ލީގަލް އޮފިސަރުންގެ މުސާރަ ކުޑަވި މައްސަލަ ޕޭ ކޮމިޝަނަށް ހުށަހަޅައިފި

ލީގަލް އޮފިސަރުންގެ މުސާރަ ކުޑަވި މައްސަލަ ޕޭ ކޮމިޝަނަށް ހުށަހަޅައިފި

ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް އެއްހަމަކުރުމަށް ޕޭ ފްރޭމްވޯކަށް ޕޭ ކޮމިޝަނުން ގެނައި ބަދަލުގެ ސަބަބުން ލީގަލް އޮފިސަރުންގެ މުސާރަ ކުޑަވި މައްސަލަ ނެޝަނަލް ޕޭ ކޮމިޝަނަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވައިފި އެވެ.

ކުޑޫ ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ ސިވިލް ސާވިސްގެ އިދާރާތަކާއި ލޯކަލް ކައުންސިލްތަކުގެ ލީގަލް އޮފިސަރުންނަށް ލިބެންދިޔަ މުސާރައާއި އިނާޔަތްތައް ގެނައި ބަދަލުތަކާއެކު ނޮވެމްބަރު 1، 2025، ގެ ފަހުން ކުޑަވެފައިވުމުގެ ޝަކުވާ އެ މުވައްޒަފުން އޭނާއާ ހިއްސާކޮށްފައިވާ ކަމަށެވެ.

މިގޮތުން ނޮވެމްބަރު 1، 2025، ގެ ކުރިން މުސާރަ އާއި އިނާޔަތުގެ ގޮތުގައި އިތުރުގަޑީގެ ފައިސާ ނުލައި އަދި ޕެންޝަނަށް ކެނޑުމަށްފަހު މަހަކު 18،465ރ. ގެޔަށް ގެންދަން ލިބޭއިރު، އެ ތާރީހަށްފަހު ލިބޭ މުސާރައާއި އިނާޔަތްތައް ކުޑަވެގެން ގޮސްފައިވާކަން ކުޑޫ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ މުސާރައަށް ގެނައި ބަދަލާއެކު ލީގަލް މުވައްޒަފުންނަށް 922ރ. ގެ މައިގްރޭޝަން އެލަވަންސް ހަމަޖެއްސުމަށް ހިސާބުކޮށްފައިވަނީ ހާޒިރީ އެލަވަންސް ހިމަނައިގެން ކަމަށްވާތީ ސަލާމް/ޗުއްޓީގައި ހުންނައިރު މިހާރު ކުރިން ލިބެމުންދިޔަ މުސާރަ އާއި އިނާޔަތް ލިބެމުން ނުދާ ކަމަށެވެ.

ލީގަލް މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލާއެކު ހުރި ޝަކުވާތައް ޕޭ ކޮމިޝަނަށް ހުށަހެޅިތާ ދެ މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެ ޝަކުވާތަކަށް ޖަވާބު ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް މުވައްޒފުންނަށް މައިގްރޭޝަން އެލަވަންސްގެ ނަމުގައި އެލަވަންސެއް ހަމަޖައްސައިދިން ކަމުގައިވީ ނަމަވެސް އެ މުވައްޒަފަށް މުސާރައިގެ ކުރިއެރުން ލިބޭހިނދު، މައިގްރޭޝަން އެލަވަންސްއަކީ އުނިކުރާ އެއްޗަކަށްވާތީ އެ މުވައްޒަފަށް ހަގީގީ މަންފާ ލިބިގެން ނުދޭ،" ކުޑޫ ވިދާޅުވި އެވެ.

މީގެއިތުރުން ކުޑޫ ވިދާޅުވީ ސަލާމް/ޗުއްޓީގައި ހުންނައިރު ކުރިން ލިބެމުންދިޔަ މުސާރައާއި އިނާޔަތް ބޮޑުތަނުން އުނިވުމަކީ މުވައްޒަފުންނަށް ލިބެމުންދާ ގެއްލުމެއް ކަމަށެވެ.

ކައުންސިލްތަކުގެ މުވައްޒަފުން ހިމެނޭހެން ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރެވި މުސާރަ ބޮޑުކުރިއިރު، ދައުލަތުގެ ސިވިލް ސާވިސްގެ އިދާރާތަކާއި ލޯކަލް ކައުންސިލްތަކުގެ ލީގަލް އޮފިސަރުންނަކީ ވެސް އެބައިގައި ހިމެނޭ ބަޔަކަށްވާތީ އެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތަށް ވަނީ އުނިކަން އައިސްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ލީގަލް އޮފިސަރުންގެ މުސާރަ ކުޑަވުމާ ގުޅިގެން ކުޑޫ ސްޕޮންސާކޮށް ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ވަނީހުށަހަޅާފަ އެވެ. އެ ޕެޓިޝަން ހުށަހެޅީ އެކި އިދާރާތަކުގައި މަސައްކަތްކުރާ 84 ލީގަލް އޮފިސަރުންގެ ސޮޔާއެކުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox