އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލު ހުށަހެޅީ ރައްޔިތުން ކުރިމަތީ ސަރުކާރު ބަދުނާމު ކުރަން: ނާޒިމް

އެމްއެންޕީ ގެ ރައީސް ނާޒިމް: އޭނާ ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ބިލު ހުށަހަަޅާފައިވަނީ ރައްޔިތުން ކުރިމަތީ ސަރުކާރު ބަދުނާމުކުރަން ކަމަށް ---- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އެމްއެންޕީ ގެ ރައީސް ނާޒިމް: އޭނާ ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ބިލު ހުށަހަަޅާފައިވަނީ ރައްޔިތުން ކުރިމަތީ ސަރުކާރު ބަދުނާމުކުރަން ކަމަށް ---- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރަން އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅީ ރައްޔިތުން ކުރިމަތީ ސަރުކާރުގެ އަގު ވައްޓާލަން ކަމަށް ސަރުކާރާ އެކު މަސައްކަތްކުރާ އެމްއެންޕީގެ ރައީސް އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އެ ބިލުގެ މަސައްކަތް އަންނަ ފެބްރުއަރީގެ ނިޔަލަށް ދިގުދަންމާލަން ފާސްކުރި 241 ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ނާޒިމް ވިދާޅުވީ، މިދިޔަ ސަރުކާރުގައި ވެސް މި މައްސަލަ އޮތް ކަމަށާއި އެކަމަށް ގޮތެއް ނުނިންމައި، މިހާރު އެ ވާހަކަ ދައްކަނީ ރައްޔިތުންގެ ކުރިމަތީ މި ސަރުކާރުގެ އަގު ވައްޓާލަން ކަމަށެވެ.

"ސަރުކާރަށް ނުފޫޒު ހިންގުމަށްޓަކައި އަދި ސަރުކާރު ރައްޔިތުންގެ ކުރިމަތީގަ ނިކަމެތިކުރުމަށްޓަކައި ހުށަހެޅިފަ އޮތް އެއްޗެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ނާޒިމް ވިދާޅުވި އެވެ.

އަދި މި ބިލުގެ ނިޔަތް ސާފު ނޫން ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. ނަމަވެސް މި ބިލުގައިވާ ގޮތަށް އިޒްރޭލު ޕާސްޕޯޓު މަނާކުރަން ވަޒީރުންގެ މަޖިލީހުން ވެސް ވަނީ ނިންމާފަ އެވެ. އެކަން އިއުލާނުކުރީ ބިލު ބަލައިގަތުމުގެ ހަފުތާއެއް ކުރިން ޖޫން 2، ގަ އެވެ. އެމްޑީޕީން ހުށަހެޅި ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވީ އެ މަހު 10 ގަ އެވެ.

މިއަދުގެ ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން ނާޒިމް ވަނީ މި ބިލާއެކު ރާއްޖެއަށް ކުރާނެ އަސަރުތައް ދެނެގަންނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި މާލީ ގޮތުން ދަތި ހާލަތެއްގައި މިފަދަ ފިޔަވަޅެއް އެޅުމާމެދު ވިސްނަން ޖެހޭނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. ކުއްލިއަކަށް މި ބިލަށް ގޮތެއް ނިންމުމާ ދެކޮޅުކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އެ ބިލުގެ މަސައްކަތް ދިގުދަންމާލަން ކޮމިޓީން ނިންމާފައިވާއިރު، އިދިކޮޅުން ހުށަހެޅި ބިލަށް ބަދަލުތަކެއް ގެންނަ ޖެހޭ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވަނީ ވިދާޅުވެފަ އެވެ.

"މިހާރު ހުށަހަޅާފަ އޮތް ބިލަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެންނަންޖެހޭ. ދެން ކެބިނެޓުގަ ނިންމާފަ އޮތް ނިންމުންތަކާ އެއްގޮތަށް ބިލު އިސްލާހުކޮށްގެން މަޖިލީހުން ކުރިއަށް ގެންދަން ޖެހޭނީ،" ޖޫން 6، ގައި އުޝާމް ވިދާޅުވި އެވެ.

ނަމަވެސް އޭޖީ އޮފީހުން ހުށަހަޅާނެ އިސްލާހުތަކެއް މިހާތަނަށް އެ އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox