކާއި ތިމާވެށީގެ ދާއިރާއިން ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށްފަ އެވެ. އެމަނިކުފާނަށް މި އެވޯޑު ލިބުނީ ހާއްސަކޮށް މޫސުމީ ބަދަލުތަކާ ޗެލެންޖުކޮށް ވިލުންތެރި މުޖުތަމައެއް ބިނާކުރުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުން ކަމަށް ވެސް އެ ފާމުން ބުނެފައިވެ އެވެ.

ރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތަކަކަށް ވާދަކުރެވޭ ގޮތަށް ބޭއްވި އިންތިހާބު ކާމިޔާބުކުރެއްވި ނަޝީދަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅެވެ. ނަމަވެސް، އެމަނިކުފާނު މިހާރު ހުންނެވި ދިވެހި ސިޔާސީ މައިދާނުން ވަގުތީ ގޮތުން ފެޔަށް ޖެހިވަޑައިގަންނަވައިގެންނެވެ.

މިހާރު ގާނާގައި ދިރިއުޅުއްވާ ނަޝީދު އަދާކުރައްވަމުން ދަނީ ކްލައިމަޓް ވަލްނެރެބަލް ފޯރަމް ގެ ސެކެޓްރީ ޖެނެރަލްގެ މަގާމެވެ.

މި އެވޯޑާއެކު ގިނަ ބަޔަކު ނަޝީދަށް މަރުހަބާ ދަންނަވަމުން ދާއިރު، އެމަނިކުފާނުގެ ސިޔާސީ ޕާޓީ ދަ ޑިމޮކްރެޓްސް އިން ވެސް ވަނީ މަރުހަބާގެ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ނަޝީދު ރާއްޖެއަށް އަދި ބައިނަލްއަގުވާމީ މުޖުތަމަށް ކުރައްވަމުން ގެންދަވާ ހިދުމަތާއި ހޯއްދަވަމުން ގެންދަވާ ގިނަގުނަ ކާމީޔާބީތަކަށް ވަނީ މަރުހަބާއާއި ޝުކުރު އަދާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox