މަސާޖު ޕާލާތަކުގެ އޮޕަރޭޝަން: މުއިއްޒުގެ ވާހަކަ އާއި ފުލުހުންގެ ރަސްމީ އަދަދުތަކާ ދިމައެއް ނުވި

މަސާޖު ޕާލާތަކުގެ އޮޕަރޭޝަން: މުއިއްޒުގެ ވާހަކަ އާއި ފުލުހުންގެ ރަސްމީ އަދަދުތަކާ ދިމައެއް ނުވި

ރާއްޖޭގައި ގަވާއިދާ ހިލާފަށް ހިންގާ މަސާޖު ޕާލާތަކާއި ބިއުޓީ ސެލޫންތައް ބަލައި ފާސްކުރުމަށް ފުލުހުން ހިންގަމުން ދިޔަ އޮޕަރޭޝަންތަކާ ގުޅޭ ގޮތުން ރައީސް މުހައްމަދު މުއިއްޒު ހާމަކުރެއްވި ތަފާސްހިސާބުތަކާއި، ފުލުހުން ދިން މައުލޫމާތުގައި ބޮޑު ފަރަގެއް ހުރިކަން ހާމަ ވެއްޖެ އެވެ.

މިކަން ހާމަވެފައިވަނީ "އަދަދު" ނޫހުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ފުލުހުންގެ އިދާރާއަށް ހުށަހެޅި ފޯމަށް އެ އިދާރާއިން ދިން ޖަވާބުންނެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފައި ވަނީ ޑިސެންބަރު 9، 2025 އިން ފެށިގެން ޖެނުއަރީ 18، 2026 ގެ ނިޔަލަށް ފުލުހުން ބަލައި ފާސްކޮށްފައިވާ ބިއުޓީ ސެލޫން އަދި ސްޕާގެ އަދަދަކީ 71 ކަމަށެވެ. މިއީ ގާތްގަނޑަކަށް 40 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކުރިއަށްދިޔަ މަސައްކަތްތަކުގެ ޖުމްލަ އަދަދެވެ.

ނަމަވެސް ޖެނުއަރީ 8 ގައި މުއިއްޒު ވިދާޅުވީ ޑިސެންބަރު 9 އިން ފެށިގެން ޖެނުއަރީ 8 ވަނަ ދުވަހުގެ ނިޔަލަށް 104 މަސާޖު ޕާލާއެއް ބަންދުކޮށްފައިވާ ކަމަށެވެ.

"ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު އެކަން ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ފެށި، އެތައް ގުނައަކަށް މައްޗަށް ޖެއްސި. ޑިސެމްބަރު 9 އިން މިއަދަށް، އެއް މަސް ދުވަސް މިވީ، މި މަސްދުވަސް ތެރޭ މާލެ ސިޓީން 104 މަސާޖު ޕާލާ ވަނީ ބަންދު ކޮށްފައި،" މުއިއްޒު ވިދާޅުވެފައިވެ އެވެ.

ފުލުހުން ބަލައި ފާސްކުރި ތަންތަނުގެ އަދަދާއި، ބަންދުކުރި ކަމަށް މުއިއްޒު ވިދާޅުވި މަސާޖުކުރާ ތަންތަނުގެ އަދަދުގައި 33 ގެ ފަރަގެއް އެބަ އުޅެ އެވެ.

ދައުލަތުގެ އެންމެ މަތީ ވެރިޔާ ހާމަކުރައްވާ މައުލޫމާތާއި، ތަންފީޒީ އިދާރާތަކުން ލިޔުމުން ދޭ މައުލޫމާތު ދިމާނުވުމަކީ ބޮޑު މައްސަލަ އެކެވެ. އަދި އެކަމުން، ސަރުކާރުން މައުލޫމާތު ބެލެހެއްޓުމުގައި ހުރި ދޯދިޔާކަން ހާމަވެ އެވެ. އަދި ސަރުކާރުގެ ހާމަކަން ބޮޑު މިންވަރާ މެދު ކަންބޮޑުވުން އުފެދެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަދަދު ނޫހަށް ފުލުހުން ދިން ޖަވާބުގައި ބުނެފައި ވަނީ 71 ތަނެއް ބަލައި ފާސްކުރި ނަމަވެސް، ބަންދުކުރި ތަންތަނުގެ ތަފްސީލާއި އަލުން ހުއްދަ ދިން ތަންތަނުގެ ތަފްސީލާއި އަދަދުގެ މައުލޫމާތަކީ ފުލުހުން ރިކޯޑުކޮށް ބަލަހައްޓާ މައުލޫމެއް ނޫން ކަމަށެވެ. އެ މައުލޫމާތު ބަލަހައްޓަނީ އިކޮނޮމިކް މިނިސްޓްރީން ކަމަށް ފުލުހުން ބުނެ އެވެ.

މަސާޖު ޕާލާގެ ނަމުގައި މާލޭގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ތަންތަން ހުއްޓުވުމަށް ސަރުކާރުން އަމާޒު ހިފައި، ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 52 ތަނެއް ބަންދު ކޮށްފައިވާ ކަމަށް މިދިޔަ އަހަރުގެ ޑިސެންބަރު މަހު މުއިއްޒު ވިދާޅުވެފައިވެ އެވެ.

އެއަށް ފަހު ޖެނުއަރީ 8 ގައި އެ މަނިކުފާނު ވިދާޅުވީ ފާހިޝް އަމަލުތައް ހިންގާތީ ބަންދުކުރަންޖެހޭ 200 އަށް ވުރެ ގިނަ މަސާޖު ޕާލާ މާލޭގައި އެބަހުރި ކަމަށެވެ. ނަމަވެސް އެ އޮޕަރޭޝަންގެ އަޑެއް މިހާރު ނީވެ އެވެ.

ޑިސެންބަރު މަހު ހިފި އަމާޒާ އެކު، މަސާޖުކުރާ ހުރިހާ ތަނެއް ބަލައި ފާސްކޮށް ނިންމި ކަމެއް، އަދި އެޅި ފިޔަވަޅެއް ވެސް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox