ޗެމްޕިއަންސް ޓްރޮފީ ކުޅެން އިންޑިއާ އިން ޕާކިސްތާނަށް ނުދާނެކަން އަންގައިފި

Nov 11, 2024, 8:14 PM
ޗެމްޕިއަންސް ޓްރޮފީ ކުޅެން އިންޑިއާ އިން ޕާކިސްތާނަށް ނުދާނެކަން އަންގައިފި

ލާހޯރް، ޕާކިސްތާން (ނޮވެމްބަރު 12) - އަންނަ އަހަރު ޕާކިސްތާންގައި ބާއްވަން ފުރުސަތު ދިފައި އޮތް ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގައި ވާދަކުރަން އިންޑިއާ އިން ޕާކިސްތާނަށް ނުދާނެކަން އަންގާފައިވާކަމަށް ޕާކިސްތާން ކްރިކެޓް ބޯޑް (ޕީސީބީ) އިން ބުނެފި އެވެ.

އަންނަ ފެބްރުއަރީ މަހު ޕާކިސްތާންގައި ފަށަން ތާވަލުކޮށްފައިވާ، ޗެމްޕިއަންސް ޓްރޮފީ ފަށަން 100 އަށް ވުރެ މަދު ދުވަސްކޮޅަކަށް ވެފައި އޮތްއިރު، އަދިވެސް މުބާރާތުގެ ޝެޑިއުލް ފައިނަލްވެފައި ނުވެ އެވެ. ސަބަަބަކީ، އިންޑިއާ އިން މުބާރާތުގައި ކުޅެން ޝަރުތަކުތަކެއް އޮތުމުންނެވެ. އެ ގޮތުން، ޕާކިސްތާން ކްރިކެޓް ބޯޑުން ބުނެފައިވަނީ، އިންޑިއާ އިން މުބާރާތަށް ޕާކިސްތާނަށް ނުދާނެކަން އަންގާފައިވާ އީމެއިލެއް ލިބިފައިވާ ކަމަށެެވެ.

އެ ގޮތުން، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އަށް އިންޑިއާ އިން ޗެމްޕިއަންސް ޓްރޮފީ ކުޅެން ޕާކިސްތާނަށް ނުދާނެކަން އަންގާފައިވާއިރު، އައިސީސީން ވަނީ އެ މައުލޫމާތު ޕާކިސްތާނަށް ދީފަ އެވެ.

އައިސީސީން އަންނަނީ މުބާރާތުގައި ކުޅޭ އަށް ގައުމާ ވާހަކަ ދައްކައިގެން މުބާރާތުގެ ޝެޑިއުލް ފައިނަލް ކުރަން މަސައްކަތް ކުރަމުންނެވެ.

ޗެމްޕިއަންސް ޓްރޮފީ މުބާރާތަކީ، 1996 ވަނަ އަހަރުގެ ފަހުން، ޕާކިސތާންގައި ހޯސްޓްކުރެވޭ ބައިނަލްއަގުވާމީ ބޮޑު ކްރިކެޓް މުބާރާތެވެ. އިންޑިއާ އާއި ޕާކިސްތާނުން މުބާރާތެއްގައި ނޫން ގޮތަކަށް ބައްދަލުުނުކުރާތާ 11 އަހަރުވެފައިވާއިރު، އެންމެ ފަހުން، ޕާކިސްތާނަށް ގޮސް އިންޑިއާ އިން މެޗެއް ކުޅުނީ 2008 ވަނަ އަހަރު އެވެ. މިދިޔަ 16 އަހަރު ތެރޭގައި، ޕާކިސްތާނުން ވަނީ އިންޑިއާގައި ތިން ފަހަރެއްގެ މަތިން ކުޅެފަ އެވެ. އެއީ، 2012، 2013 ގައި ކުޅުނު ބައިލެޓްރަލް ސީރީސްގެ އިތުރުން، 2016 ވަނަ އަހަރު އިންޑިއާ އިން ހޯސްޓްކުރި ޓީ20 ވޯލްޑް ކަޕާއި، މިދިޔަ އަހަރު އިންޑިއާ އިން ބޭއްވި ވަންޑޭއިންޓަނޭޝަނަލް (އޯޑީއައި) ވޯލްޑް ކަޕަށެވެ.

މިދިޔަ އަހަރު ޕާކިސްތާނުން އޭޝިއާ ކަޕް ހޯސްޓްކުރިއިރު، އިންޑިއާގެ މެޗުތައް ކުޅެފައިވަނީ ސްރީ ލަންކާގަ އެވެ. އެކަމަކު، ޕާކިސްތާނުން ވަނީ އަންނަ އަހަރުގެ ޗެމްޕިއަންސް ޓްރޮފީ މެޗުތައް އިންޑިއާ ބޭނުންވާ ގޮތަކަށް ބަދަލުކުރިޔަ ނުދޭން އަމާޒުހިފައިފަ އެވެ.

ޝްވަރާ ކުރެވެމުން އަންނަ ގޮތުގައި، އިންޑިއާގެ ޗެމްޕިއަންސް ޓްރޮފީ މެޗުތައް، ޔޫއޭއީގައި ކުޅުމުގެ ވާހަކަ އަންނަނީ ދެކެވެމުންނެވެ. އެކަމަކު، އެ ގޮތަށް ޕާކިސްތާން ކްރިކެޓް ބޯޑުން ކުރިއަށްދާން ބޭނުމެއް ނުވެ އެވެ. އެއީ، އަށް ޓީމު ދެ ގްރޫޕަށް ބަހައިގެން ކުޅޭއިރު، އިންޑިއާގެ މެޗުތައް ޔޫއޭއީގައި ކުޅެފައި، ސެމީ ފައިނަލަށް އިންޑިއާ ގޮސްފިނަމަ، ޕާކިސްތާނާ ކުޅެން ޖެހި އެ މެޗު ޕާކިސްތާނުން ބޭރުގައި ކުޅެން ޕާކިސްތާނުން ބޭނުންނުވުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox