ގާނޫނުއަސާސީއަށް ގެންނަ ކޮންމެ އިސްލާހަކަށް ރައްޔިތުންގެ ހިޔާލު ހޯދަން ނުޖެހޭ: އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ : އެމަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީއަށް ގެންނަ ކޮންމެ އިސްލާހަކަށް ރައްޔިތުންގެ ހިޔާލު ހޯދާކަށް ނުޖެހޭ ކަމަށް --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ : އެމަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީއަށް ގެންނަ ކޮންމެ އިސްލާހަކަށް ރައްޔިތުންގެ ހިޔާލު ހޯދާކަށް ނުޖެހޭ ކަމަށް --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ދިވެހި ރާއްޖޭގެ ގާނޫނުއަސާސީއަށް ގެންނަ ކޮންމެ އިސްލާހަކާ ގުޅިގެން ރައްޔިތުންގެ ހިޔާލު ހޯދަން ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މެންބަރުންގެ މަގާމު ގެއްލޭ މާއްދާއަށް ނުކުތާތަކެއް އިތުރުކުރުމާއެކު ޖުމްލަ ފަސް ބަދަލެއް މަޖިލީހުން މިއަދު ވަނީ ގާނޫނުއަސާސީއަށް ގެނެސްފަ އެވެ. ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލު މިއަދުން މިއަދަށް ފާސްކޮށް މިހާރު ވަނީ ތަސްދީގު ކުރުމަށް ފަހު ގެޒެޓުކޮށްފަ އެވެ.

މިއަދު ބޭއްވި މަޖިލީހުގެ ދެ ޖަލްސާއަށް ފަހު ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުންގެ ގާތުގައި އަހަައިގެން ގެންނަން ޖެހޭ ބަދަލުތައް ގާނޫނު އަސާސީގައި އެބަހުރި ކަމަށެވެ. އެމަނިކުފާނު އިޝާރާތް ކުރެއްވީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން ބަދަލުކުރަން ޖެހޭ މާއްދާ ތަކަށެވެ.

"ނުޖެހޭނެ ހޯދާކަށް. ރައްޔިތުންގެ [ހިޔާލު] ހޯދަން ޖެހޭ ކަންކަން އެބަހުރި ބަޔާންކޮށްފަ. މިސާލަކަށް ރައްޔިތުންގެ އަސާސީ ހައްގުގެ ބާބުގަ އޮތް އެއްވެސް ކަމަކަށް ބަދަލެއް ގެންނަންޏާ ރައްޔިތުންގެ ގާތުގަ އަހާލަން ޖެހޭ. ދެން މިސާލަކަށް މި ދައުރު. ރައްޔިތުންގެ މަޖިލީހުގެ ދައުރު ނުވަތަ ރައީސުލްޖުމްހުރިއްޔާގެ ދައުރު ނޫނީ ވެރިކަން ކުރުމުގެ ނިޒާމު މިކަހަލަ ކަންތައްތަކުގަ ރައްޔިތުންގެ ގާތުގަ އަހާލަން ޖެހޭ ގޮތަށް މި އޮންނަނީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް، މަޖިލީހުގެ ގަވާއިދުގެ ދަށުން އާންމުކޮށް އެ އިދާރާއަށް ހުށަހަޅާ ކޮންމެ ބިލަކަށްހެން އާންމުންގެ ހިޔާލު ހޯދަން ހުޅުވާލަ އެވެ. އެ ފުރުސަތު އޮތްކަމަށް އަބްދުއްރަހީމްވެސް އެއްބަސްވެވަޑައިގެންނެވި އެވެ.

"ދެން ކޮންމެ ކަމެއްގަވެސް ރައްޔިތުން ގާތު އަހަން ބޭނުން ވެއްޖިއްޔާ އެހުމުގެ ފުރުސަތު އެބައޮތް. އެ ނެތް ފުރުސަތު ނޫން. އެކަމަކު އަޅުގަނޑުމެން މި ގެނައި އިސްލާހަކީ މި ވަގުތަށް ހަމަ ކޮންމެހެން ގެންނަން ޖެހިގެން ގެނައި އިސްލާހެއް،" ރައްޔިތުންގެ ހިޔާލަށް ހުޅުވާ ނުލި ސަބަބެއް ގޮތުގައި މަޖިލީހުގެ ރައީސް ދެއްކެވީ މި ވާހަކަ އެވެ.

އަދި، މިއަދުގެ ޖަލްސާގައި ގާނޫނުއަސާސީ ބަދަލުކުރަން ވޯޓު ދެއްވި 78 މެންބަރުންނަށް ތަކުރާރުކޮށް ޝުކުރު ދަންނަވާ އަބްދުއްރަހީމް ވަނީ އެބޭފުޅުން އެ ތިއްބެވީ އަމިއްލަ މަސްލަހަތު ދޫކުރައްވާ ރައްޔިތުންގެ ފަޅިއަށް ޖެހިގެން ކަމަށް ވިދާޅުވެފަ އެވެ.

އެމަނިކުފާނު ފާހަގަކުރެއްވީ މިއީ މެންބަރުންނަށް ރައްޔިތުން ކުރާ އިތުބާރު އިތުރުކޮށް މެންބަރުންގެ ނަޒާހާތްތެރިކަން ވަރުގަދަކުރުމަށް ގެނައި އިސްލާހެއް ކަމަށެވެ.

މި އިސްލާހުގެ ދަށުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ހިމަނާފައިވަނީ އާ ދެ ހާލަތެކެވެ. އެއީ އިންތިހާބުވާ މެންބަރަކު މަޖިލީހުގެ އުމުރުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން، ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުުމެވެ.

މެންބަރުން ވަކިކުރުން ބަދަލު ގެނައުމުގެ އިތުރުންވެސް ސަރުކާރުން ވަނީ ގާނޫނު އަސާސީއަށް ޖުމްލަ ފަސް އިސްލާހެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް އުނިއިތުރު ގެނައުމަށާއި ރާއްޖޭގައި އަސްކަރީ ބޭނުމަށް ބޭރުގެ ސިފައިން ތިބުމަށް މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ހޯދުން ވަނީ ލާޒިމުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox