ރިވައިވަލް އިން ހޯދީ ރާއްޖޭގެ ބެޑްމިންޓަން އޮތް ހާލަަތަށް ބަލާއިރު ބޮޑު ކާމިޔާބެއް

Nov 25, 2024, 10:26 AM
ރިވައިވަލް އިން ހޯދީ ރާއްޖޭގެ ބެޑްމިންޓަން އޮތް ހާލަަތަށް ބަލާއިރު ބޮޑު ކާމިޔާބެއް

ޒެމްބިއާ އިންޓަނޭޝަނަލް އާއި ބޮޓްސްވާނާ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ރިވައިވަލް ސްޕޯޓްސް ކްލަބްގެ ފަރާތުން ވާދަކުރި ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިން އެ ހޯދީ ރާއްޖޭގެ ބެޑްމިންޓަން އޮތް ހާލަތަށް ބަލާއިރު ބޮޑު ކާމިޔާބެއް ކަމަށް އެ ޓީމުގެ ކޯޗު ނަޝްފާން މުހައްމަދު ބުނެފި އެވެ.

ޒެމްބިއާ މުބާރާތާއި ބޮޓްސްވާނާ މުބާރާތުން ޖުމްލަ އެކު، ރިވައިވަލް އިން ވަނީ އަށް މެޑަލް ހޯދައިފަ އެވެ. ޒެމްބިއާ މުބާރާތުން އަންހެން ޑަބަލްސް އިން ފާތިމަތު ނަބާހާ (ނަބާ) އާއި އައިމިނަތު ނަބީހާ (ނަބީ)ގެ ޕެއާ އިން ރަން މެޑަލް ހޯދިއިރު، މިކްސް ޑަބަލްސް އިން ޒަޔާން ޒަކީ އާއި ނަބާގެ ޕެއާ އިން ލޯ މެޑަލް އަދި އަންހެން ސިންގަލްސް އިން ނަބާ ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. އަދި، ބޮޓްސްވާނާ މުބާރާތުގައި، އަންހެން ސިންގަލްސް އިން ނަބާގެ ރަން މެޑަލާއި ނަބީގެ ރިހި މެޑަލްގެ އިތުރުން، މިކްސް ޑަބަލްސް އިން ޒަޔާން އާއި ނަބާގެ ރިހި މެޑަލާއި ފިރިހެން ޑަބަލްސް އިން ޒަޔާން ޒަކީ އާއި ނިބާލް އަހުމަދުގެ ޕެއާގެ ލޯ މެޑަލްގެ އިތުރުުން އަންހެން ޑަބަލްސްގައި ނަބާ އާއި ނަބީގެ ޕެއާ އިން ހޯދި ލޯ މެޑަލް އެވެ.

"⁠ދިވެހި ބެޑްމިންޓަން އޮތް ހާލަތައް ބަލާފައި ވަރަށް ބޮޑު ކާމިޔާބެއް އަދި ކްލަބް ގެ ތާރީހުގައި ވެސް ކްލަބަށް ލިބުން ވަރަށް ފުރިހަމަ ކާމިޔާބެއް، ދެ މުބާރާތުން ޖުމްލަ އަށް މެޑަލް. ހަތަރު އަހަރަށް ފަހު ރަން މެޑަލް އެއް ބީޑަބްލިއުއެފް މުބާރާތަކުން ރާއްޖެ އަށް ލިބުނީ،" ނަޝްފާން، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގުމުގައި ގިނަ މައްސަލަތަކެއް އޮތީ ކުރިމަތިވެފަ އެވެ. އެ އެސޯސިއޭޝަންގެ ކަންކަމާ މި ވަގުތު ހަވާލުވެ އެ ތިބީ، މި އަހަރުގެ މާޗް މަހު މުއްދަތު ހަމަވެފައި އޮތް ހިންގާ ކޮމިޓީ އަކުންނެވެ. މަގާމުގައި ދެމިތިބުމަށް ބޭނުންކުރަނީ، ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ (ބީޑަބްލިއުއެފް)ގެ އެއްބާރުލުން އޮތް ކަމުގެ ހުއްޖަތެވެ.

ރިވައިވަލް އޮތީ ދިވެހި ބެޑްމިންޓަން ކުރިއެރުވުމުގެ ވިސްނުން

ނަޝްފާން ބުނީ ބޮޓްސްވާނާ މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލުގައި، ނަބީ އާއި ނަބާގެ ތާރީހީ ކުރިމަތިލުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެއީ، އެ ފައިނަލަކީ، ބީޑަބްލިއުއެފް މުބާރާތެއްގެ ސިންގަލްސް އިވެންޓެއްގެެ ފައިނަލުގައި ދިވެހި ކުޅުންތެރިންގެ ފުރަތަމަ މެޗަށް ވުމެވެ.

ޒެމްބިއާ އާއި ބޮޓްސްވާނާގެ މުބާރާތުގެ ⁠މި ކާމިޔާބީއާ އެކު މުސްތަގްބަލްގައި ކުރިއަށް ހުރި މުބާރާތްތަކަށް ކުޅުންތެރިންގެ ކަންކަމަށް ގިނަ ރަނގަޅު ކަންތައްތަކެއް އަންނާނެ ކަމަށް ނަޝްފާން ފާހަގަކުރި އެވެ.

"ފާހަގަކޮށްލަން ބޭނުން ވަނީ މި ކުޅުންތެރިން ސާބިތުކޮށްދީފި ހުނަރު އެބަހުރި ކަން އަދި މިހާރަށް ވުރެން ވެސް ބޮޑަށް ސަޕޯޓް ލިބޭކަމުގައި ވަންޔާ އިތުރު ކާމިޔާބް ހޯދުމަކީ ވަރަށް ކައިރީގައި އޮތް ކަމެއް، ބާރާތައް ތައްޔާރުވުމަށް އެހީތެރިވެދެއްވި ހުރިހާ ފަރާތަކަށް ވަރަށް އިހްލާސްތެރި ޝުކުރެއް ދަންނަވަން،" ގައުމީ ފިިރިހެން ބެޑްމިންޓަން ޓީމުގެ ކުރީގެ ކެޕްޓަން، ނަޝްފާން ބުންޏެވެ.

ރިވައިވަލް ސްޕޯޓްސް، 2019 ވަނަ އަހަރު ވުޖޫދުވެ އައިސް، މިހާތަނަށް މި ކުރި މަސައްކަތުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. އެކަމަކު، ވެސް ފަސްބެލުމެއް ނެތި ކުރަމުން އަންނަ ކަންކަމުގައި އަދިވެސް އެ ޓީމުން ދެމިތިބެ، ބެޑްމިންޓަންގެ ކުރިމަގަށް މަސައްކަތް ކުރަމުންދާނެ ކަމަށް ނަޝްފާން ބުންޏެވެ.

"އަދިވެސް ދަތިތައް ކުރިމަތިވޭ، ހާއްސަ ކޮށް ކޯޓު ލިބުމުގެ ދަތިކަން، އެދެނީ ހުރިހާ ފަރާތަކުން ވެސް (ކުޅިވަރާ ބެހޭ ހުރިހާ މުއައްސަސާ އަކުން ވެސް) ދެވެން ހުރި އެހީތެރި ކަމެއް ފޯރުކޮށްދިނުން. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ މި ކުޅިވަރު ކުރިއަރުވަން. ގައުމަށް އިތުރު ކާމިޔާބު ބެޑްމިންޓަން އިން ހޯދައިދިނުމަކީ މި ކްލަބް ގެ އަމާޒު،" ނަޝްފާން ބުންޏެވެ.

ރިވައިވަލް އިން އަމާޒުހިފާފައިވަނީ އަންނަ އަހަރު މި އަށް ވުރެ ރަނގަޅު ކާމިޔާބީތަކެއް ހޯދުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox