އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ވެސް އަސަރުކުރާނެ: ޝާހިދު

ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު: އޭނާ ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށްވެސް އަސަރުކުރާނެ ކަމަށް --- ފޮޓޯ: މަޖިލިސް އިދާރާ

ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު: އޭނާ ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށްވެސް އަސަރުކުރާނެ ކަމަށް --- ފޮޓޯ: މަޖިލިސް އިދާރާ

އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރަން އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާނެ ކަމަށް ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.

އެ ބިލުގެ މަސައްކަތް ކުރުމަށް މަޖިލީހުގެ 241 ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހުޅުދޫ ދާއިރާގެ މެންބަރު ޝާހިދު ވިދާޅުވީ، މި ބިލުގެ މަސައްކަތް ނުވަތަ މި މައްސަލަ އަވަސް އަރުވާލައިގެން ނުނިންމޭނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ މިކަމުގެ ސަބަބުން ގައުމެއްގެ ގޮތުން ރާއްޖެއަށް އެތައް ކަމެއް ކުރިމަތިވާނެ ކަމަށް ދެކިލެއްވުމެވެ.

"ކޮމިޓީއަށް ހުށަހެޅިފަ މިއޮތް މައްސަލަ އަކީ ރާއްޖޭގެ އިގުތިސޯދާއި އަދި މިނިވަންކަމާއި މިހެންގޮސް ގައުމަކަށް ދިމާވާނެ ހުރިހާ ކަމެއް އެބަ ކުރިމަތިވޭ. އެހެންކަމަށް ވާނަމަ މިއީ އަޅުގަނޑުމެން ކޮމިޓީއަށް ހުށަހެޅިގެން މިއުޅޭ މައްސަލަ ކުއްލިއަކަށް ނިންމުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށް އަޅުގަނޑު ދެކެން،" ޝާހިދު ވިދާޅުވި އެވެ.

Advertisement

އެހެންކަމުން މިކަމާ ގުޅުންހުރި ހުރިހާ ބަޔަކާ މަޝްވަރާ ކުރަން ޖެހޭ ކަމަށާއި މިއީ މުޅި ގައުމުގެ ހައްގުގަ ކުރެވޭ މަސައްކަތަކަށް މިކަން ހަދަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެންނަށް ސިޔާސީ ގޮތުން ފާޑުކިޔުންތައް އަންނާނެ. ވަކިން ހާއްސަކޮށް މިއަދުގެ ސަރުކާރަށް. އިދިކޮޅު ފަރާތްތަކުން މިކަން ވަރަށް ބޮޑަށް ސިޔާސީ ގޮތުން ނަންގަވައިގެން ވަރަށް ގިނަ ސަރުކާރަށް ފިއްތުންތައް، ފިއްތުމަށްޓަކައި ޕްރެޝާ ކުރައްވާ،"

މިހެން ވިދާޅުވެ ޝާހިދު ވަނީ އިދިކޮޅުން މިކަން ސިޔާސީ ކުރި ނަމަވެސް މުސްލިމު އެއްވެސް ގައުމެއްގެ އެއްވެސް ބަޔަކަށް ދެރަގޮތް ވުން އެއީ ދިވެހި ސަރުކާރުން އަދި ޕީއެންސީންވެސް އެދޭ ގޮތެއް ނޫން ކަމަށެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މި ބިލުގެ މަސައްކަތް ފެބްރުއަރީ 2025، ގެ ނިޔަލަށް ދިގު ދަންމާލާ އެކި ދާއިރާތަކުގެ މީހުންނާއި އިދާރާތަކާއި ޖަމިއްޔާތަކާ ސުވާލުކޮށް ދިރާސާ ކުރަން ވަނީ ފާސްކޮށްފަ އެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން ހުއްޓުވަން އިމިގްރޭޝަން ގާނޫނު އިސްލާހުކުރަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ޖޫން މަހު ހުށަހެޅުއްވި ބިލު ބަލައިގަތީ ޖޫން 10، ގަ އެވެ. ބިލު ކޮމިޓީއަށް ފޮނުވިއިރު އިޒްރޭލު ޕާސްޕޯޓު މަނާކުރަން ވަޒީރުންގެ މަޖިލީހުން ފާސްކޮށް، އެކަން އޮތީ އިއުލާނުވެސް ކޮށްފަ އެވެ.

އެ ބިލުގެ ކޮމިޓީ މަސައްކަތް ފެށީ ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވިތާ ފަސް މަސް ފަހުންނެވެ.

މި ބިލުގެ މަސައްކަތް ލަސްވުމާ ގުޅިގެން އިދިކޮޅު ޕާޓީ އާއި އާންމުންގެ ގިނަ ބަޔަކު ވެސް އަންނަނީ ސަރުކާރާއި މަޖިލީހުގައި އޮތް ސަރުކާރުގެ މެޖޯރިޓީއަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox