ނިއު ރޭޑިއަންޓްގެ ކޮންގްރެސް މި މަހު 20 ގައި

ނިއު ރޭޑިއަންޓްގެ ކޮންގްރެސް މި މަހު 20 ގައި

ރާއްޖޭގެ އެންމެ ކާމިޔާބު ފުޓުބޯޅަ ކްލަބްތަކުގެ ތެރޭގައި ހިމެނޭ ނިއު ރޭޑިއަންޓްސް ސްޕޯޓްސް ކްލަބްގެ ކޮންގްރެސް މި މަހު 20 ގައި ބާއްވާ އެ ކުލަބުން ނިންމައިފި އެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ފުޓުބޯޅަ ކްލަބް ނިއު މި ވަގުތު އޮތީ ދެ ވަނަ ޑިވިޝަނުގަ އެވެ. އެ ކްލަބުން މި މަހުގެ 20 ވަނަ ދުވަހު ކޮންގްރެސް ބާއްވަން ތައްޔާރުވަމުން އަންނައިރު، އެ ކްލަބްގެ ޗެއާމަން, އަހުމަދު ވާސިފް ވަނީ އިސްތިއުފާ ދީފަ އެވެ.

ނިއު އިން މި މަހު އެ ކްލަބްގެ ކޮންގްރެސް ބާއްވަން ނިންމާފައިވާއިރު, އެ ކްލަބްގެ ޗެއާމަންކަމުގެ މަގާމަށް ޝައުގުވެރިވާ ކަމަށް ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު މުބީން ވަނީ ވިދާޅުވެފަ އެވެ. މުބީންގެ އިތުރުން ނިއުގެ ކުރީގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ވެސް ވަނީ މީގެ ކުރިން ނިއުއިން ފުރުސަތު ދީފި ނަމަ އެ ކްލަބްގެ ޗެއާމަންކަން ކުރަން ތައްޔާރަށް ހުރި ކަމަށް ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި، މުބީން ވަނީ މި ފަހުން ނިއުގެ ޗެއާމަންކަމަށް އަންނަން އުޅުއްވާ ކަމުގެ އިޝާރާތެއް ސޯޝަލް މީޑިއާގައި ދެއްވައިފަ އެވެ. އެ ގޮތުން މުބީން ކުރި ޕޯސްޓެއްގައި ވިދާޅުވީ, "މާތް الله ގެ ވާގިފުޅާ އެކު މި ފަށާ ދަތުރުގައި ދިވެހިރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބް އަލުން އަނބުރާ އިހު އޮތް މަގާމަށް ގެނެސް ނިއުގެ ސަޕޯޓަރުން ހެއްވާލަ ދޭނަން." ކަމަށެވެ.

ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލަ ގޯހުން ގޯހަށް ގޮސްފައި އޮއްވައި، ނިއު އިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ލީޑަޝިޕް ބަދަލުކުރަން ކުރި މަސައްކަތުގައި، ބައިވެރިވުމުން، 2019 ވަނަ އަހަރު އެފްއޭއެމް އިން ނިއު ސަސްޕެންޑްކުރި އެވެ.

ނިއު ސަސްޕެންޑް ކުރަން އެފްއޭއެމް އިން ދެއްކި ސަބަބަކީ، ނިއު އިން މުސާރަަ ނުދީ ހުރި މައްސަލަތަކެވެ.

އެ އަޑިގަނޑުން ނިއު އަރައިގަނެ، 2022 ވަނަ އަހަރު ކުޅުނު ދެ ވަނަ ޑިވިޝަން މުބާރާތަށް ނިއު އިން ނުކުމެވޭވަރު ކުރީ ވާސިފް ހިމެނޭހެން ނިއުގެ އެކި ސަޕޯޓަރުންގެ ގްރޫޕެއް އިސްނަގައިގެން ކުރި މަސައްކަތުންނެވެ.

ވާސިފާ އެކު މަސައްކަތް ކުރި ނިއުގެ ސަޕޯޓަރުން، ނިއު ރޭޑިއަންޓްގެ ނަން ފުޓްބޯޅައިގައި ދިރުވޭތޯ، ރޭޑިއަންޓްގެ ނަމުގައި ޓީމެއް ހަދައިގެން ކުރިއަށްދެވޭތޯ ވެސް ބެލި އެވެ. އެކަމަކު، އެކަން ކުރެވޭގޮތް ނުވުމުން، ނިއު ރޭޑިއަންޓްގެ ކަންކަން ހަމަޔަކަށް އަޅުވައި، ކުރިއަށްދާން ނިންމައި، ސަސްޕެންޝަނުން ސަލާމަތްވީ އެވެ.

ނިއު އިން މިދިޔަ ސީޒަނުގެ ދެ ވަނަ ޑިވިޝަނުގައި، ބަލިވީ ސެމީ ފައިނަލުގައި ބުރު ސްޕޯޓްސް ކްލަބް އަތުންނެވެ. ބުރު ވަނީ، އެ ފަހަރު، ދެ ވަނަ ޑިވިޝަން ކާމިޔާބުކޮށް، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެފަ އެވެ. އެ ފަހަރު، އެފްއޭއެމުން ފުރަތަމަ ޑިވިޝަނުގެ ޖާގަ ދޭން ނިންމީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނުންނަށް އެކަންޏެވެ. އެންމެ ފަހުން ބޭއްވި، ދެ ވަނަ ޑިވިޝަނުގައި ފައިނަލަށް ދާ ދެ ޓީމެއް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާ ގޮތަށް އެފްއޭއެމް އިން ގަވާއިދު ހެދި އެވެ. ނިއު އަށް ދެ ވަނަ ފަހަރު ވެސް އެކަން ނާކާމިޔާބުވީ، ސެމީއާ ހަމައިންނެވެ. ސެމީގައި ވާދަވެރި ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން ނިއު ވަނީ 2-0 އިން ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox