ނިއު ރޭޑިއަންޓްގެ ޗެއާމަނަކަށް މުބީން އިންތިހާބުކޮށްފި

ނިއު ރޭޑިއަންޓްގެ ޗެއާމަނަކަށް މުބީން އިންތިހާބުކޮށްފި

ރާއްޖޭގެ އެންމެ ކާމިޔާބު ފުޓުބޯޅަ ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަނަކަށް ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު މުބީން އިންތިހާބުކޮށްފި އެވެ.

ނިއު އިން މިރޭ އެ ކްލަބްގެ ކޮންގްރެސް ބޭއްވިއިރު, އެ ކްލަބްގެ ކުރީގެ ޗެއާމަން އަހުމަދު ވާސިފް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ދަރުބާރުގޭގައި ކުރިއަށްދިޔަ ނިއުގެ ކޮންގްރެސްގައި އެ ކްލަބުން ވަނީ ކުރިއަށް އޮތް ތަނުގައި އެ ކްލަބްގެ ހިންގުން ހަވާލުކުރާނެ ހިންގާ ކޮމެޓީ އިންތިހާބުކޮށްފަ އެވެ.

ނިއުއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި އެ ކްލަބްގެ ލެޖެންޑުންނާއި، ގިނަ އަދަދެއްގެ ސަޕޯޓަރުން މި ކޮންގްރެސްގައި ބައިވެރިވިއިރު، މި ކޮންގްރެސް އާ ދިމާކޮށް ވަނީ އާ ހިންގާ ކޮމެޓީއަށް ކުރިމަތިލުމަށް ހުޅުވާލައިފަ އެވެ.

އެ ގޮތުން، ކޮންމެ މަގާމަކަށް ވެސް އެއް ފަރާތުން ކުރިމަތިލާފައިވާއިރު، ހިންގާ ކޮމެޓީ އަށް މެމްބަރުން އިންތިހާބުކޮށްފައިވަނީ ކޮންގްރެސްގައި ބައިވެރިވި މެމްބަރުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ.

ނިއު ރޭޑިއަންޓުން އިންތިހާބުކުރި ހިންގާ ކޮމެޓީ:

ޗެއާމަން: އަހުމަދު މުބީން

ސީނިއާ ވައިސް ޗެއާމަން: އަލީ އިބްރާހީމް (ކައްޕި)

ސީނިއާ ވައިސް ޗެއާމަން: މުޖުތަބާ ޖަލީލް

ވައިސް ޗެއާމަން: އަލީ ރަޝީދު އަހުމަދު (ލޯޔަރު އަލީ)

ލީގަލް ކައުންސިލް: މާޒިން ހުސެއިން އިބްރާހީމް

ބޯޑު މެމްބަރު: އިސްމާއިލް ރަޝީދު (ހުންގާނު)

ބޯޑު މެމްބަރު: މުހައްމަދު ޝަކީލް

ބޯޑު މެމްބަރު: މުހައްމަދު ޔޫސުފް

ބޯޑު މެމްބަރު: އަހުމަދު މޫސާ

ބޯޑު މެމްބަރު: އަހުމަދު ހުސެއިން

ބޯޑު މެމްބަރު: މޫސާ ސާއިދު

ބޯޑު މެމްބަރު: އަހުމަދު ޔޫސުފް

ބޯޑު މެމްބަރު: ޒަހީނުއްދީން ސައީދު

ބޯޑު މެމްބަރު: އަބްދުالله އަބޫބަކުރު

ބޯޑު މެމްބަރު: މުހައްމަދު އަލީ

ބޯޑު މެމްބަރު: އުމަރު ފަރުހާން

ނިއު އިން ވަނީ އެ ކްލަބް ހިންގުމުގައި ހަރުދަނާ ފިޔަވަޅެއްގެ ގޮތުން، އަސާސީ ގަވާއިދަށް ވެސް ބަދަލުތަކެއް ގެނެސްފަ އެވެ. އެ ގޮތުން، ނިއު އިން ކުރިން ގެންގުޅުނު ޗަންދާ ނެގުމުގެ އުސޫލު ވަނީ ކޮންމެހެން މަޖުބޫރުކޮށް އޮތް އޮތުމުގެ ބަދަލުގައި އިހުތިޔާރީ ކަމެއްގެ ގޮތުގައި ބަދަލުކޮށްފަ އެވެ. މީގެ އިތުރުން، ކްލަބްގެ ހަޒާންދާރުގެ މަގާމާއި ހިންގުމުގައި ހަރަކާތްތެރިވާ، ސެކްރެޓަރީ ޖެނެރަލްގެ މަގާމުތައް ބޯޑު މެމްބަރުންގެ ތެރޭގައި ހިމަނައިފަ އެވެ..

ޗެއާމަނުކަމާ ހަވާލުވުމަށްފަހު މުބީން ވިދާޅުވީ، އުންމީދަކީ ނިއުގެ ސަޕޯޓަރުންނާ ކްލަބްގެ ކުރީގެ ކުޅުންތެރިންނާ ގުޅިގެން ނިއު އަލުން ފުޓުބޯޅައިގެ ރަސްކަމަށް ގެނައުން ކަމަށެވެ.

އޭނާ އަލަށް އިންތިހާބުވީ ޓީމުގެ އެންމެ އިސް މަސައްކަތަކީ ނިއު ވެއްޓިފައިވާ އަނދަވަޅުން ސަލަމަތް ކުރުން ކަމަށެވެ.

މުބީން ވިދާޅުވީ، މި މަސައްކަތް ފެށިއިރު ވެސް ފުޓުބޯޅަ އޮތް ހާލަތު އެނގޭ ކަމަށެވެ. އެކަމަކު، މި މަސައްކަތް ފެށީ ގިނަ ބަޔެއްގެ މަޝްވަރާއާ ލަފާގެ މަތިން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ހަމައެކަނި އަމާޒަކީ ނިއުރޭޑިއަންޓް ސަލާމަތް ކުރުމެއް ނޫން. އަޅުގަނޑުމެންގެ އަމާޒަކީ ނިއުގެ އިތުރުން ފުޓުބޯޅަ ހަމަ މަގަށް އެޅުވުން." މުބީން ވިދާޅުވި އެވެ.

މުބީން ވިދާޅުވީ, ނިއުގެ އިތުރުން ބޮޑެތި ކްލަބްތައް ސަލާމަތްވެގެން ނޫނީ ދިވެހި ފުޓުބޯޅަ ސަލާމަތް ނުވާނެ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ނިއު އާއި ވިކްޓްރީ ކުޅުނު މެޗު އެކަމަށް ހެކިވާނެ ކަމަށް މުބީން ވިދާޅުވި އެވެ.

ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލަ ގޯހުން ގޯހަށް ގޮސްފައި އޮއްވައި، ނިއު އިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ލީޑަޝިޕް ބަދަލުކުރަން ކުރި މަސައްކަތުގައި، ބައިވެރިވުމުން، 2019 ވަނަ އަހަރު އެފްއޭއެމް އިން ނިއު ސަސްޕެންޑްކުރި އެވެ.

ނިއު ސަސްޕެންޑް ކުރަން އެފްއޭއެމް އިން ދެއްކި ސަބަބަކީ، ނިއު އިން މުސާރަަ ނުދީ ހުރި މައްސަލަތަކެވެ.

އެ އަޑިގަނޑުން ނިއު އަރައިގަނެ، 2022 ވަނަ އަހަރު ކުޅުނު ދެ ވަނަ ޑިވިޝަން މުބާރާތަށް ނިއު އިން ނުކުމެވޭވަރު ކުރީ ވާސިފް ހިމެނޭހެން ނިއުގެ އެކި ސަޕޯޓަރުންގެ ގްރޫޕެއް އިސްނަގައިގެން ކުރި މަސައްކަތުންނެވެ.

ވާސިފާ އެކު މަސައްކަތް ކުރި ނިއުގެ ސަޕޯޓަރުން، ނިއު ރޭޑިއަންޓްގެ ނަން ފުޓްބޯޅައިގައި ދިރުވޭތޯ، ރޭޑިއަންޓްގެ ނަމުގައި ޓީމެއް ހަދައިގެން ކުރިއަށްދެވޭތޯ ވެސް ބެލި އެވެ. އެކަމަކު، އެކަން ކުރެވޭގޮތް ނުވުމުން، ނިއު ރޭޑިއަންޓްގެ ކަންކަން ހަމަޔަކަށް އަޅުވައި، ކުރިއަށްދާން ނިންމައި، ސަސްޕެންޝަނުން ސަލާމަތްވީ އެވެ.

ނިއު އިން މިދިޔަ ސީޒަނުގެ ދެ ވަނަ ޑިވިޝަނުގައި، ބަލިވީ ސެމީ ފައިނަލުގައި ބުރު ސްޕޯޓްސް ކްލަބް އަތުންނެވެ. ބުރު ވަނީ، އެ ފަހަރު، ދެ ވަނަ ޑިވިޝަން ކާމިޔާބުކޮށް، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެފަ އެވެ. އެ ފަހަރު، އެފްއޭއެމުން ފުރަތަމަ ޑިވިޝަނުގެ ޖާގަ ދޭން ނިންމީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނުންނަށް އެކަންޏެވެ. އެންމެ ފަހުން ބޭއްވި، ދެ ވަނަ ޑިވިޝަނުގައި ފައިނަލަށް ދާ ދެ ޓީމެއް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާ ގޮތަށް އެފްއޭއެމް އިން ގަވާއިދު ހެދި އެވެ. ނިއު އަށް ދެ ވަނަ ފަހަރު ވެސް އެކަން ނާކާމިޔާބުވީ، ސެމީއާ ހަމައިންނެވެ. ސެމީގައި ވާދަވެރި ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން ނިއު ވަނީ 2-0 އިން ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox