އޮޕަރޭޝަނެއް ކުރަންޖެހި ވައިޓް ދިގު މުއްދަތަކަށް ކުޅުމާ ދުރަށް

Nov 23, 2024, 4:28 AM
އޮޕަރޭޝަނެއް ކުރަންޖެހި ވައިޓް ދިގު މުއްދަތަކަށް ކުޅުމާ ދުރަށް

ލަންޑަން (ނޮވެމްބަރު 23) - ކަކުލުގެ އޮޕަރޭޝަނެއް ކުރަން ޖެހި އާސެނަލްގެ ޑިފެންޑަރު، ބެން ވައިޓް ދިގު މުއްދަތަކަށް ކުޅުމާ ދުރަށްދާން ޖެހިއްޖެ އެވެ.

ވައިޓް، 27، ގެ އެކިއެކި އަނިޔާގެ މައްސަލަތައް ފާއިތުވި ހަފްތާތަކުގައި ދިމާވެ، މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި އާސެނަލްގެ މެޑިކަލް ޑިޕާޓްމަންޓުން ޓެސްޓްތަކެއް ހެދުމަށް ފަހު ގޮތެއް ފައިނަލް ކުރީ އެވެ. އެއީ، އަނިޔާތަކުން އެއްކޮށް ރިކަވާވުމަށްޓަކައި، ކަކުލުގެ އޮޕަރޭޝަނެއް ކުރުމަށެވެ.

އެ ގޮތުން އޮޕަރޭޝަން ކުރުމަށް ފަހު، ރިކަވަރީގެ މަސައްކަތް ފެށުމަށް ފަހު، އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ، ވައިޓަށް އެނބުރި ދަނޑުމައްޗަށް އާދެވޭނީ ސީދާ ކިހާ ދުވަހެއްގެ ތެރޭގައިކަން މި ވަގުތު ބުނަން ދަތި ކަމަށެވެ. ޔަގީނުންވެސް މަސްތަކެއްވާނެ ކަމަށާއި އުންމީދަކީ، މި ސީޒަނުގައި އޭނާ އަށް އަލުން ކުޅެވޭތޯ މަސައްކަތް ކުރުން ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.

މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގެ ކުރިން އަނިޔާ އާއި ފިޓްނަސްގެ މައްސަލަ ދިމާވި، އާސެނަލްގެ ޑެކްލަން ރައިސް އާއި ބުކާޔޯ ސަކާ، އިންގްލެންޑުން ޓީމުން ވަކިވި ނަމަވެސް، އާސެނަލުން ދެކޭގޮތުގައި އެ ޓީމުން މި ހަފްތާގައި ލީގުގައި ކުޅޭ މެޗުގައި އެ ދެ ކުޅުންތެރިން ވެސް ބޭނުންކުރެވޭނެ އެވެ.

އިޓަލީގެ ޑިފެންޑަރު، ރިކާޑޯ ކަލަފިއޯރީ އަށް ވެސް މަހެއްހާ ދުވަސް އަނިޔާގެ ސަބަބުން ގެއްލުނުއިރު، އޭނާ ވެސް ފިޓްވުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު، އާސެނަލްގެ ޖަޕާން ޑިފެންޑަރު، ޑަކެހީރޯ ޓޮމިޔާސޫ އަދިވެސް އަންނަނީ އަނިޔާގެ މައްސަލަތަކަށް ހައްލުހޯދަން މަސައްކަތް ކުރަމުންނެވެ.

ލީގުގައި މިރޭ އާސެނަލުން އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓާ ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox