މަޖިލީހުން ބޭއްވި ސިއްރު ކޮމިޓީއެއްގައި އޭސީސީގެ ދެ މެންބަރަކާއި އިލެކްޝަންސްގެ ތިން މެންބަރަކު ވަކި ކުރަން ފާސްކޮށްފި

މަގާމުން ވަކިކުރަން ކޮމިޓީން ފާސްކުރި ނައިބު ރައީސުންނާއި މެންބަރުން ----

މަގާމުން ވަކިކުރަން ކޮމިޓީން ފާސްކުރި ނައިބު ރައީސުންނާއި މެންބަރުން ----

އެންޓި ކޮރަޕްޝަން ކޮމިޝަން އާއި އިލެކްޝަންސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާއަށް ނުފޫޒު ފޯރުވޭ ގޮތަށް އެ ދެ ކޮމިޝަނުގެ ވެރިން އައްޔަނު ކުރުމުގެ ބާރު ދިނުމަށް ގާނޫނު ބަދަލުކުރަން ހުށަހަޅާފައިވަނިކޮށް އެ ދެ ކޮމިޝަނުގެ ނައިބު ރައީސުންނާއި މެންބަރުންތަކެއް ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއިން މިއަދު ފާސްކޮށްފި އެވެ.

ސިއްރުކޮށްގެން ކުރިއަށްގެންދިޔަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި މަގާމުން ވަކިކުރަން ފާސްކުރީ އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް އާއި މެންބަރު ތޯހާ މުހައްމަދު އަދި އިލެކްޝަންސްގެ ނައިބު ރައީސް އަލީ ނަޝާތާއި އެ ކޮމިޝަނުގެ މެންބަރުން ޑރ. މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފް އެވެ.

މީގެއިތުރުން، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ނާސިހު ވަކިކުރުމުގެ މައްސަލަ ވެސް މިއަދު ބެލި އެވެ. ކޮމިޓީން ނިންމީ ނާސިހު ވަކިނުކުރުމަށެވެ.

އީސީގެ ނައިބު ރައީސާއި މެންބަރުންތަކެއް ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ އޮކްޓޯބަރު 22, ގައި މައްސަލައެއް ހުށަހަޅާފަ އެވެ. އެކަމަކު ކުރަނީ ކޮން ތުހުމަތުތަކެއް ކަމެއް ނޭނގެ އެވެ.

އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް އާއި މެންބަރު ތޯހާ ވަކިކުރަން ހުށަހެޅީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގެ 17 ވަނަ މާއްދާގެ ހ. އަދި ށ. އާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ލިބިފައިވާ ދެ މައްސަލައަކާ ގުޅިގެންނެވެ.

މި ތިން މައްސަލަ ވެސް ދިރާސާކުރާނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ. މިނިވަން މުއައްސަސާތަކުގެ މެންބަރުންނަށް ތުހުމަތުކޮށް މަޖިލީހަށް ލާފައިވާ ހުރިހާ މައްސަލައެއްގެ ތަފްސީލު ވަނީ ސިއްރުކޮށްފަ އެވެ.

އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި އެންމެންނަކީ ވެސް ކުރީ ސަރުކާރުގެ ދުވަސްވަރު އަދި ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ދުވަސްވަރު އެ މުއައްސަސާތަކަށް އައްޔަންކޮށްފައިވާ މެންބަރުންނެވެ.

އީސީއަށް ނަޝާތު ދެ ވަނަ ދައުރަކަށް އައްޔަނުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 16، ގަ އެވެ. ޑރ. ޒާހިރު ފެބްރުއަރީ 21, 2021، ގައި އަދި އާސިފް އައްޔަނުކުރީ ސެޕްޓެމްބަރު 6، 2021، ގަ އެވެ. އޭސީސީއަށް ތޯހާ އަދި އަބްދުއްސަލާމް އައްޔަނުކުރީ މާޗު 17، 2022، ގަ އެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މިނިވަން މުއައްސަސާއެއްގެ މެންބަރުންތަކެއް ވަކިކުރަން މަޖިލީހުން މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. ބެލެވޭ ގޮތުގައި މާދަމާގެ ޖަލްސާގައި މިކަމަށް ވޯޓު ލާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox