ބޮޓްސްވާނާ މުބާރާތުގެ ސިންގަލްސް ފައިނަލުގައި ރާއްޖޭގެ ނަބީ އާއި ނަބާގެ ކުރިމަތިލުމެއް

Nov 23, 2024, 3:26 PM
ބޮޓްސްވާނާ މުބާރާތުގެ ސިންގަލްސް ފައިނަލުގައި ރާއްޖޭގެ ނަބީ އާއި ނަބާގެ ކުރިމަތިލުމެއް

ބޮޓްސްވާނާ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލުގައި ރާއްޖޭގެ ރިވައިވަލް ސްޕޯޓްސް ކްލަބުން ވާދަކުރާ ގައުމީ ބެޑްމިންޓަން ޓީމުގެ ދެބެން ކަމަށްވާ، އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) ވާދަކުރަން ޖެހިއްޖެ އެވެ.

މީގެ ކުރިން ނަބާ އާއި ނަބީ ވަނީ ގައުމީ ފައިނަލުގައި ބައްދަލުކޮށްފަ އެވެ. އިންޓަނޭޝަނަލް ފައިނަލެއްގައި މިއީ މި ދެބެން އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކާ ދެކޮޅަށް ކުޅޭ ފުރަތަމަ ފަހަރެެވެ.

މިއީ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރުހުންދީފައިވާ މުބާރާތެއްގެ ސިންގަލްސް އިވެންޓެއްގެ ފައިނަލުގައި ރާއްޖޭގެ ކުޅުންތެރިން ވާދަކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން، ރާއްޖޭން ފައިނަލުގައި މުޅިން ވެސް ކުޅެފައިވަނީ، ޑަބަލްސް އިވެންޓްތަކުގަ އެވެ.

ބޮޓްސްވާނާ މުބާރާތުގެ އަންހެން ސިންގަލްސް ސެމީ ފައިނަލުގައި، ނަބާ އާއި ނަބީ ވެސް ވާދަކުރީ އަޒަރުބައިޖާންގެ ދެ ކުޅުންތެރިންނާ އެވެ.

އެ ގޮތުން، ނަބާ ސެމީ ފައިނަލުގައި ކުޅެފައިވަނީ، އަޒަރުބައިޖާންގެ ހާޖަރު ނުރިޔޭވާއާ ދެކޮޅަށެވެ. އެ މެޗުން ނަބާ މޮޅުވީ ސީދާ ދެ ސެޓުންނެވެ. ދާދި ފަހުން، ނިމުނު ޒެމްބިއާ އިންޓަނޭޝަނަލް މުބާރާތުގައި ތިން އިވެންޓުން ވެސް މެޑަލް ހޯދި ނަބާ ވަނީ 21-15، 21-15 އިން ހާޖަރު ނުރިޔޭވާ ބަލިކޮށްފަ އެވެ. ނަބީ ނުކުތީ ސެމީ ފައިނަަލުގައި، ދެ ވަނަ އަށް ސީޑުކޮށްފައިވާ، އަޒަރުބައިޖާންގެ އީރާ މަފްތުހާއާ ދެކޮޅަށެވެ. ތިން ސެޓު ކުޅެން ޖެހުނު މި މެޗުގެ ފުރަތަމަ ސެޓު، 21-12 އިން ނަބީ ގެންދިޔަ އެވެ. އެކަމަކު، ދެން ކުޅުނު ސެޓު، 20-22 އިން ގެންގޮސް ނަތީޖާ ނެރޭ ސެޓަަކަށް މެޗު ދިޔަ އެވެ. މި ސެޓުން ނަބީ މޮޅުވީ، 21-08 އިންނެވެ.

ނަބީ ވަނީ މީގެ ކުރިން، 2019 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އަންހެން ސިންގަލްސް އިން ރަން މެޑަލް ހޯދައިފަ އެވެ. ނަބާ ވަނީ މީގެ ކުރިން ދާދި ފަހުން ނިމުނު، ޒެމްބިއާ މުބާރާތުގެ އަންހެން ސިންގަލްސްގެ އިތުރުން މިދިޔަ، އަހަރު އޮސްޓްރޭލިއާގެ ސިޑްނީ އިންޓަނޭޝަނަލް އިން ލޯ މެޑަލް ހޯދައިފަ އެވެ.

ބޮޓްސްވާނާ މުބާރާތުގެ އިތުރު ތިން ފައިނަލުގައި ރާއްޖޭން ވާދަކުރުމުގެ ފުރުސަތު އެބައޮތެވެ. އެއީ، ފިރިހެން ޑަބަލްސް، އަންހެން ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓްގަ އެވެ. އެ ގޮތުން، ފިރިހެން ޑަބަލްސް ސެމީ ފައިނަލުގައި ޒަޔާން ޒަކީ އާއި ނިބާލް އަހުމަދުގެ ޕެއާ އިން ކުޅެނީ، އަޒަރުބައިޖާންގެ އާގިލް ގަބީލޯވް އާއި ޑިކީ ޑްވީ ޕަންގެސްޓޫގެ ޕެއާއާ އެވެ. އަންހެން ޑަަބަލްސް ސެމީގައި، ނަބާ އާއި ނަބީގެ ޕެއާ އިން ބައްދަލުކުރަނީ، ޒެމްބިއާ މުބާރާތުގެ ފައިނަލުގައި އެ ޕެއާ އަތުން ބަލިވި، ސްރީ ލަންކާގެ ހަސީނީ އަމްބަލަންގޮޑަގޭ އާއި ހަސާރާ ވިޖަރަޔަތުނޭގެ ޕެއާއާ އެވެ. އަދި މިކްސް ޑަބަލްސްގައި ޒަޔާން އާއި ނަބާގެ ޕެއާ ސެމީގައި ކުޅެނީ، އަޒަރުބައިޖާންގެ ޖާހިދު އަލްހަސަނޯފް އާއި ހާޖަރުގެ ޕެއާއާ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox