ރިވައިވަލްގެ ފިޓްނަސް ޕާޓްނަރަކަށް ޓީއެފްޖީ ހަމަޖައްސައި އެއްބަސްވުމަކަށް

Nov 11, 2024, 6:35 AM
ރިވައިވަލްގެ ފިޓްނަސް ޕާޓްނަރަކަށް ޓީއެފްޖީ ހަމަޖައްސައި އެއްބަސްވުމަކަށް

ރާއްޖޭގައި އެންމެ ޕްރޮފެޝަނަލްކޮށް، ހިންގަމުން އަންނަ ބެޑްމިންޓަން ކްލަބް، ރިވައިވަލް ސްޕޯޓްސްގެ ފިޓްނަސް ޕާޓްނަރަކަށް ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ގައުމީ ލެވަލާއި ބައިނަލްއަގުވާމީ މައިދާނުގަ ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ބެޑްމިންޓަން ކުޅުންތެރިން ހިމެނޭ ރިވައިވަލް ސްޕޯޓްސްގެ އެތުލީޓުންގެ ފިޓްނަސް ކަންކަަން އެންމެ އެކަށޭނެ ގޮތަށް ގެންދިއުމުގެ ޕްލޭނެއްގެ ދަށުން ޓީއެފްޖީ އާއި ރިވައިވަލް އިން މި ހެދި އެއްބަސްވުމުގެ މުއްދަތަކީ އެއް އަހަރެވެ.

ރިވައިވަލް އިން ބުނީ މި އެއްބަސްވުމާ ގުޅިގެން، އެ ކްލަބްގެ ހައި ޕާފޯމަންސް އެތުލީޓުންގެ ސްޓްރެންތާއި ކޮންޑިޝަނިން ޓްރެއިނިން، ރިކަވަރީ އާއި ޖުމްްލަކޮށް، އެތުލީޓަކު، ފިޓްކޮށް ހުންނަން ބޭނުންވާ ހުރިހާ ޓްރެެއިނިންގެ ކަންކަމަށް ޓީއެފްޖީގެ ވަސީލަތްތަކުގެ އެހީތެރިކަން އެ ކްލަބްގެ އެތުލީޓުންނަށް ލިބިގެންދާނެ ކަމަށެވެ.

ޓީއެފްޖީ އަކީ ރިވައިވަލް އިން ބޭނުންވާ ޓްރެއިނިންތައް ފޯރުކޮށްދީ އެ ކްލަބްގެ ލަނޑުދަނޑިތައް ހާސިލްކުރަން ބަލާއިރު، ތަފާތު ދެއްކޭނެ ފަދަ ބައެއްކަން، މީގެ ކުރިން ޓީއެފްޖީން ކޮށްފައިވާ މަސައްކަތްތަކުން އެނގިގެންދާ ކަމަށް ވެސް ރިވައިވަލް އިން ވަނީ ބުނެފަ އެވެ.

އެ ގޮތުން، ކޮންމެ އުމުރެއްގެ މީހުންގެ ފިޓްނަސްގެ ކަންކަމަށް އަމާޒުކޮށް، ޓީއެފްޖީން ކުރާ މަސައްކަތް ފާހަގަކުރާ ކަމަށް ވެސް ރިވައިވަލް އިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، ޓީއެފްޖީއާ އެކު، މި ވެވުނު އެއްބަސްވުމުގެ ސަބަބުން، ރިވައިވަލް އިން ބެޑްމިންޓަނުން، ރާއްޖެ އަށް ރީތި ނަން ހޯދައިދޭން ބައިނަލްއަގުވާމީ ލެވަލްގައި ކުރާ މަސައްކަތުގައި ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށް ވެސް ރިވައިވަލް އިން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މެސީގެ ފަހު މެޗު: "ކެރިއަރުގައި އެންމެ ދެރަވި ދުވަސް"

އާޖެންޓީނާގެ ގައުމީ ޓީމަށް 21 އަހަރު ކުޅުމަށްފަހު، އުމުރުން 39 އަހަރުގައި ލިއޮނަލް މެސީ ފުޓްބޯޅަ ކެރިއަރު ނިންމާލައިފި. ބެނިންއާ ދެކޮޅަށް ކުޅުނު ފަހު މެޗަށްފަހު މެސީ ބުނީ، ގައުމީ ޖޯޒީގައި ދެން އިތުރު މެޗެއް ނުކުޅެވޭނެކަން އިހުސާސްވުމަކީ އޭނާގެ ކެރިއަރުގައި ކުރިމަތިވި އެންމެ ހިތްދަތި ވަގުތު ކަމަށް.

ފީފާ އިން ރާއްޖެ ކަހަލަ ކުޑަ ގައުމުުތަކަށް އަހައްމިއްޔަތުކަން ދޭ

ފީފާގެ މިހާރުގެ ލީޑަޝިޕުން ރާއްޖެ ފަދަ ކުޑަ ގައުމުތަކަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީ، ފުޓްބޯޅަ ކުރިއެރުވުމަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުންދާ ކަމަށް އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު ވިދާޅުވެއްޖެ.

ސޮފްވާން ފްރޭމްކޮށްފައެއް ނުވާނެ: ވީއޭއެމް

ވޮލީބޯޅަ ކޯޗު ސޮފްވާން ފްރޭމްކޮށްފައިވާ ކަމަށް އޭނާ ކުރާ ތުހުމަތުތައް ވީއޭއެމް އިން ދޮގުކޮށް، އޭނާއާ މެދު ފިޔަވަޅު އެޅީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށް ބުނެފި. ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން އުމުރަށް ސަސްޕެންޑްކޮށްފައިވާ ސޮފްވާންގެ މައްސަލަ ފުލުހުން ފައިލްކުރުމާ ގުޅިގެން އޭނާ އެސޯސިއޭޝަނަށް ތުހުމަތުތަކެއް ވަނީ ކޮށްފައި.

ވައުދާ ހިލާފުވީ ކޯޗު، ރިޓަޔާނުކޮށް ރޮނާލްޑޯ އަދަބަކަށް ތައްޔާރު

ޕޯޗުގަލްގެ ކޯޗު ޖީސޫސް ވައުދާ ހިލާފުވުމުން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމުގެ ކޭމްޕް ދޫކޮށްލާފައިވާއިރު، އެކަމާ ގުޅިގެން ފެޑެރޭޝަނުން އަޅާ ކޮންމެ ފިޔަވަޅަކަށް ތައްޔާރަށް ހުރި ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ނޯވޭ މެޗުގައި ކުޅެން ފުރުސަތު ނުލިބުމުން ދިމާވި މި މައްސަލައިގައި ރޮނާލްޑޯ ބުނީ އޭނާ ކޭމްޕް ދޫކޮށްލީ ކޯޗާ ދެމެދު ކުރެވުނު މަޝްވަރާއާ އެއްގޮތަށް ކަންކަން ނުދިއުމުން ކަމަށެވެ.

ކަކުލުގެ އަނިޔާއަކާ ހެދި ޓެނިސް ތަރި ސިނާ އަށް ސީޒަން ނިމިއްޖެ

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ޖަނިކް ސިނާ އަށް މި އަހަރުގެ ސީޒަން ނިމިއްޖެއެވެ. ސިނާ ބުނިގޮތުގައި މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އަނިޔާއިން ފުރިހަމައަށް ރިކަވާވެ، އަލުން ކުރީގެ ފޯމަށް އެނބުރި އައުމަށް

ކްލޮޕްގެ ކޯޗުކަމުގައި ލިވަޕޫލަށް ކުޅެން ޖެރާޑް ވަރަށް ބޭނުންވި

ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވެން ޖެރާޑްގެ ކެރިއަރުގައި އެންމެ ބޭނުންވި އެއް ކަމަކީ ޔާގެން ކްލޮޕްގެ ކޯޗުކަމުގައި އެ ޓީމަށް ކުޅުން ކަމަށް އޭނާ ބުނެފި. ޖެރާޑް، ލިވަޕޫލް ދޫކޮށްލިތާ މަދު މަސްކޮޅެއްގެ ތެރޭގައި ކްލޮޕް އެ ޓީމާ ގުޅުނުއިރު، ކްލޮޕްގެ އިރުޝާދުގެ ދަށުން ކުޅުމުގެ ފުރުސަތު ލިބުނުނަމަ ކޮންމެފަދަ ގުރުބާނީއެއް ވާންވެސް ތައްޔާރަށް ހުރިކަމަށް

ފްރާންސް މޮޅުވިޔަސް ޒިދާންގެ ހިތެއް ނުފުރުނު

ޔުއެފާ ނޭޝަންސް ލީގުގައި ބެލްޖިއަމް އަތުން 4-1 އިން ފްރާންސް މޮޅުވިއިރު، މިއީ އަމިއްލަ ގައުމުގައި ކޯޗު ޒިދާން ހޯދި ފުރަތަމަ މޮޅެވެ. މެޗުގެ ފަހުކޮޅު 13 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައިގެން މޮޅުވި ނަމަވެސް، ޓީމުގެ ކުޅުމުގައި ރަނގަޅު ކުރަންޖެހޭ ކަންކަން އަދިވެސް ގިނަ ކަމަށް ޒިދާން ފާހަގަކުރިއެވެ. މި ނަތީޖާއާއެކު ފްރާންސް އޮތީ 10 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައިގައެވެ.

Newsletter

Get the latest news delivered straight to your inbox