އެފްއޭއެމުން ވިކްޓަރީގެ ސަސްޕެންޝަން އުވާލައި، ނިއު އަށް ފުރުސަތު ފަހިކޮށްދީފި

Jun 6, 2022, 1:05 PM
އެފްއޭއެމުން ވިކްޓަރީގެ ސަސްޕެންޝަން އުވާލައި، ނިއު އަށް ފުރުސަތު ފަހިކޮށްދީފި

އެކި ސަބަބުތަކާ ހުރެ ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވާ، ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ބާރު، ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ސަސްޕެންޝަން އުވާލަން އެފްއޭއެމުން މިއަދު ނިންމައިފި އެވެ.

މީގެ އިތުރުން، ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި އެފްއޭއެމާއި ފީފާގެ ސަސްޕެންޝަނެއްގައި އޮތް ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބް ނިއު ރޭޑިއަންޓް އެނބުރި އަންނަން އެފްއޭއެމުން ވަނީ ފުރުސަތު ފަހިކޮށްދީފަ އެވެ.

މި ގޮތަށް ނިންމީ މިއަދު ހަވީރު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ބައިވެރިވި ކްލަބްތަކުގެ މެޖޯރިޓީންނެވެ. މިދިޔަ ދެ އަހަރު، އެފްއޭއެމްގެ ކޮންގްރެސްގައި ކްލަބްތަކުން ވަނީ ނިއު ރޭޑިއަންޓާއި ވިކްޓަރީގެ ސަސްޕެންޝަން ދަމަހައްޓައިފަ އެވެ. އެކަމަކު، މިއަދު އެފްއޭއެމުން ކްލަބްތަކުގެ ތާއީދާ އެކު ނިންމީ ވިކްޓަރީން އެ ކްލަބްގެ ދަރަނިތައް ދައްކާފައިވާތީ، އެ ކްލަބްގެ ސަސްޕެންޝަން އުވާލުމަށެވެ.

އަދި ނިއު ރޭޑިއަންޓުން އެ ކްލަބްގެ ދަރަނި ދެއްކިހާ އަވަހަށް އެފްއޭއެމްގެ އެކްސްކޯ އިން އެ ކްލަބްގެ ސަސްޕެންޝަން އުވާލާ ގޮތަށް ވެސް މިއަދު ވަނީ ނިންމައިފަ އެވެ. މިއަދުގެ ކޮންގްރެސްގައި ކްލަބްތަކުގެ ވޯޓުން ނިންމީ، ނިއު ރޭޑިއަންޓްގެ ސަސްޕެންޝަން އުވާލުމުގެ ބާރު އެކްސްކޯ އަށް ދިނުމަށެވެ. އެއީ ނިއު ރޭޑިއަންޓުން ދައްކަންޖެހޭ ދަރަނިތައް ދައްކައި ނިމުމުންނެވެ. މާނަ އަކީ ނިއު ރޭޑިއަންޓުން ދަރަނި ދެއްކުމާ އެކު ދެން އެންމެ އަވަހަށް ބާއްވާ އެކްސްކޯ ބައްދަލުވުމެއްގެ މެޖޯރިޓީ ވޯޓާ އެކު ނިއު ރޭޑިއަންޓްގެ ސަސްޕެންޝަން އުވާލެވޭނެ އެވެ.

ނިއު އާއި ވިކްޓަރީ ސަސްޕެންޝަންގެ އުސްއަލިތައް

އެފްއޭއެމުން އެންމެ ފުރަތަމަ ނިއު ސަސްޕެންޑްކުރީ 2019 ވަަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. ނިއު އޭރު ސަސްޕެންޑްކުރީ މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުންނެވެ. މިހާރު އެ ފައިސާ ނުދައްކައި ދިގުލައިދާ ކޮންމެ ދުވަހަކަށް ކަހަލަ ގޮތަކަށް ޖޫރިމަނާއާ އެކު ދައްކަން ޖެހޭ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ނިއު ރޭޑިއަންޓްގެ ސަސްޕެންޝަން ދަމަހައްޓަން 2019 އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހު އެފްއޭއެމް ކޮންގްރެސް އިން ފުރަތަމަ ނިންމި އެވެ. އެ ފަހަރު ނިއުގެ ސަސްޕެންޝަނާ ދެކޮޅަށް ވޯޓު ދިނީ މަހިބަދޫ ސްޕޯޓްސް ކްލަބާއި ވިކްޓްރީންނެވެ. ނިއު އިން ލޯކަލް އަދި ބިދޭސީ ކުޅުންތެރިންނަށް ނުދީ ހުރި މުސާރައިގެ މައްސަލަތަކެއް ފީފާ އިން ވެސް ބަލައި އޮތީ ފިޔަވަޅު އަޅައިފަ އެވެ. އަދި ނިއު ރޭޑިއަންޓަށް ކޯޗުކޮށްދިން ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭޒްގެ މައްސަލައިގައި ވެސް ފީފާ އިން އޮތީ އެ ކްލަބަށް ފިޔަވަޅު އަޅަން އިންޒާރު ދީފަ އެވެ.

ވިކްޓަރީ އިން ކުޅުންތެރިންނާއި ކޯޗުންނަށް ނުދީ ހުރި މުސާރަ ދޭށާއި ކްލަބް ލައިސަންސްގެ ކަންކަން ފުރިހަމަކުރަން އެފްއޭއެމުން ދިން މުއްދަތުގައި އެކަންކަން ކޮށްފައިނުވާތީ އެ އެސޯސިއޭޝަނުން އެ ކްލަބް ސަސްޕެންޑްކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.

ވިކްޓަރީ އާއި ނިއުގެ އެނބުރި އައުން

ވިކްޓަރީން މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އެ ކްލަބްގެ އިިންތިހާބު ބާއްވައި، މުލިއާގޭ ޗީފް އޮފް ސްޓާފްގެ މަގާމު ފުރުއްވަމުން އަންނަ، ވިކްޓަރީގެ ކުރިގެ ކުޅުންތެރިޔާ، ހުސެއިން އާދަމް (އާދަމްބެ) ވަނީ ރައީސަކަށް އިންތިހާބުކޮށްފަ އެވެ. އަދި ނިއު ރޭޑިއަންޓުން ވަނީ މީގެ 10 ދުވަސް ކުރިން އެ ކްލަބްގެ އިންތިހާބު ބާއްވައި، އަހުމަދު ވާސިފް ކްލަބްގެ ޗެއާމަނަކަށް އިންތިހާބު ކޮށްފަ އެވެ.

ނިއުގެ އިންތިހާބު ކާމިޔާބު ކުރުމަށް ފަހު ވާސިފް ވިދާޅުވީ، ނިއު ރޭޑިއަންޓާއި ވިކްޓަރީ ފުޓްބޯޅައިގައި އޮންނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމަށެވެ. އަދި ނިއު އަލުން ގެނައުމަށް ކުރާ މަސައްކަތުގައި މޭސްތިރިއެއްގެ ގޮތުން ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާއިރު، މަންދޫބެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު އެވެ.

ވިކްޓަރީން ވަނީ ދަރަނިތައް ހަމަޖައްސައި، އަންނަ މަހު ހަތަރު ވަނަ ދުވަހު ފަށާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ކަންކަން ނިންމައި، ޕްރެކްޓިސްތައް ވެސް ފަށައިފަ އެވެ.

އެނގިފައިވާ ގޮތުގައި ނިއު އިން އަންނަނީ ފީފާގައި އޮތް މައްސަލަތަކަށް އަވަސް ހައްލެއް ހޯދަން މަޝްވަރާ ކުރަމުންނެވެ. ވަގުތު އޮއްވައި، ކަންކަމަށް ހައްލެއް އަތުވެއްޖެނަމަ ދެ ވަނަ ޑިވިޝަނުން ނިއު ވެސް ފެނުމުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox