އިންތިހާބު ކުރާ ވިންދާއި ފިކުރާ ދެކޮޅުވާ މެންބަރުން ވަކި ކުރެވޭނެ ގޮތް ގާނޫނުގައި އޮންނަންޖެހޭ: އަބްދުއްރަހީމް

މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ޕީއެންސީގެ ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަވަނީ: މަޖިލިސް މެމްބަރުން ރިކޯލް ކުރެވޭނެ ގާނޫނެއް ވުޖޫދުކުރުން މި ސަރުކާރުގެ ލެޖިސްލޭޓިވް އެެޖެންޑާގައި ހިމެނޭ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ޕީއެންސީގެ ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަވަނީ: މަޖިލިސް މެމްބަރުން ރިކޯލް ކުރެވޭނެ ގާނޫނެއް ވުޖޫދުކުރުން މި ސަރުކާރުގެ ލެޖިސްލޭޓިވް އެެޖެންޑާގައި ހިމެނޭ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މަޖިލީހަށް މެންބަރުން އިންތިހާބު ކުރާ ރައްޔިތުންގެ ވިންދާއި ފިކުރާ ދެކޮޅަށް ވަކާލާތު ކުރައްވާ މެންބަރުން ވަކި ކުރެވޭނެ ގޮތް ގާނޫނުގައި އޮންނަންޖެހޭ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ދަައުލަތުގެ ޓީވީ، "ޕީއެސްއެމް" ގެ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ މުޅި ރާއްޖޭގެ ރައްޔިތުން ވޯޓު ދީގެން އިންތިހާބު ކުރާ މަގާމަކަށް ވާއިރު، އެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ދުރު ކުރެވޭނެ ގޮތް ވަރަށް ސާފުކޮށް ގާނޫނުގައި ބަޔާން ކޮށްފައި އޮންނަ ކަމަށެވެ.

ނަމަވެސް އެންމެ 5000 ރައްޔިތުންގެ ވޯޓާއެކު އިންތިހާބުވާ މަޖިލިސް މެންބަރު ވަކި ކުރެވޭނެ ގޮތެއް ގާނޫނުގައި ނެތް ކަމަށެވެ. އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް އަޅުގަނޑު އިންތިހާބު ކުރީ ފޮނަދޫ ދާއިރާގެ ރައްޔިތުން، އަޅުގަނޑު އެ ރައްޔިތުންގެ ވިންދާ ދެކޮޅަށް ނޫނީ އެ ރައްޔިތުން އިންތިހާބު ކުރި ފިކުރާ ދެކޮޅަށް މަސައްކަތް ކުރަން ފަށައިފިއްޔާ ނޫނީ އެ ނޫން ވެސް ސަބަބެއް މެދުވެރިވެއްޖެއްޔާ އެ ރައްޔިތުންނަށް އޮންނަންވާނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ ނޫނީ އޭނާ އެ މަގާމުން ދުރު ކުރެވޭނެ ކޮންމެވެސް ގޮތެއް ގާނޫނުގެ ތެރެއިން ފަހިވެފައި އޮންނަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއީ މިއަދަކު އެކަނި އޭނާ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށާއި އަބަދު ވެސް އެކަން އެގޮތަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެ ބަދަލު އައިސްގެން ނޫނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު މި ޒަމާނަށް ނުފެތޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެންމެ މަތީ ވެރިމީހާ ބަދަލު ކުރެވޭނެ ފުރުސަތު ފަހިވެފައި އޮވެފައި، ދެން އޭގެ ދަށަށް އިންތިހާބު ކުރާ މީހުން ވަކި ކުރާނެ ފުރުސަތެއް ނެތި އޮތުން އެއީ މި ޒަމާނާ ފައި ހަމަވާ ކަމެއް ކަމަކަށެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވިއިރު، މަޖިލިސް މެމްބަރުން ރިކޯލް ކުރެވޭ ގޮތަށް ގާނޫނުތައް ބަދަލުކުރުމަކީ މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox