ދެމަފިރިންގެ އަރައިރުމާއި ފަނޑިޔާރު އައްޝައިހު އަލީ ދީދިލްއައްޑުވީގެ ނިޔާ

އުމުރުން ދުވަސްވީ ދެމަފިރިއަކު ކޯޓު ރޫމެއްގައި އިން މަންޒަރު. މިއީ އޭއައި ބޭނުންކޮށްގެން ތައްޔާރުކުރި ތަސްވީރެއް.

އުމުރުން ދުވަސްވީ ދެމަފިރިއަކު ކޯޓު ރޫމެއްގައި އިން މަންޒަރު. މިއީ އޭއައި ބޭނުންކޮށްގެން ތައްޔާރުކުރި ތަސްވީރެއް.

މި ވާހަކަ ފަށްޓަވަމުން ހުސައިން ސަލާހުއްދީން ވިދާޅުވި އެވެ. މި ވާހަކަ ކިޔައިދިން ޒަމާނުގެ އަށެއްކަ ސަތޭކަ އަހަރު ކުރިން ދިވެހީންގެ އަންހެނުން ވީ ހައުދަހައި ލަފާ، ފިރީންނަށް ހައުދަހައި ހެޔޮ ބަޔަކަށެވެ. އެ ކަނބަލުންގެ ހިދުމަތްތަކުގެ ވާހަކަ އިބުނު ބަތޫތާ ލިޔުއްވާފައިވާ ގޮތް މީހަކު ދެކެފީވިއްޔާ އުފަލުންގޮސް ސޮނިވެސް ފައިބައިފާނޭ ކަމަށް ހުސައިން ސަލާހުއްދީން ވިދާޅުވެފައި އޮވެ އެވެ.

އައްސުލްތާނު މުހައްމަދު އިމާދުއްދީން ރަދުންގެ ޒަމާނުގައި ފަނޑިޔާރުގެ އިސްކޮށް ބަލަހައްޓަވަމުން ގެންދެވީ އައްޝައިހު މުހައްމަދު ޖަމާލުއްދީން ނައިބުތުއްތުއާއި، އައްޝައިހު އަލީ ދީދިލްއައްޑުވީ އެވެ. އެ ދެބޭކަލުންގެ ދަށުން އެތައް ނާއިބު ބޭކަލުންނެއް ނިޔާގެ އިންތިޒާމުގެ ތެރޭގައި ހަރަކާތްތެރިވަމުން ގެންދެވި އެވެ. އައްޑޫ އަލީ ދީދީއާއި ނައިބުތުއްތު އަކީވެސް ނައިބުންގެ ޝަރީއަތްތަކަށް ގޮތް ކިޔުއްވައި އުޅުއްވި ބޭފުޅުންނެއް ނޫނެވެ. ހަމަޖެހިފައިވާ މައިގަނޑު އުސޫލުތަކުގެ ތެރެއިން މިނިވަންކަމާއެކު ޝަރީއަތް ހިންގުމުގެ ފުރިހަމަ އިހުތިޔާރު ނައިބުންނަށް ދީފައި އޮވެ އެވެ.

މުލަކު ނާއިބު މޫސާދީދީއާއި މާލޭ ނާއިބު މޫސާ ތަކުރުފާނާ ދެކަލުން ޝަރީއަތުގެ މަޖިލިސް ބާއްވަމުން ގެންދިޔަ ރެއެކެވެ. އެރޭގެ ޝަރީއަތަށް މަޖިލިސް އެއްކޮށްލެވުމުން ފުރަތަމަ ދައުވާއަކައިގެން ތެދުވީ ހަކުރާގޭ ޅަދީދީ އެވެ. އެއީ މާލޭގެ ގަދަރުވެރި އާއިލާއެއްގެ ބޭކަނބަލެކެވެ. އޭނާގެ ދައުވާ ހުށަހެޅި އެވެ. މަގޭ ފިރި، އިހަވަންދޫ ހުސައިން މަނިކު އޭނާ ގެންގުޅޭ މަސްކަނޑާ ވަޅީގެ މުއްގަނޑުން ޖަހައި މަށަށް ހާނިކަ ކޮށްފި އެވެ. އެ ބާވަތުގެ ދައުވާތައް އޭރު ރާއްޖޭގައި އާންމެއް ނޫނެވެ. އެހެންކަމުން ލިބުނު ބޮޑު ހައިރާންކަމުގައި ފެށިގެން ދިޔައީ ދިގު ޝަރީއަތަކަށެވެ.

މި ޝަރީއަތެއް ހިނގަމުން ދަނިކޮށް ނައިބުތުއްތުވެސް ދަތުރުފުޅެއްގައި އުތުރަށް ވަޑައިގެންފި އެވެ. މިހާރު ފަނޑިޔާރުގެ ގޭގެ ކަންކަން ބަލަހައްޓަވާ އިސްމީހެއްގެ ގޮތުގައި ހުންނެވީ އައްޝައިހު އަލީ ދީދިލްއައްޑުވީ އެވެ.

ހަކުރާގޭ ޅަދީދީގެ ޝަރީއަތަށް ފެށުނު ފަހުން ހަމަ ކޮންމެ ރެޔަކުހެން އެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދެވެ އެވެ. ދިގުކޮށް ދިޔަ އަޑުއެހުންތަކަށްފަހު ޝަރީއަތަށް ސާބިތުވީ މި ދެމަފިރިންމެ އެކަކު އަނެކަކަށް އަނިޔާވެރިވެ ބޭއިންސާފުން ކަންކުޅަ ކަމަށެވެ. އެހެންވެ ޝަރީއަތުން ދޭ އަދަބެއްގެ ގޮތުން ދެމީހުން ގައިގައިމެ ތަޅައި، އޭގެ ފަހަށް ދެމީހުން ސުލްހަކުރުވައިފި އެވެ. ޝަރީއަތުގެ ފަރާތުން އެތައް ނަސޭހަތެއްދީ ސުލްހަވެރިކަމާއެކު އުޅެން ވަސިއްޔަތްކޮށް މި މީހުން ފޮނުވާލީ އެވެ.

ޝަރީއަތުގެ މި ނިޔާއަށްފަހު ކޮންމެ ތިން މަހަކުން ހަތަރު މަހަކުން މި ދެމަރިފިން ޝަރީއަތަށް އާދެ އެވެ. ބައެއް ފަހަރު ދައުވާކުރާނީ ޅަދީދީ އެވެ. އަނެއްބައިފަހަރު އިހަވަންދޫ ހުސައިން މަނިކެވެ. ދެމީހުންގެވެސް އޮންނަ ދައުވާއަކީ އެކަކު އަނެކަކަށް އަނިޔާކޮށްފިކަމާއި، އަނތްބެއްގެ ހައިސިއްޔަތުން ނުވަތަ ފިރިއެއްގެ ހައިސިއްޔަތުން އަދާކުރާންޖެހޭ ވާޖިބަށް އިހުމާލުވުން ފަދަ ދައުވާތަކެވެ. ދައުވާއަކައިގެން އަންނަ ކޮންމެ ފަހަރަކު އެ ޝަރީއަތެއް އަށެއްކަ ދުވަހަށް ދިގުދެމިގެން ދެ އެވެ. މި ދެމަފިރިން ދައުވާއެއް އުފުލައިފި މަހެއްގައި ނަމަ ނައިބު ބޭކަލުންގެ އެ މަހެއްގެ މަސައްކަތުގެ ބޮޑުބައި ހޭދަ ކުރަން މި ޖެހެނީ އެ ޝަރީއަތަކަށެވެ.

މިގޮތަށް ހަތަރު ފަހަރެއްގެ މަތިން ކަންހިނގާފައި އޮއްވައި ފަސްވަނަ ފަހަރަށްވެސް މި ދެމަފިރިން ޝަރީއަތަށް އަތުވެއްޖެ އެވެ. ނައިބު ބޭކަލުން މި މީހުންގެ ދައުވާ އަޑުއަހަން ފެށި ވަގުތު ފަނޑިޔާރު އައްޝައިހު އަލީދީދީ ފަނޑިޔާރުގޭ ދޮރުއަށިން އެތެރެއަށް ވަންނަވަނީ އެވެ. ޝަރީއަތުގައި ތިބީ ހަކުރާގޭ ޅަދީދީއާއި އިހަވަންދޫ ހުސައިންމަނިކުކަން އެނގިވަޑައިގަތުމުން ދޮރުއަށިން ނުކުމެވަޑައިގެން ބޮޑުއަށިގެއާ ދިމާލަށް އެނބުރިވަޑައިގެން ނައިބު ބޭކަލުންނަށް ވިދާޅު ވެ އެވެ. މިވީހާ ޒަމާނެއްގައި ތިޔައިން ބޭކަލު ކުރައްވާ ޝަރީއަތަކާމެދު އެއްޗެއް ވިދާޅެއް ނުވަމު އެވެ. އެކަމަކު މިއަދު މިހިތަނީ އެއްޗެއް ވިދާޅުވާން ކަމަށެވެ. މީގެ ފަހުން މި ހަކުރާގޭ ޅަދީދީއާއި އިހަވަންދޫ ހުސައިން މަނިކު މިބާވަތުގެ މައްސަލައެއްގައި ޝަރީއަތަށް ދައުވާއަކައިގެން އަތުވެއްޖެނަމަ ފުރަތަމަ މި ދެމީހުން ކުރެ ކޮންމެ މީހަކުމެ ފަސްފަހަރުން ފިސާރި ބާރަށް ތައުޒީރު ކުރައްވާށެވެ. ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް ދޭންވާނީ އޭގެ ފަހުންނެވެ. ދެން އޭގެ ފަހުން ތިޔަ ބޭކަލުން ކުރައްވާ ޝަރީއަތެއް ކުރައްވައި ފައިސަލާ ކުރައްވާށެވެ.

ފަނޑިޔާރު އައްޝައިހު އަލީދީދީ އެހެން އެންގެވުމާއެކު އެރޭގެ ޝަރީއަތް ފެށުނީ އެމަގުންނެވެ. ނައިބު ބޭކަލުންގެ އަމުރުފުޅަށް ދޭވާނި އޭނާގެ ބާރުގަދަ މުލައްދަނޑިން އޭނާގެ ޒިންމާ ނިކަން ރަނގަޅަށް އަދާކޮށްފި އެވެ. އެރޭގެ ޝަރީއަތްވެސް އެހިސާބަށް ނިމިއްޖެ އެވެ.

އެރޭ ޝަރީއަތުގެ މަޖިލިސް ދޫކޮށް ދިޔަފަހުން މި ދެމީހުން ކުރެ މީހަކު ނައިބުގެއަކާ ގާތްވެފައެއް ނުވެ އެވެ. އެ މަގުން ވެސް ނުފެންނާތީ ވީގޮތެއް ބެލީމާ އެނގުނީ އެ ދެމަފިރިން މިހާރު ވަރި ވެއްޖެ ކަމަށެވެ. ދެމީހުން ކުރެ ކޮންމެ މީހަކުމެ އެމީހުންގެ ވަކި ދިރިއުޅުމުގައި ސުލްހަވެރިކަމާއެކު އުޅެމުން އެބަގެންދެ އެވެ.

އެ ޒަމާނުގެ ކަންހުރި މަގަށް ބަލާއިރު ފަނޑިޔާރު އައްޝައިހު އަލީ ދީދިލްއައްޑުވީގެ ނިޔާ ވީ ހަމަ ރަނގަޅު ނިޔާއަކަށެވެ. މީހުން މީހުންނާ އިންނަނީ ހަމަޖެހުން ހޯދާށެވެ. ކޮންމެ ހަތަރު މަހަކު ޝަރީއަތަށް އައިސް ފަނޑިޔާރުގޭ ދޮށުގައި އަރައިރުމެއް ވެލުމަކީ މި ދެމަފިރިންގެ އިނދެގެން އުޅުމުގެ އުފާ ހާސިލުކުރާން ކުރާ ކަމަކަށް ހަދައިފި އެވެ. މިހާރު ޝަރީއަތާ ގާތްނުވާން ކަމަށްވިޔަސް ސުލްހަ މަސަލަސްކަމުގައި އެބަ އުޅެވޭތާ އެވެ.

* މައުލޫމާތު: ހުސައިން ސަލާހުއްދީން، ދިވެހިންގެ ވާހަކަ

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox