ސަބްސިޑީ އުވާލުމުން ލިބޭ ފައިސާގެ އަދަދު ބިނާވަނީ ގޭބިސީގެ އާމްދަނީއަށް

ވިލިމާލެ މަގުމަތި: ސަބްސިޑީ އުވާލުމުން ލިބޭ ފައިސާގެ އަދަދު ގޭބިސީގެ އާމްދަނީއަށް ބިނާވާ ގޮތަށް ވަނީ ހަދާފައި -- ފޮޓޯ؛ އަދަދު ފައިލް

ވިލިމާލެ މަގުމަތި: ސަބްސިޑީ އުވާލުމުން ލިބޭ ފައިސާގެ އަދަދު ގޭބިސީގެ އާމްދަނީއަށް ބިނާވާ ގޮތަށް ވަނީ ހަދާފައި -- ފޮޓޯ؛ އަދަދު ފައިލް

މިހާރު ސަރުކާރުން ދެމުން އަންނަ އިންޑައިރެކްޓް ސަބްސިޑީތަކުގެ ތެރެއިން ކަރަންޓު، ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ތެޔޮ، ކާޑު އަދި ނަރުދަމާގެ ހިދުމަތް އަގުހެޔޮ ކުރުމަށް ދޭ ސަބްސިޑީތައް އުވާލުމުން ލިބޭ ފައިސާގެ އަދަދު ބިނާވާނީ ގޭބިސީއަށް ލިބޭ އާމްދަނީއަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

މިހާރު އޮންނަ ގޮތަށް ޔުނިވާސަލް ސަބްސިޑީ ނިޒާމެއް އޮންނަ ގޮތުން އާންމުންގެ އިތުރުން ވިޔަފާރިތަކަށާއި ބިދޭސީންނަށް ވެސް ސަބްސިޑީގެ މަންފާ ކުރެ އެވެ. މިކަން ބަދަލުކޮށް މި ނިޒާމު ޑައިރެކްޓް ސަބްސިޑީ ދޭ ގޮތަށް ބަދަލުކުރުމުން ސަބްސިޑީގެ އެހީ ލިބޭނީ އޭގެ ބޭނުންޖެހިފައިވާ މީހުންނަށް ކޭޝް ޓްރާންސްފާ ނުވަތަ ފައިސާގެ ގޮތުގަ އެވެ.

ފިނޭންސުން ބުނި ގޮތުގައި ފައިސާގެ އެހީއަކީ މި އެހީ ލިބޭ މީހުން އެންމެ ބޭނުން ޖެހިފައިވާ ކަންކަން ފުރިހަމަ ކުރުމަށް އެ ފައިސާ ހަރަދުކޮށް، ވެލްފެއާ މެކްސިމައިޒް ކުރެވޭ ނިޒާމެއް ކަމުގައި ދިރާސަތަކުން ދައްކަ އެވެ.

ސަބްސިޑީ ލިބޭ ގޭބިސީތައް ކަނޑައަޅާ ގޮތް

ސަބްސިޑީއަށް އެދޭ ފަރާތަކީ ސަބްސިޑީ ހައްގުވާ ގޭބިސީތަކުގައި ހިމެނޭ ފަރާތެއްތޯ ބަލާނީ އެ ގޭބިސީއަށް ލިބޭ އާމްދަނީއަށް ބިނާކޮށް ނުވަތަ ޕްރޮކްސީ މިންސް ޓެސްޓް (ޕީއެމްޓީ) މޮޑެލްއެއް ބޭނުން ކޮށްގެންނެވެ. ޕީއެމްޓީއަކީ ގޭބިސީއަށް ލިބޭ އާމްދަނީ ކަށަވަރު ނުކުރެވޭ ހާލަތްތަކުގައި ގޭބިސީގެ މައުލޫމާތު ބޭނުން ކޮށްގެން އެ ގޭބިސީއެއްގެ ދިރިއުޅުމުގެ ފެންވަރު ދެނެގަނެވޭ މޮޑެލްއެކެވެ.

ސަބްސިޑީއަށް އެދި ހުށަހަޅައި ކޮންމެ ގޭބިސީއަކުން ވެސް ޕީއެމްޓީ މޮޑެލަށް ބޭނުންވާ މައުލޫމާތު ހިމެނޭ ސުވާލު ކަރުދާހެއް ފުރައި ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުން، ޕީއެމްޓީ ސްކޯއެއް ދެވޭނެ އެވެ. އެ ސްކޯ ބޭނުންކޮށްގެން ގޭބިސީއަށް ސަބްސިޑީ ހައްގުވާތޯ ދެނެގަނެވޭނެ ކަމަށް ފިނޭންސުން ބުންޏެވެ.

މިގޮތަށް ހުށަހަޅާ މައުލޫމާތު ސައްހަކަން ކަށަވަރުކުރާނެ ނިޒާމެއް ވެސް ވަނީ އެކުލަވާލައިފަ އެވެ. އެ ގޮތުން ދައުލަތުގެ އެކި މުއައްސަސާތަކުން ލިބެން ހުރި މައުލޫމާތު ބޭނުން ކުރުމަށް ވަނީ ރާވައިފަ އެވެ. މިސާލަަކަށް، ސަރުކާރުގައި ވަޒީފާ އަދާ ކުރާ މީހުންގެ މައުލޫމާތު އެ މުއައްސަސާއަކުން ހޯދާނެ އެވެ.

އޭގެ އިތުރުން، ޕެންޝަން އޮފީހާއި މީރާއިން ލިބެން ހުރި މައުލޫމާތުގެ އިތުރަށް، ބޭންކުތަކުން ހޯދޭ މައުލޫމާތު ވެސް މިކަމަށް ބޭނުން ކުރެވޭނެ އިންތިޒާމުތައް ދަނީ ހަމަޖައްސަމުން ކަމަށް ސަރުކާރުން ބުންޏެވެ. އަދި ޕީއެމްޓީއަށް ދިން މައުލޫމާތަކީ ސައްހަ މައުލޫމާތުތޯ ބެލުމަށް ރެންޑަމް ސާވޭއެއް ކުރާނެ ކަމަށް ވެސް ބުންޏެވެ.

ފިނޭންސުން ބުނާ ގޮތުގައި އިންޑައިރެކްޓް ސަބްސިޑީގެ ބަދަލުގައި ކޭޝް ޓްރާންސްފާ ދިނުމުން ކަރަންޓާއި ހަކުރު ފަދަ ތިމާވެއްޓާއި ސިއްހަތަށް ނޭދެވޭ އަސަރުކުރާ ބާވަތްތައް ބޭނުން ކުރުމުގައި ބިހޭވިއަރަލް ބަދަލުތައް ގެންނަން އިންސެންޓިވައިޒް ކުރުން ނުވަތަ ބާރުއަޅައިދޭނެ ކަމަށް ބެލެވެ އެވެ.

ހަމަ އެހެންމެ، ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރެވޭނަމަ، އެކަމަކީ ތެޔޮ އިމްޕޯޓް ކުރަން ޖެހޭ މިންވަރު ދަށް ކުރެވި، ދައުލަތުގެ ރަސްމީ ރިޒާވަށް ވެސް ހެޔޮ އަސަރު ކުރާނެ ކަމެއް ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ޑައިރެކްޓް ސަބްސިޑީ އުވާލާއިރި، އިންޑައިރެކްޓް ސަބްސިޑީ ނުދޭނަމަ، އެ ތަކެތީގެ އަގު މާކެޓް ރިފްލެކްޓް އަގުތަކަށް ބަދަލުވެ ގޭބިސީތަކުން ކަރަންޓަށާއި ކާޑަށް ކުރާ ހޭދަ އިތުރުވެގެންދާނެ އެވެ. އަދި ނަރުދަމާގެ ހިދުމަތަށް ދޭ ސަބްސިޑީ ނުދޭނަމަ، ގޭބިސީތަކުން ނެގޭ އިތުރު ފީއެއްގެ ގޮތުގައި ގޭބިސީގެ ހަރަދަށް ނަރުދަމާގެ ހަރަދު ވެސް އިތުރުވެގެންދާނެ ކަމަށް ފިނޭންސުން ބުންޏެވެ.

ފިނޭންސުން ބުނީ، މި ބަދަލާއެކީ އެންމެ ފަގީރު 20 ޕަސެންޓު ހިމެނޭ ގޭބިސީތަކުގެ ހަރަދު މަހަކު އެވްރެޖުކޮށް 1،770ރ. އިން އިތުރުވެގެންދާނެ ކަމަށް އަންދާޒާ ކުރެވުނު ނަމަވެސް، ކޭޝް ޓްރާންސްފާގެ ގޮތުގައި އެ ގޭބިސީތަކަށް މަހަކު އެވްރެޖުކޮށް ގާތްގަނޑަކަށް 2،450ރ. ލިބޭނެ ކަމަށެވެ.

ޑައިރެކްޓް ޓްރާންސްފާގެ ގޮތުގައި އަހަރަކު 1.2 ބިލިއަން ރުފިޔާ ޓާގެޓް ސަބްސިޑީއަށް ކަނޑައަޅާފައިވާއިރު، އަންނަ އަހަރު އެކަމަށް 900 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ސަބަބަކީ އަންނަ އަހަރުގެ އޭޕްރިލުން ފެށިގެން އެ ސިޔާސަތު ތަންފީޒުކުރަން ފަށާތީ އެވެ.

އިންޑައިރެކްޓް ސަބްސިޑީތަކުގެ ބަދަލުގައި ކޭޝް ޓްރާންސްފާގެ ނިޒާމެއް ތައާރަފް ކުރުމުން އަންނަ އަހަރު 1.584.6 ބިލިއަން ރުފިޔާ ހަރަދު ކުޑަ ކުރެވޭނެ ކަމަށް ސަރުކާރުން ލަފާ ކުރެ އެވެ. އަދި 2026 ގައި ހަރަދު ކުޑަ ކުރެވޭ މިންވަރު ހުންނާނެ ކަމަށް އަންދާޒާ ކޮށްފައި ވަނީ 2.285.8 ބިލިއަން ރުފިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox