ބަޖެޓު ފާސްކުރިއިރު ސަބްސިޑީ ބަދަލުތަކާއި މަޝްރޫއުތަކުގެ ތަފްސީލު މަޖިލީހުން ބޭނުމެއް ނުވި

ބަޖެޓު ފާސްކުރިއިރު ސަބްސިޑީ ބަދަލުތަކާއި މަޝްރޫއުތަކުގެ ތަފްސީލު މަޖިލީހުން ބޭނުމެއް ނުވި

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓު މިއަދު އެ މަޖިލީހުން ފާސްކުރިއިރު ސަބްސިޑީތަކަށް ގެންނަ ބަދަލުތަކާއި ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފްސީލު ހޯދުމަށް ބަޖެޓު ދިރާސާކުރި ކޮމިޓީން ހުށަހެޅި ހުށަހެޅުންތައް އުނިކޮށްފި އެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހެޅީ އޮކްޓޯބަރު 31، ގަ އެވެ. އަދި ބަޖެޓަށް ބަހުސްކޮށް ނިމުނީ ނޮވެމްބަރު 16، ގަ އެވެ. އެ މަރުހަލާގެ ތެރޭގައި ކުރިއަށްދިޔައި ބަޖެޓު ދިރާސާކުރާ ކޮމިޓީން ބަޖެޓަށް އަށް ހުށަހެޅުމެއް ހުށަހެޅި އެވެ.

އެ ހުށަހެޅުންތައް އުނިކުރުމަށް ފަހު ބަޖެޓު ފާސްކުރަން ހުށަހެޅި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު އެވެ. އޭނާ ހުށަހެޅި ގޮތަށް ބަޖެޓު ފާސްކުރީ 70 މެންބަރުންގެ ވޯޓާއެކު އެވެ. ބަޖެޓާ ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވި އެވެ.

ކޮމިޓީ މަރުހަލާގައި ބަޖެޓަށް ޖެނެރަލް ރިކޮމެންޑޭޝަންތައް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި އަށް ކަމެއް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ހުށަހެޅުއްވި އެވެ. ކޮމިޓީން ފާސްކުރީ އެ ހުށަހެޅުންތައް ހިމަނައިގެންނެވެ.

ބަޖެޓުން އުނިކުރި ހުށަހެޅުންތައް

  1. އަލަށް ފަށާ މަޝްރޫއުތަކުގެ ލިސްޓެއް، ރަށްތައް އެނގޭނެހެން، ފެބްރުއަރީގެ ކުރިން މަޖިލީހާ ހިއްސާކުރުން. އެކިއެކި ކުންފުނިތަކާ ހަވާލުކޮށްގެން ހިންގާ މަޝްރޫއުތަކުގެ ތެރެއިން ކުރިއަށް ދާނެ މަޝްރޫއުތަކާއި ކުރިއަށް ނުދާނެ މަޝްރޫއުތަކުގެ ލިސްޓެއް މާޗު މަސް ނިމުމުގެ ކުރިން މަޖިލީހާ ހިއްްސާކުރުން. ޕީއެސްއައިޕީގެ ތެރެއިން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ޕްރޮގްރެސް ރިޕޯޓެއް އަންނަ އަހަރުގެ ކޮންމެ ކުއާޓަރެއްގައި މަޖިލީހަށް ހުށަހެޅުން.
  2. އެސްއޯއީ ރިފޯމްގެ ތާވަލެއް އެކުލަވާލައި, އޭގެ ދަށުން އެޅުމަށް ރާވާ ފިޔަވަޅުތަކާއި، އަދި ތާވާލާ އެއްގޮތަށް އަޅުއްވާފައިވާ ފިޔަވަޅުތައް އެނގޭނެ ރިޕޯޓެއް ކޮންމެ ކުއާޓަރެއްގައި މަޖިލީހަށް ހުށަހެޅުން.
  3. ޓެކްސް ގާނޫނު ބަދަލުކުރުމުގެ މަސައްކަތް ކޮށް ޓެކުހާ ގުޅޭ ސިޔާސަތުތައް މެދުރާސްތާގައި އިސްލާހުކޮށް މަޖިލީހަށް ހުށަހެޅުން.
  4. ދައުލަތަށް ލިބެން ޖެހޭ ފައިސާ މާފުކުރުމުގައި ނަން-ޑިސްކްރިމިނޭޓަރީ އަދި ދެފުށްފެންނަ ނިޒާމަކުން ލުއި ދިނުމާއި މައާފުކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ގާއިމުކުރުމަށް ފަހު، އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި މަޖިލީހަށް ހުށަހެޅުން.
  5. ޓާގެޓެޑް ޕެންޝަން ނިޒާމެއް ގެންނައިރު ހަމަހަމަކަން ނުގެއްލޭނެ ގޮތަށް އެކަން ކުރުމަށް ސަމާލުވުމަށް އެދުމާއި, މި ބަދަލުތައް ގެނައުމަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން އަވަސްކުރުމަށް އެދުން.
  6. އެންމެ ބޭނުން ޖެހޭ ފަރާތްތަކަށް ޓާގެޓެޑްކޮށް ފައިސާ ދޭ ނިޒާމަކަށް ބަދަލުކުރުމަށް އެ ނިޒާމު ތަންފީޒުކުރާނެ ގޮތުގެ ތާވަލެއް އެކުލަވާލައި އެ ސިޔާސަތުތައް ދެފުށްފެންނަ ހަރުދަނާ ގޮތެއްގައި ތަންފީޒުކުރުމަށް އެދި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ތާވަލު މަޖިލީހާ ހިއްސާކުރުން.
  7. ސަބްސިޑީ ޓާގެޓްކުރުމުގެ ސިޔާސަތު ތަންފީޒުކުރުމަށް ބޭނުންވާނެ ހުރިހާ މައުލޫމާތެއް އެއްތަނަކުން ލިބޭނެ ފަދަ ސިސްޓަމެއް ނުވަތަ "މީންސް ޓެސްޓިން" ސިސްޓަމެއް އަވަހަށް ނިންމައި ތަންފީޒުކުރުން އަވަސް ކުރުން.
  8. ދައުލަތުގެ ބަޖެޓާ ގުޅޭ "އެޕްރޮޕްރިއޭޝަން" ގާނޫނެއް އެކުލަވާލުން.

މި ރެކޮމެންޑޭޝަންތަކަކީ ސަރުކާރުން އަންނަ އަހަރު ތަންފީޒު ކުރުމަށް ނިންމާފައިވާ މުހިންމު ސިޔާސަތުތަކާ ގުޅޭ މައުލޫމާތު މަޖިލީހާ ހިއްސާކުރުމަށް ހުށަހެޅި ކަންކަމެވެ.

ސަބްސިޑީ ނިޒާމަށް ފަހުގެ ތާރީހެއްގައި ގެންނަ އެންމެ ބޮޑު ބަދަލު ގެންނާނެ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނަމުންދިޔަ ނަމަވެސް މިހާތަނަށް އެކަމުގެ މައުލޫމާތު އާންމުންނާ ހިއްސާކޮށްފައި ނުވެ އެވެ. ދައުލަތުގެ މާލީ ހިސާބުކިތާބެކޭ އެއްގޮތަށް ރައްޔިތުންނަށް ކޮންމެހެން އެނގެން ޖެހޭ މާލީ ސިޔާސަތުތަކުގެ މައުލޫމާތު ވެސް ސަރުކާރުން ދަނީ ސިއްރުކުރަމުންނެވެ.

ސަބްސިޑީތައް ދިނުމަށް ބަޖެޓުގައި ހިމަނާފައި އޮތީ އެންމެ 7.9 ބިލިއަން ރުފިޔާ އެވެ. މި އަހަރުގެ ބަޖެޓުގައި 10.9 ބިލިއަން ރުފިޔާ އެވެ. ބަޖެޓު ފާސްކުރީ މަސްވެރިކަމާއި ތެލާއި ކަރަންޓާއި ބޭސްފަރުވާ އާއި މަސްވެރިންނަށް ދޭ ސަބްސިޑީ ވެސް މިއަހަރުގެ ބަޖެޓަށް ވުރެ ކުޑަކޮށެވެ.

މި ހިނގަމުންދާ އަހަރަށް ފާސްކުރި ބަޖެޓުގައި ވެސް ސަބްސިޑީ ނިޒާމު ބަދަލުކުރުމަށާއި ހަރަދު ކުޑަކުރުމުގެ އެހެން ސިޔާސަތުތަކެއް ވެސް ހިމަނާފައިވެ އެވެ. ނަމަވެސް, ސަރުކާރުން އެ ސިޔާސަތުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ތަންފީޒު ނުކުރުމުން ދައުލަތުގެ ހަރަދުތައް އިންތިހާއަށް ބޮޑުވެ ސަޕްލިމެންޓަރީ ބަޖެޓެއް ވެސް މިއަހަރަށް ފާސްކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox