މުބީންގެ އަމާޒު؛ ނިއު ދަރަނިން ސަލާމަތްކޮށް ކުރީގެ މަގާމަށް ގެންދިއުން

Nov 20, 2024, 9:11 PM
މުބީންގެ އަމާޒު؛ ނިއު ދަރަނިން ސަލާމަތްކޮށް ކުރީގެ މަގާމަށް ގެންދިއުން

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަންގެ ގޮތުގައި ހުންނަވައި، އޭނާގެ ޓީމު (އަލަށް އިންތިހާބުވި ހިންގާ ކޮމިޓީ) ގޮވައިގެން، ކުރައްވާނެ އެންމެ މުހިންމު މަސައްކަތަކީ އެ ކްލަބްގެ ދަރަނިން ސަލާމަތްވުން ކަމަށާއި އެ އަށް ފަހު ނިއު އަށް ދިވެހި ފުޓްބޯޅައިގައި ހައްގުވާ މަގާމަށް އެ ކްލަބް ގެންދިއުމަށް އަމާޒުހިފައި މަސައްކަތް ކުރާނެ ކަމަށް އާ ޗެއާމަން، އަހުމަދު މުބީން ވިދާޅުވެއްޖެ އެވެ.

ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު، މުބީންގެ އިތުރުން، ދެން ނިއުގެ އިސް މަގާމުތަކުގައި މަސައްކަތްކުރަން އިންތިހާބުވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް (ކައްޕި) އާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް (މުޖޭ) އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ކޮންގްރެސްގައި ވާހަކަ ދައްކަވަމުން މުބީން ވިދާޅުވީ، މީގެ ކުރިން އެކި ކަހަލަ ޕޯޑިއަމްތަކުގައި ވާހަކަ ދެއްކިއިރު، އިހުސާސް ނުކުރެވޭ ކަހަލަ ކަންކަން ނިއުގެ މި ޒިންމާއާ ހަވާލުވެ، ވާހަކަ ދައްކާއިރު ކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ހަމައެކަނި އަމާޒަކީ ނިއު ރޭޑިއަންޓް އެކަނި ހިފައިގެން ދިއުމެއް ނޫން. ދިވެހި ފުޓްބޯޅަ މިހާރު ވެއްޓިފައި އޮތް ހިސާބުން ސަލާމަތްކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ އެންމެ މުހިންމު ހިސާބު ހުއްޓޭ ހިސާބަކީ ދިވެހިރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ހަމައިގައި. އަޅުގަނޑު އަބަދުވެސް ދައްކާ ވާހަކައެއް. ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި، ނިއު ރޭޑިއަންޓް، ވިކްޓަރީ، ވެލެންސިއާ، ގަލޮޅު ދަނޑުން ނުވަތަ އެހެން ދަނޑުތަކުން ފެންނަން އެބަޖެހެއޭ. ދިވެހި ފުޓްބޯޅަ ސަޕޯޓަރުންނަށް އުންމީދެއް ގެނެސްދެވެން އޮތީ މި ހުރިހާ ޓީމެއް ނުކުމެ ވާދަވެރި މެޗުތަކެއް ކުޅެގެންނޭ،" މުބީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިދިޔަ ސީޒަނުގައި، ނިއު އާއި ވިކްޓަރީ ދެ ވަނަ ޑިވިޝަންގައި ކުޅުނު މެޗު ބަލަން ގައުމީ ޓީމުގެ މެޗެއް މި ފަހުން ބަލަން ނުދާ ވަރަށް މީހުން ދިޔަ ކަމަށެވެ. އަދި މި ސީޒަނުގައި ވެސް ދެ ވަނަ ޑިވިޝަނުގައި ކުޅެން ޖެހޭ، ނިއު އަށް ހައްގުވާ މަގާމަށް އެ ކްލަބް ގެނެސްދީ، އެ ޓީމުގެ "ސަޕޯޓަރުންނަށް ހިނިތުންވުން ގެނެސްދޭނެ" ކަމަށް މުބީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޓީމު މި ނުކުތީ ވަރަށް ބޮޑު ހިސާބުތަކެއް ޖަހާފައި. ނިއު ރޭޑިއަންޓް އޮތީ ދަރަނީގައިކަން އެނގިތިބެ އަޅުގަނޑުމެން މި ނުކުތީ، އެންމެ ފުރަތަަަމަ މަސައްކަތަކަށްވާނީ ނިއު ރޭޑިއަންޓްގެ ދަރަނިން ނިއު ރޭޑިއަންޓް ސަލާމަތްކުރުން، އަޅުގަނޑުމެންގެ ފުރަތަމަ އަމާޒަކަށް ވެގެން އަންނާނީ ނިއު ރޭޑިއަންޓަށް ބޮޑު ޓީމެއް އެކުލަވާލާ ކުޅުންތެރިން ގަނެ އެ މަސައްކަތް ކުރުމަށް ވުރެ މިހާރު އަޅުގަނޑުމެން އޮތް ދަރަނިތަކުން ސަލާމަތްކޮށް، އެ އަށް ފަހު އަޅުގަނޑުމެންގެ ކްލަބް މި ހިސާބަށް ގެނައި ހުރިހާ ބޭފުޅުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން ކުރިއަށްދާނީ،" މުބީން ވިދާޅުވި އެވެ.

ނިއުއާ ހަވާލުވެ، ކުރިއަށްދާން ވިސްނާއިރު ރާއްޖޭގެ ފުޓްބޯޅަ މި ވަގުތު ވެއްޓިފައިވާ އަނދަވަޅު އެނގޭ ކަމަށް މުބީން ވިދާޅުވި އެވެ. އަދި ނިއުގެ މި މަގާމާ ހަވާލުވާން ކުރި މަސައްކަތުގެ ތެރޭގައި ސަރުކާރުން ކުޅިވަރާ މެދު، ހާއްސަކޮށް ފުޓްބޯޅައާ މެދު ދެކޭގޮތް ވެސް ދެނެގަނެވުނު ކަމަށް މުބީން ވިދާޅުވި އެވެ.

މުބީން ވިދާޅުވީ، އޭނާއާ އެކު ނިއުގެ މަސައްކަތުގައި ތިބި ޓީމުގައި ސިޔާސީ އެކި ފިކުރުގެ މީހުން އެބަތިބި ކަމަށެވެ. އެކަމަކު، ކުޅިވަރުގައި މި އެންމެންގެ ވިސްނުން ވެސް އެއްގޮތް ކަމަށާއި މިހާރު އެންމެން ވެސް އަމާޒުހިފާފައިވަނީ، ކުޑައިރުއްސުރެން ސަޕޯޓްކުރަމުން އައި ކްލަބް، ނިއު ކުރިން އޮތް ކާމިޔާބީގެ ސަފަށް ގެންދިއުން ކަމަށެވެ.

ރާއްޖޭގެ ޗެމްޕިއަންގެ ގޮތުގައި މި ވަގުތު އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ވެސް ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ސަޕޯޓަރެއް ނެތި ވަރުގަދަ މެޗުތަކެއް ކުޅެން ޖެހުމުން، އެކުރެވޭ އިހުސާސް އެންމެ ރަނގަޅު ނޫންކަން އެންމެނަށް ވެސް އެނގޭނެ ކަމަށެވެ. ރާއްޖޭގައި މި ވަގުތު ވެސް މޮޅު ފުޓްބޯޅަ ކުޅުންތެރިން އެބަތިބި ކަމަށާއި އެ ކުޅުންތެރިން ބޭނުންވާ ލެވަލަށް ކުރިއަރައިދާން ބޭނުންވަނީ، ސަޕޯޓަރުންގެ ތަރުހީބު ބޮޑު މާހައުލެއްގައި ގިނަ މެޗުތަކެއް ކުޅެގެން ކަމަށް މުބީން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox