ނިބާލް އާއި ޒަޔާންގެ ޕެއާ ވެސް ޒެމްބިއާ އިންޓަނޭޝަނަލްގެ ކުއާޓާ އަށް

Nov 16, 2024, 4:18 AM
ނިބާލް އާއި ޒަޔާންގެ ޕެއާ ވެސް ޒެމްބިއާ އިންޓަނޭޝަނަލްގެ ކުއާޓާ އަށް

މިހާރު ކުރިއަށްދާ ޒެމްބިއާ އިންޓަނޭޝަނަލް 2024، ބެޑްމިންޓަން މުބާރާތުގެ ފިރިހެން ޑަބަލްސް ބައިން، ޒަޔާން ޒަކީ އާއި ނިބާލް އަހުމަދުގެ ޕެއާ ވެސް ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ޒަޔާން އާއި ނިބާލްގެ ޕެއާ އިން އިއްޔެ ކުޅުނު މެޗުގައި ވަނީ ޒެމްބިއާގެ ޕެއާ އެއް ކަމަށްވާ މަބޯ ޑޮނާލްޑް އާއި ވީރަޕަންޑީ ޖޭރަމަންގެ ޕެއާ އަތުން މޮޅުވެފަ އެވެ. ނިބާލް އާއި ޒަޔާންގެ ޕެއާ މި މެޗުގެ ސެޓުތައް ގެންގޮސްފައިވަނީ، 21-07، 21-13 އިންނެވެ.

ފިރިހެން ޑަބަލްސްގެ ކުއާޓާ ފައިނަލުގައި ނިބާލް އާއި ޒަޔާންގެ ޕެއާ ކުޅޭނީ އަޒަރުބައިޖާންގެ ގަބީލޯވް އާއި ޕެންގެސްޓޫގެ ޕެއާއާ ދެކޮޅަށެވެ.

މީގެ އިތުރުން، އަންހެން ސިންގަލްސް އާއި އަންހެން ޑަބަލްސް އަދި މިކްސް ޑަބަލްސްގައި ރާއްޖޭގެ ދެ ޕެއާއެއް ކުއާޓާ ފައިނަލުގައި ކުޅޭނެ އެވެ. އެއީ، ޒަޔާން އާއި ނަބާގެ ޕެއާ އާއި ނިބާލް އާއި ނަބީގެ ޕެއާ އެވެ.

ފިރިހެން ސިންގަލްސް ބައިން ވާދަކުރި ރާއްޖޭގެ ނިބާލް އަހުމަދު އާއި ޒަޔާން ޒަކީ ވަނީ ފުރަތަމަ ބުރުން ބަލިވެފަ އެވެ. އެ ގޮތުން، ނިބާލް ބަލިވީ ޔޫއޭއީގެ ބާރަތު ލަތީޝް އަތުންނެވެ. އަދި ޒަޔާން ބަލިވީ ލަގްޒެމްބޯގެ ޖެރޯމް ޕަކޭ އަތުންނެވެ.

ކުއާޓާ ފައިނަލުގައި، ޒަޔާން އާއި ނަބާގެ ޕެއާ ކުޅޭނީ ޒެމްބިއާގެ އަލިންޓޫލާ ހަބޯވާ އާއި އަންޖުމަން ބަރްދްވާޖުގެ ޕެއާއާ އެވެ. އަދި ނިބާލް އާއި ނަބީގެ ޕެއާ ކުއާޓާގައި ނުކުންނާނީ، އަޒަރުބައިޖާންގެ ޖާހިދު އަލްހަސަނޯފް އާއި ހާޖަރު ނުރިޔޭވާގެ ޕެއާއާ ދެކޮޅަށެވެ. އަންހެން ސިންގަލްސް ކުއާޓާ ފައިނަލުގައި ނަބީ ކުޅޭނީ އަޒަރުބައިޖާންގެ ހާޖަރު ނުރިޔޭވާއާ ދެކޮޅަށެވެ. އަދި ނަބާ ބައްދަލުކުރާނީ، ޒެމްބިއާގެ ސަލިފްޔަންޖީ ސިމްވަކާއާ އެވެ. އަންހެން ޑަބަލަސް ކުއާޓާގައި ނަބީ އާއި ނަބާގެ ޕެއާ ކުއާޓާގައި ކުޅޭނީ ބޫޕޭ މާބޯ އާއި ޓުކޫޒާ އެމްބޭވޭގެ ޕެއާއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox