އެސޯސިއޭޝަންތައް މަދު ކުލަބުތަކެއްގެ އަތްދަށުގައި، ކޮމިޝަނާ އޮފް ސްޕޯޓްސް ހުރީ ސިޔާސީ ނުފޫޒުގެ ތެރޭގައި: މުހައްމަދު އިބްރާހިމް

ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިބްރާހިމް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިބްރާހިމް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތައް ކޮންޓްރޯލް ކުރަނީ މަދު ކުލަބުތަކަކުން ކަމަށާއި ކުލަބު ޖަމިއްޔާތަކުގެ ބެލެނިވެރިފަރާތް ހުންނަނީ ސިޔާސީ ނުފޫޒުގެ ތެރޭގައި ކަމަށް ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ކުރިއަށްދިޔަ، ކުޅިވަރާ ބެހޭ ބިލަށް ބަހުސް ކުރައްވަމުން މުހައްމަދު އިބްރާހިމް ވިދާޅުވީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތައް "މަދު ކުލަބުތަކެއްގެ އަތްދަށުވެފައި" އޮތްއިރު ސިޔާސީ ނުފޫޒާއި ގުޅުމުގެ ތެރެއިން ކޮމިޝަނާ އޮފް ސްޕޯޓްސް އައްޔަނު ކުރުމަކީ ބޮޑު ހިތާމައެއް ކަމަށެވެ.

"މިހާރުގެ ކޮމިޝަނާ އޮފް ސްޕޯޓްސް އަކީ ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް، ކޮމިޝަނާ އޮފް ސްޕޯޓްސް އަކަށް މަގާމު ދޫކޮށްލެއްވީ، އައްޔަނު ކުރެއްވީ މިނިސްޓަރުންގެ ފެންވަރުގައި، ކޮމިޝަނާ އޮފް ސްޕޯޓްސް ސިޔާސީ ނުވާނެ ހަމަ އެއްގޮތެއް ވެސް އަޅުގަނޑަކަށް ނުވިސްނޭ، މިނިސްޓަރެއްގެ ހެދުންކޮޅުގައި ބޮޑު މާސިންގާ ކައުންސިލެއްގެ ދޮރުން ވަދެވޭނެބާއޭ ވެސް އަޅުގަނޑު ހިތަށް އަރާ، އެއް އުރައެއްގައި ދެ ކަނޑިއަށް އޮވެވޭނެތޯ ވެސް މިއީ ހަމަ އަޅުގަނޑު ކޮށްލަން ބޭނުންވާ ސުވާލެއް،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމު އުފެއްދީއްސުރެން ވެސް އެކަން އޮންނަނީ އެ ގޮތަށް ކަމަށެވެ.

ރާއްޖޭގެ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި މިވަގުތު ހުންނެވީ މުހައްމަދު ތޮލާލް އެވެ. އޭނާ އެ މަގާމާ ހަވާލުވަޑައިގަތީ މިދިޔަ އަހަރުގެ ނޮވެމްބަރު 21 ގަ އެވެ.

އޭނާ އެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ހުންނެވީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގަ އެވެ. ކުޅިވަރު ގާނޫނުގައި އޮންނަ ގޮތުން ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ޕާޓީއެއް ހިންގުމުގެ މަގާމުގައި ވެސް އަދި ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ވެސް ނުހުރެވޭނެ އެވެ. ނަމަވެސް ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމާ ހަވާލުވުމަށްފަހު ވެސް ޕީއެންސީގެ އެކި މަސައްކަތުގައި ތޮލާލް ހަރަކާތްތެރިވެ އެވެ.

މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ކުޅިވަރު ކުރިއެރުވޭނީ މުހައްމަދު އިބްރާހިމް ވިދާޅުވީ މާލޭގައި ތިބި މަދު ބައެއްގެ އަތްދަށުން ކުޅިވަރު މިނިވަންކޮށް ސަރަހައްދީ ޖަމިއްޔާތައް ބާރުވެރިކޮށްގެން ކަމަށެވެ. އެގޮތުން އެމީހުންގެ ނިންމުންތައް ނިންމުމާއި ކުޅިވަރުގެ މުސްތަގުބަލާ މެދު ބަސް ބުނުމުގެ ހައްގު ސަރަހައްދީ ޖަމިއްޔާތަކަށް ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު އަބަދުވެސް ބުނަން، ރަނގަޅު ކަންކަން ކުރެވޭނީ ރަނގަޅު މީހުން ރަނގަޅު ތަންތަނަށް ރަނގަޅު ގަޑީގައި ލައިގެން، އޭގެ ބަދަލުގައި އަޅުގަނޑަށް ފެންނަނީ ޕާޓީއަށް ސަނާ ކިޔާ މީހުންނަށް ބޮޑެތި މަގާމުތައް ދެމުން ގެންދާތަން،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސްގެ މަގާމް 2012 ވަނަ އަހަރުން ފެށިގެން ފުރުއްވަމުން އަންނަ ތޮލާލްގެ އެކިއެކި ދައުރުތަކުގައި ރާއްޖޭން ވަނީ ބައިނަލްއަގުވާމީ ލެވަލްގައި އެތުލެޓިކްސްގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ. ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު، ރާއްޖޭގެ އެތުލެޓިކްސް އަށް ތޮލާލްގެ ލީޑަޝިޕްގެ ދަށުން ބައިނަލްއަގުވާމީ ލެވަލްގައި ގިނަ ކުރިއެރުންތަކެއް ވަނީ ލިބިގެންގޮސްފަ އެވެ.

އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ މަގާމަށް ތޮލާލް އިންތިހާބުވީ، 2021 ވަނަ އަހަރު ބޭއްވި އިންތިހާބުގައި، ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ)ގެ ޓީމުގައި ހިމެނިވަޑައިގެންނެވެ. އޭނާ ވަނީ ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް އިންތިހާބު ވުމަށް ފަހު، އޮލިމްޕިކް ކޮމިޓީގެ މަަގާމުން ދުރުވެފަ އެވެ. މިދިޔަ ދެ އަހަރު، އޮލިމްޕިކް ކޮމިޓީގެ ލީޑަޝިޕުގައި ހިމެނިވަޑައިގެން، އެކި މަސައްކަތްތަކުގައި ތޮލާލް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox