ދިވެހި ޔޫތު ލީގު: 8 ކްލަަބަކާ އެކު ޒުވާން ޖީލަކަށް ބޮޑު ފުރުސަތެއް

Nov 19, 2024, 7:17 AM
އެސްޕަޔާ ފުޓްބޯލް އެކެޑަމީއާ ގުޅިގެން ހިންގަމުން އަންނަ ކްލަބް އީގަލްސްގެ ޔޫތު ޓީމާއި ހުއްރިއްޔާ ސްޕޯޓްސް ކްލަބްގެ ޔޫތު ޓީމު ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު ސްޕޯޓްސް

އެސްޕަޔާ ފުޓްބޯލް އެކެޑަމީއާ ގުޅިގެން ހިންގަމުން އަންނަ ކްލަބް އީގަލްސްގެ ޔޫތު ޓީމާއި ހުއްރިއްޔާ ސްޕޯޓްސް ކްލަބްގެ ޔޫތު ޓީމު ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު ސްޕޯޓްސް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) ގުޅިގެން، ދިވެހި ޔޫތު ލީގުގެ ނަމުގައި، ތިން އުމުރުފުރާ އަަކަށް ހާއްސަ ލީގެއް އަންނަ ބުރާސްފަތި ދުވަހު ފަށަން ތައްޔާރުވެފައިވާއިރު، މިއީ ޒުވާން ޖީލަކަށް ކެރިއަރެއް ބިނާކުރަން ލިބޭ ބޮޑު ފުރުސަތެކެވެ.

އެމްއެސްއެމް އިން އިސްނަގައި، އެފްއޭއެމްއާ ގުޅިގެން ބާއްވާ މި މުބާރާތުގައި، ކުރިއަށްދާނީ ތިން އުމުރުފުރާއެއްގެ ލީގެވެ. އެއީ، 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ އިތުރުން 16 އަހަރުން ދަށުގެ އުމުރުފުރާ އަށެވެ.

ހެންވޭރު ދަނޑާއި ގަލޮޅު ރަސްމީ ދަނޑުގައި ބާއްވާ މި މުބާރާތުގައި ބައިވެރިވެފައިވާ ކްލަބްތަކަކީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، ޔުނައިޓެޑް ވިކްޓަރީ، ކްލަބް އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި ހުއްރިއްޔާ ސްޕޯޓްސް ކްލަބް (ހުރާ) އެވެ.

ރޭ ބޭއްވި ދިވެހި ޔޫތު ލިގުގެ ގުރުއަތުލުމުގެ ތެރެއިން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ).--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ލީގު ސިސްޓަމަށް ކުޅޭ މި މުބާރާތް ކުރިއަށްދާނީ، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން، ޖެނުއަރީ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. އާންމު ގޮތެއްގައި، ދިވެހި ޔޫތު ލީގުގެ މެޗުތައް ތާވަލުކޮށްފައި ހުރީ، ހަފްތާ ބަންދާ ދިމާކޮށް މެޗުތައް ކުޅޭ ގޮތަށް ވިސްނުމަށް ފަހު އެވެ. އެހެން ނަމަވެސް، މުބާރާތުގައި ކުޅޭ ޓީމުތަކާ މަޝްވަރާ ކުރުމަށް ފަހު، ހަފްތާގެ މެދުތެރެއިން ވެސް ބައެއް މެޗުތައް ވަނީ ޝެޑިއުލްކޮށްފަ އެވެ.

މުބާރާތުގެ ގުރުއަތުލުން، ރޭ ގަލޮޅު ދަނޑުގެ ވީއައިޕީ ރޫމުގައި ބޭއްވިއިރު، މުބާރާތުގައި ބައިވެރިވާ ކްލަބްތަކުގެ މެނޭޖްމަންޓު އަދި ކޯޗުންގެ އިތުރުން މުބާރާތް ހިންގާ އެމްއެސްއެމްގެ ފަރާތްތައް ވަނީ ބައިވެރިވެފަ އެވެ. އަދި ގުރުއަތުލުން ކުރިއަށްގެންގޮސްފައިވަނީ، ގައުމީ ފުޓްބޯޅަ ޓީމާ އެކު، ކާމިޔާބު ހޯދާފައިވާ ލެޖެންޑުންނާ އެކުގަ އެވެ.

ދިވެހި ޔޫތު ލީގުގެ ޓެކްނިކަލް ޑިރެކްޓަރަކީ، އިހުސާން އަބްދުލް ގަނީ (ސާންތީ) އެވެ. މީގެ ކުރިން، އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގަައި މަސައްކަތްކުރިއިރު، ސާންތީ ވަނީ ޔޫތު ލީގެއް ބާއްވައި ޒުވާން ކުޅުންތެރިންނަށް ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތުތަކެއް ފަހިކޮށްދީފަ އެވެ.

ގިނަ ބަޔަކު ދެކޭގޮތުގައި، ރާއްޖޭގެ ފުޓްބޯޅައިގެ ސިސްޓަމް ކުރިއެރުވުމުގައި އެންމެ ހަރުދަނާ ކުރަން ޖެހޭ އެއް ކަމަކީ، ގްރާސްރޫޓު ލެވަލް އިން ފެށިގެން ކުޅުންތެރިން ކުރިއަރައިގެން އަންނައިރު، އެކަށީގެންވާ ވަރަށް މެޗު ކުޅެން ފުރުސަތު ދިނުމެވެ. ދިވެހި ޔޫތު ލީގަކީ، ކްލަބްތަކުގެ އެކެޑަމީތަކުގައި ގަވާއިދުން ތަމްރީން ހަދަމުން އަންނަ ކުޅުންތެރިންނަށް ވާދަވެރި މެޗުތަކެއް ލީގު ސިސްޓަމަށް ކުޅެލަން ލިބޭނެ ފުރުސަތު ތަނަވަސްކޮށްދޭނެ ޕްލެޓްފޯމެކެވެ. އެހެންކަމުން، މި މުބާރާތާ މެދު ޕޮޒިޓިވް ނަޒަރަކުން ދެކި، ފުޓްބޯޅައިގައި އުޅޭ ގިނަ ފަރާތްތަކެއް މި ކަމުގައި ޝާމިލުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox