ފައިނޭންޝަލް ސެންޓަރު ގާއިމު ކުރަން އެހީތެރިކަން ދޭން ގަތަރު ފައިނޭންޝަލް ސެންޓަރުން އެއްބަސްވެއްޖެ

ދޯހާގައި ހުންނަ ގަތަރު ފައިނޭންޝަލް ސެންޓަރު -- ގަތަރު ފައިނޭންޝަލް ސެންޓަރު

ދޯހާގައި ހުންނަ ގަތަރު ފައިނޭންޝަލް ސެންޓަރު -- ގަތަރު ފައިނޭންޝަލް ސެންޓަރު

ރާއްޖޭގައި ގާއިމު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ފައިނޭންޝަލް ސެންޓަރުގެ މަސައްކަތަށް އެއްބާރުލުން ދޭން އެއްބަސްވެ، އިކޮނޮމިކް މިނިސްޓަރީން ގަތަރު ފައިނޭންޝަލް ސެންޓަރާއެކު (ކިއުއެފްއެސް) އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

އިކޮނިމިކް މިނިސްޓަރީން ބުނީ އެ އެމްއޯޔޫގެ ދަށުން ރާއްޖޭގައި ގާއިމު ކުރާ ފައިނޭންޝަލް ސެންޓަރު އިތުރަށް ޕްރޮމޯޓުވުމުގެ އިތުުރުން އެ ސެންޓަރު ގާއިމު ކުރުމަށް ބޭނުންވާ މުހިންމު ހިޔާލާއި މަޝްވަރާ ލިބޭނެ ކަމަށެވެ.

"މި އެއްބަސްވުމުގެ ދަށުން ފައިނޭންޝަލް ސެންޓަރެއް ރާއްޖޭގައި ގާއިމު ކުރުމަށް ބޭނުންވާ ފައިނޭންޝަލް މެނޭޖުމެންޓުގެ ބެސްޓު ޕްރެކްޓިސް އާ ބެހޭ މައުލޫމާތާއި ރެގިއުލޭޓަރީ ފްރޭމްވޯކުގެ އިތުރުން އޮޕަރޭޝަނަލް ސްޓެރެޓެޖީސް އާ ބެހޭ މައުލޫމާތު ހިއްސާ ކުރުމަށް ހާއްސަ ސެޝަންތައް ކިއުއެފްއެސް އިން ކުރިއަށް ގެންދާނެ،" އެއްބަސްވުމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

Advertisement

އޭގެއިތުރުން އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ދަށުން ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާއި ކަމާ ގުޅުންހުރި ފަރާތްތަކާއި އެ ދާއިރާގެ މާހިރުންނާއި ރާއްޖެ ގުޅުވައިދީ އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް އެ މިނިސްޓަރީން ބުންޏެވެ.

އެ އެއްބަސްވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކިއުއެފްއެސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު، ޔޫސުފް މުހައްމަދު އަލް ޖައިދާ ވިދާޅުވީ އެފަދަ އެއްބަސްވުމެއްގައި އިކޮނޮމިކް މިނިސްޓަރީ އާއެކު ސޮއި ކުރެވުމަކީ ލިބުނު ޝަރަފެއް ކަމަށެވެ.

"މި އެއްބަސްވުމުގެ ދަށުން ދުނިޔޭގެ މާލީ އިދާރާތަކާއި ވަރުގަދަ ގުޅުންތަކެއް ގާއިމު ކޮށްދިނުމުގެ އިތުރުން އިގުތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދޭ ދެމެހެއްޓެނިވި މާލީ ނިޒާމެއް ގާއިމު ކުރުމުގެ އަމާޒަށް މަގުކޮށައިދޭނެ،" ޔޫސުފް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox