ދިވެހި ޔޫތު ލީގު: ޔުނައިޓެޑް ވިކްޓަރީ އަށް ވެލެންސިއާ އަތުން މޮޅެއް، ވިކްޓަރީ އާއި ޓީސީ އެއްވަރު

Nov 24, 2024, 8:21 AM
ވިކްޓަރީ އާއި ޓީސީ ސްޕޯޓްސް ކްލަބް ވާދަކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ވިކްޓަރީ އާއި ޓީސީ ސްޕޯޓްސް ކްލަބް ވާދަކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސްއެމް) ގުޅިގެން ބާއްވާ ދިވެހި ޔޫތު ލީގުގައި އިއްޔެ ޔުނައިޓެޑް ވިކްޓަރީން ކްލަބް ވެލެންސިއާގެ މައްޗަށް ކުރިހޯދަައިރު، ޓީސީ ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބް އެއްވަރުވެއްޖެ އެވެ.

ޔޫވީގެ 12 އަހަރުން ދަށުގެ ޓީމާއި ވެލެންސިއާގެ 12 އަހަރުން ދަށުގެ ޓީމު ވަނީ 2-2 އިން އެއްވަރުވެފަ އެވެ. މި ދެ ޓީމުން 14 އަހަރުން ދަށުގެ އުމުރުފުރާގައި ކުޅުނު މެޗު ނިމިފައިވަނީ، 2-0 އިން ޔޫވީ އިން ކުރިހޯދައިގެންނެވެ. ބާރަ އަހަރުން ދަށުގެ އުމުރުފުރާގައި ޓީސީ އާއި ވިކްޓަރީ ކުޅުނު މެޗު 0-0 އިން އެއްވަރުވިއިރު، 14 އަހަރުން ދަށުގެ އުމުރުފުރާގައި މި ދެ ޓީމު ކުޅުުނު މެޗު ނިމުނީ، 2-2 އިން އެއްވަރުވެގެންނެވެ.

ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް،އެމްވީ

ބާރަ އަހަރުން ދަށުގެ ބައިގައި، ވެލެންސިއާގެ ލަނޑުތައް އިއްޔެ ޖެހީ، އަދްޔާން ބިން މުހައްމަދު އާމިލް އާއި ރަވާފް އަބްދުލް ރައޫފް އިބްރާހިމް އެވެ. އެ މެޗުގައި ޔުނައިޓެޑް ވިކްޓަރީގެ ލަނޑުތައް ޖެހީ، ޔަޒްދާން ހުސެއިން އާދަމް އާއި ލުހާން އަހުމަދު ޖަލީލް އެވެ.

ސާދަ އަހަރުން ދަށުގެ ބައިގައި ޔޫވީން ވެލެންސިއާ ބަލިކުރިއިރު، ލަނޑުތައް ޖެހީ، އަހުމަދު ސާއިން މުހައްމަދު އާއި ޔޫސުފް ފިޒާން ފަރުހާދު އެވެ.

ޓީސީ އާއި ވިކްޓަރީން ވަނީ ފުރަތަމަ މެޗުތަކުން މޮޅުވެފަ އެވެ. އެކަމަކު، ދެ ވަނަ މެޗުގައި މި ދެ ޓީމު ބައްދަލުކުރަން ޖެހުނުއިރު ދެ މެޗު ވެސް ވަނީ އެއްވަރުވެފަ އެވެ. ބާރަ އަހަރުން ދަށުގެ ބައިގައި ލަނޑެއް ނުޖެހި އެއްވަރުވިއިރު، ސާދަ އަހަރުން ދަށުގެ ބައިގައި، ވިކްޓަރީގެ ލަނޑުތައް ޖެހީ، މޫސާ މިކިއަލް ޝަކީބް އާއި އަހުމަދު ޒަޔާން ނަޒީފް އެވެ. އަދި ޓީސީގެ ލަނޑުތައް ޖެހީ، ރާކިން މުހައްމަދު އާއި އަރުޝް އަރީޝް އެވެ.

ޔޫތު ލީގުގެ މެޗުތައް ދެން އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު ހަވީރު، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ކުޅޭނީ ކްލަބް އީގަލްސް (އެސްޕަޔާ ފުޓްބޯލް އެކެޑަމީ)އާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox