"މައި އެލައިޑް" ފަސޭހަކަމާއެކު އިންޝުއަރަންސް ކަވަރޭޖު

"މައި އެލައިޑް" ފަސޭހަކަމާއެކު އިންޝުއަރަންސް ކަވަރޭޖު

ދިރިއުޅުމުގެ ހުރިހާ ކަމެއް ޓެކްނޮލޮޖީގެ އެހީގައި ޑިޖިޓަލް ވަމުންދާ މި ޒަމާނުގައި އަހަރެމެންނަށް ގިނަ ފަސޭހަތަކެއް ދަނީ ލިބެމުންނެވެ. އެކިއެކި އާންމު ހިދުމަތްތައް ވެސް އޮންލައިން ޕޯޓަލްތަކާއި މޯބައިލް އެޕްލިކޭޝަންތައް މެދުވެރިކޮށް، ކޮންމެ ތަނެއްގައި ހުރެގެން ވެސް ހޯދޭނެ މަގުތައް ދަނީ ފަހިވަމުންނެވެ.

ރަސްމީ ގަޑީގައި އޮފީހެއްގައި ކިއު ހަދައިގެން ލިޔެކިޔުން ހުށަހެޅުމުގެ ޒަމާން މި ދަނީ މާޒީއަށް ވަމުންނެވެ. އިންޓަނެޓުގެ ފަސޭހަތަކަށް އަހަރެމެންގެ ކަންކަން ހޭނި، ދަނީ ތަރުތީބުވަމުންނެވެ. ބާޒާރުކުރުމާއި ޔޫޓިލިޓީ ބިލުތައް ދެއްކުން ވެސް މި މޭރުމުން ތަރުތީބުވެއްޖެ އެވެ. ހަމަ އެފަދައިން ދިރިއުޅުމުގެ ވަރަށް މުހިންމު އެއް ކަންތައް ކަމުގައިވާ، މާލީ ރައްކާތެރިކަން ހޯދުމުގެ ނިޒާމު ވެސް މިފަދައިން ތަރުތީބުވެއްޖެ އެވެ.

އެލައިޑް އިންޝުއަރަންސުން "މައި އެލައިޑް" ޕޯޓަލް އުފެއްދީ—ކަސްޓަމަރުންގެ ދިރިއުޅުމުގެ ފަސޭހައަށެވެ. އެލައިޑުގެ އޮފީހަކަށް ދިއުމުގެ ބަދަލުގައި ކޮންމެ ތަނެއްގައި، ކޮންމެ ވަގުތަކު ހުރެގެން ވެސް ބުރަކަމެއް ނެތި އިންޝުއަރަންސް ޕްލޭނެއް ބައްލަވައިގަނެވޭނެ ގޮތް ތަރުތީބު ކޮށްލުމަށެވެ. އެ ޕޯޓަލް މެދުވެރިކޮށް އެލައިޑާއި އަޔާދީ ތަކާފުލްގެ އެކިއެކި ޕްލޭނުތައް ނެގެ އެވެ،

އެއްގަމު އުޅަނދު ދުއްވާ މީހުންނަށް މޮޓޯ އިންޝުއަރަންސާއި މޮޓޯ ތަކާފުލް، ބިދޭސީ މުވައްޒަފުން ގެންގުޅޭ ވިޔަފާރިތަކާއި އިދާރާތަކަށް އެކްސްޕެޓްރިއޭޓް ޕްލަސް އިންޝުއަރަންސް އަދި ތަކާފުލް، އަމިއްލަ ނަފްސަށް ދިމާވެދާނެ ހާލަތަކުން ބުރައެއް ޖެހިދާނެކަމުގެ ރައްކަލަކަށް ޓަކައި ދަތުރުވެރިންނަށް ހާއްސަ ޓްރެވަލް ތަކާފުލް އަދި ހައްޖާއި އުމްރާއަށް ދާ މީހުންނަށް ހައްޖު/އުމްރާ ތަކާފުލް ފަދަ ޕްލޭނުތައް "މައި އެލައިޑް" މެދުވެރިކޮށް ލިބެ އެވެ.

އޭގެއިތުރުން ގޭތެރޭގައި ގެންގުޅޭ މުދަލާއި އެކިއެކި އެއްޗެހީގެ ރައްކަލަށް ޓަކައި "އަހަރެންގެ ހިޔާ"، "ހިޔާވަހި"، އަދި "ހޯމް ކޮންޓެންޓް ތަކާފުލް" ފަދަ ޕްލޭނުތަކެވެ. އަދި ދަނޑުވެރިންނަށް ހާއްސަ ތަކާފުލް ޕްލޭން ވެސް "މައި އެލައިޑް" ޕޯޓަލްއިން ނެގެ އެވެ.

"މައި އެލައިޑް" ގެ ފަސޭހައަކީ، ޕޯޓަލް މެދުވެރިކޮށް ޕްލޭނުތަކާ ބެހޭ ތަފްސީލީ މައުލޫމާތު ފެންނަން ހުރެމެވެ. ޕޯޓަލް މެދުވެރިކޮށް ޕްލޭނު ބައްލަވައިގަނެވޭނެ މަގު ފަހިވެފައި އޮތުމެވެ. ހުށަހަޅަންޖެހޭ ލިޔެކިޔުމެއް ވާނަމަ ޕޯޓަލްއަށް އަޕްލޯޑު ކުރެވޭނެ އެވެ. އަދި އޮންލައިންކޮށް ފައިސާ ދެއްކުމުގެ އިންތިޒާމު ވެސް އޮވެ އެވެ.

ކުރީގައި ނަގާ ޕްލޭނުތަކުގެ މައުލޫމާތާއި މިހާރު އެކްޓިވްކޮށް ހިނގަމުންދާ ޕްލޭންތައް ވެސް "މައި އެލައިޑް" މެދުވެރިކޮށް ފެންނަން ހުރެ އެވެ. މީގެ އިތުރުން އެ ޕޯޓަލް މެދުވެރިކޮށް އިންޝުއަރަންސް ނުވަތަ ތަކާފުލްގެ ކްލެއިމްތައް ވެސް ކުރުމުގެ މަގު އޮންނަނީ ފަހިވެފަ އެވެ.

ޕޯޓަލްގައިވާ ފޯމު ފުރާލައި، ޕޮލިސީ ނަންބަރާއި އަދި ދިމާވި ހާދިސާގެ ތަފްސީލު ޖެހުމުން ކްލެއިމްސްގެ ޕްރޮސެސް ވެސް ފެށިގެން ދާނެ އެވެ. މިއީ ކުރިން އެލައިޑުގެ އޮފީހަށް ލިޔެކިޔުން ހަމަކޮށްގެން ގޮސް ހުށަހަޅަންޖެހޭ ކަންކަން ކަމުގައި ވީ ނަމަވެސް މިހާރު، ކޮންމެ ތަނެއްގައި ހުރެގެން ކޮންމެ ވަގުތެއްގައި ވެސް ހުށަހެޅެ އެވެ.

"މައި އެލައިޑް" ޕޯޓަލްއަކީ ހަމައެކަނި ވެބްސައިޓެއް ނޫނެވެ—އެލައިޑްގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ވެސް "މައި އެލައިޑް"ގެ ހުރިހާ ހިދުމަތެއް ހޯއްދެވޭނެ އެވެ. އިތުރު އެހީ ބޭނުންވާ ނަމަ "މައި އެލައިޑް"ގެ ވެބްސައިޓު ނުވަތަ އެލައިޑްގެ މޯބައިލް އެޕްގައިވާ "ލައިވް ޗެޓް" ފަންކްޝަން ބޭނުންކޮށްގެން އެ އެހީއެއް ވެސް ހޯދުމުގެ މަގު އޮންނާނެ އެވެ.

އެލައިޑާއި އަޔާދީގެ މަގްސަދަކީ ދިރިއުޅުން ފަސޭހަކޮށްދީ، މާލީ ބުރަތަކުން ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox