ބަޖެޓުގެ ތަފުސީލުތަކާއި ބައެއް މާލީ ހިސާބުތައް ސިއްރު ކުރި ނަމަވެސް ޕީއެންސީން ބުނަނީ މިއީ ހާމަކަން ބޮޑު ސަރުކާރެއް ކަމަށް

ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ޕީއެންސީ ސަރުކާރަކީ ހާމަކަންބޮޑު، ހަރަދުކުޑަ ސަރުކާރެއް ކަމަށް ޕީއެންސީން ވަނީ ބުނެފައި -- ފޮޓޯ؛ އަދަދު

ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ޕީއެންސީ ސަރުކާރަކީ ހާމަކަންބޮޑު، ހަރަދުކުޑަ ސަރުކާރެއް ކަމަށް ޕީއެންސީން ވަނީ ބުނެފައި -- ފޮޓޯ؛ އަދަދު

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ތަފުސީލުތަކާއި ބައެއް މާލީ ހިސާބުތައް ސިއްރު ކުރި ނަމަވެސް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ސަރުކާރަކީ ހާމަކަންބޮޑު، ހަރަދު ކުޑަ ސަރުކާރެއް ކަމަށް ޕީއެންސީން ބުނެފި އެވެ.

ޕީއެންސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފާއިތުވި އެއް އަހަރު ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ހިންގީ ޒިންމާދާރުކަމާ އެކު މާލިއްޔަތަށް އަމާނާތްތެރިވެ، ހާމަކަންބޮޑުކޮށް ރައްޔިތުންނަށް ހުރިހާ މައުލޫމާތެއް ފޯރުކޮށްދީގެން ކަމަށެވެ.

"ފާއިތުވި އަހަރު ތެރޭގައި 70 އަށްވުރެ ގިނަ ނޫސްވެރިންގެ ބައްދަލުވުން ސަރުކާރުގެ ވުޒާރާތަކުން ބޭއްވި. އަދި 700 އަށްވުރެ ގިނަ ފަހަރު ސަރުކާރުގެ ވަޒީރުން އެކި މީޑިއާތަކަށް މައުލޫމާތު ދެއްވި. އެ މުއްދަތުގައި އެއްވެސް މީޑިއާއަކަށް ފިޔަވަޅު އަޅައި ދަތި ކުރުމަށް ސަރުކާރުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ވަކިވަކި ރަށްތަކަށް ކުރާނެ ހަރަދުގެ ތަފުސީލެއް ނެތެވެ. ހަމައެކަނި ހުރީ ގެދޮރުވެރިކަން ހިމެނޭ ގޮތަށް ބައެއް ދާއިރާތަކަށް ކުރާނެ ހަރަދެވެ. ބަޖެޓު ބަހުސްގައި އިދިކޮޅު މެންބަރުން އެންމެ ބޮޑަށް ފާހަގަ ކުރި އެއް ނުކުތާއަކީ އެއީ އެވެ.

އޭގެ އިތުރުން، ފިނޭންސް މިނިސްޓްރީން ނެރެންޖެހޭ ވީކްލީ ފިސްކަލް ރިޕޯޓުތައް ހާމަނުކޮށް ވެސް ވަރަށް ގިނަ ދުވަހު ސަރުކާރު ހިންގި އެވެ. މިދިޔަ އޮކްޓޯބަރުގައި ވީކްލީ ފިސްކަލް ރިޕޯޓު އާންމު ކުރަން ފެށީ އެ ހިސާބުތައް އާންމު ނުކުރާތާ ހަތަރު މަސްދުވަސް ފާއިތުވި ފަހުންނެވެ.

ޕީއެންސީން މިއަދު ނެރުނު ބަޔާނުގައި ބުނީ މާލީ ހިސާބުތައް ހާމަނުކުރެވުނީ ކުރީ ސަރުކާރުން ހަދާފައި ހުރި ގޯސްތަކެއްގެ ސަބަބުން ކަމަށެވެ. އޭގެ އިތުރުން މައުލޫމާތު ހޯދުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދަން ހުށަހަޅާ މައުލޫމާތުތައް ސަރުކާރުން ފޯރުކޮށްދެމުންދާ ކަމަށް ވެސް ޕީއެންސީން ބުންޏެވެ.

"ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ ކުންފުނިތަކުން ވެސް އަންނަނީ އާރްޓީއައިތަކަށް ޖަވާބުދެމުން. ފާއިތުވި ސަރުކާރުގައި ދައުލަތުގެ ކުންފުނިތަކުން އެއްވެސް އާރްޓީއައިއަކަށް ޖަވާބެއް ނުދޭ. ދައުލަތުގެ ކުންފުނިތަކުން އާރްޓީއައިއަށް ޖަވާބުދޭން ޖެހޭ ކަމަށް ދިވެހިރާއްޖޭގެ ކޯޓަކުން ކަނޑައެޅުމުން ވެސް ޖަވާބުނުދީ ހިފަހައްޓާފައި އޮތް. އެ ސިޔާސަތު ނިމުމަކަށް ގެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު،" އެ ބަޔާނުގައި ބުންޏެވެ.

ޕީއެންސީން އެހެން ބުނި ނަމަވެސް، އާރްޓީއައިތަކަށް އެކަށީގެންވާ އިޖާބައެއް ސަރުކާރުން ނުދޭތީ އެކަމާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ މީގެ ކުރިން ކަންބޮޑުވުންތަކެއް ވެސް ފާޅުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox