ރިވައިވަލް އިން މެޑަލް ޓާގެޓަކާ އެކު އިންޓަނޭޝަނަލް ދެ މުބާރާތަކަށް

Nov 12, 2024, 4:10 AM
ރިވައިވަލް އިން މެޑަލް ޓާގެޓަކާ އެކު އިންޓަނޭޝަނަލް ދެ މުބާރާތަކަށް

ރިވައިވަލް ސްޕޯޓްސް ކްލަބުން މެޑަލް ޓާގެޓަކާ އެކު، އިންޓަނޭޝަނަލް ދެ މުބާރާތުގައި ވާދަކުރުމަށް، ޒަމްބިއާ އާއި ބޮޓްސްވާނާ އަށް ފުރައިފި އެވެ.

އެ ގޮތުން، މި މަހު 14-17 އަށް ބާއްވާ ޒަމްބިއާ އިންޓަނޭޝަނަލް މުބާރާތާއި މި މަހު 21-24 އަށް ބާއްވާ ބޮޓްސްވާނާ އިންޓަނޭޝަނަލްގައި ވާދަކުރަން ފުރި ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިންނަކީ، ނިބާލް އަހުމަދު އާއި ޒަޔާން ޒަކީ އަދި ޓީމުގެ ކޯޗު، ނަޝްފާން މުހައްމަދު އެވެ.

މީގެ އިތުރުން، ގައުމީ ބެޑްމިންޓަން ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ، އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) ވެސް މި މުބާރާތުގައި ރިވައިވަލްއާ އެކު، ބައިވެރިވާނެ އެވެ.

މި ދެ މުބާރާތަށް ވެސް ރިވައިވަލް އިން ތައްޔާރުވީ މެޑަލް ޓާގެޓްތަކަކާ އެކު ކަމަށް އެ ކްލަބުން ވަނީ މައުލޫމާތު ދީފަ އެވެ.

މުބާރާތްތަކުގައި ވާދަކުރަން ހަމަޖެހިފައިވަނީ، ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓްތަކުގަ އެވެ. އެ ގޮތުން، ޑަބަލްސް ޕެއާ އިންގެ ގޮތުގައި، ފިރިހެން ޑަބަލްސް ޕެއާ އަކީ، ނިބާލް އާއި ޒަޔާންގެ ޕެއާ އަދި އަންހެން ޑަަބަލްސް ޕެއާ އަކީ ނަބާހާ އާއި ނަބީހާގެ ޕެއާ އެެވެ. މިކްސް ޑަބަލްސް ޕެއާތަކަކީ، ރާއްޖެ އަށް މެޑަލް ހޯދައިދީފައިވާ، ނަބާހާ އާއި ޒަޔާންގެ ޕެއާގެ އިތުރުން، ބައިނަލްއަގުވާމީ ލެވަލްގައި ކުރިއެރުން ހޯދަމުން އަންނަ، ނިބާލް އާއި ނަބީހާގެ ޕެއާ އެވެ.

ރިވައިވަލް އިން އެންމެ ފަހުން، މިދިޔަ މަހު ވާދަކުރި ޔޫގާންޑާ މުބާރާތަށް ރިވައިވަލްއާ ގުޅުނު ނަބީހާ އާއި ނަބާހާ ވަނީ އެ މުބާރާތުގެ އަންހެން ޑަބަލްސް އިން ލޯ މެޑަލް ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox