ނަތަންޔާހޫ އާއި ގަލަންޓު ހައްޔަރު ކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން އަމުރު ނެރެފި

އިޒްރޭލުގެ ބޮޑުވަޒީރު، ނަތަންޔާހޫ (ކ) އިޒްރޭލުގެ ކުރީގެ ޑިފެންސް މިނިސްޓަރު ގަލަންޓް (ވ) -- ފޮޓޯ: އެންބީސީ ނިއުސް

އިޒްރޭލުގެ ބޮޑުވަޒީރު، ނަތަންޔާހޫ (ކ) އިޒްރޭލުގެ ކުރީގެ ޑިފެންސް މިނިސްޓަރު ގަލަންޓް (ވ) -- ފޮޓޯ: އެންބީސީ ނިއުސް

ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ކުށުގައި، އިޒްރޭލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރު، ޔޮއޭވް ގަލަންޓް ހައްޔަރު ކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފި އެވެ.

އެ ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނީ އެ ދެމީހުން ހައްޔަރު ކުރަން އަމުރު ކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރުން ފެށިގެން މި އަހަރުގެ މޭ މަހާ ހަމައަށް ހިންގި ލާއިންސާނީ ޖަރީމާތަކުގެ ކުށުގައި ކަމަށެވެ.

"ކާބޯތަކެއްޗާއި ފެނާއި ބޭހާއި ބޭސްފަރުވާގެ އިތުރުން ތެލާއި ކަރަންޓުގެ ހިދުމަތް ފަދަ ދިރިހުރުމަށް ކޮންމެހެން ބޭނުންވާނެ ޒަރޫރީ އެއްޗެހިން ގާޒާގެ ރައްޔިތުން ގަސްދުގައި މަހުރޫމު ކުރުވި ކަމަށް ބެލޭނެ ޖާގަ އެބަ އޮތް،" އެ ދެ މީހުން ހައްޔަރު ކުރަން ނެރުނު އަމުރުގައި ބުނެފައިވެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު 8، އިން ފެށިގެން ގާޒާއަށް ވަދެގަނެ، އިޒްރޭލުން ހިންގަމުންދާ ނަސްލުހޭދު ކުރުމަށް 410 ދުވަސް ވެފައިވާއިރު، މިހައިތަނަށް 41،000 ފަލަސްތީނީން ވަނީ މަރުވެފަ އެވެ. އައިސީސީން ނެރުނު އަމުރުގައި ބުނެފައި ވަނީ އެމީހުންގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ ނަތަންޔާހޫ އައި ގަލަންޓް ކަމަށެވެ.

އެ ދެ މީހުން ހައްޔަރު ކުރުމަށް ނެރުނު އަމުރަށްފަހު އެ ކޯޓުން ވަނީ ހަމާސްގެ ލީޑަރެއް ކަމަށްވާ، މުހައްމަދު ދިއާބް އިބްރާހިމް އަލް މަސްރީ (ދެއިފް) ހައްޔަރު ކުރަން ވެސް އަމުރެއް ނެރެފަ އެވެ. އޭނާ ހައްޔަރު ކުރުމުގެ އަމުރު އައިސީސީން ނެރުނީ އޮކްޓޫބަރު 7، އިން ފެށިގެން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކުގެ ކުށުގައި ކަމަށް ބުނެ އެވެ.

ނަމަވެސް ގާޒާއަށް ދިން ހަމަލާތަކެެއްގައި މިދިޔަ ޖުލައިގައި ދެއިފް މަރާލާފައިވާ ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ. އޭނާގެ މަރު އަދި މިހައިތަނަށް ކަށަވަރުވެފައެއް ނުވެ އެވެ.

ދެއިފް އަކީ ހަމާސްގެ އަސްކަރީ ފިޔަ، ގައްސާމް ބްރިގޭޑްސްގެ އެއް މޭސްތިރިޔާ އަދި، ލީޑަރު ވެސްމެ އެވެ. އޭނާ އަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު 7، ގައި ހަމާސްއިން އިޒްރޭލަށް ދިން ކުއްލި ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox