ހިޔާވެހި ލޯން ސްކީމް: 3 މިލިއަން ރުފިޔާގެ ލޯނު ހާއްސަކުރީ އެންމެ 29 ރަށަށް!

ލ. އަތޮޅު ގަން. ހިޔާވަހި ފައިނޭންސިން ސްކީމުން ތިން މިލިއަން ރުފިޔާ ލިބޭ ރަށްތަކުގެ ތެރޭގައި ގަން ހިމެނޭ. -- ފޮޓޯ: އަދަދު/ މިރާޝް ނާޝިމް

ލ. އަތޮޅު ގަން. ހިޔާވަހި ފައިނޭންސިން ސްކީމުން ތިން މިލިއަން ރުފިޔާ ލިބޭ ރަށްތަކުގެ ތެރޭގައި ގަން ހިމެނޭ. -- ފޮޓޯ: އަދަދު/ މިރާޝް ނާޝިމް

ގެދޮރު އިމާރާތް ކުރުމަށް ފަސް ޕަސެންޓަށް ވުރެ ކުޑަ އިންޓަރެސްޓު ރޭޓުގައި ލޯނު ދޫކުރާ ހިޔާވެހި ފައިނޭންސިން ސްކީމުން 3 މިލިއަން ރުފިޔާގެ ލޯނު ހާއްސަކޮށްފައި ވަނީ އައްޑޫ ސިޓީ ހިމެނޭ ގޮތަށް އެންމެ 29 ރަށަކަށެވެ.

ގެޒެޓުކޮށްފައިވާ އުސޫލުގައި އެ ލޯނުން އިސްތިސްނާކޮށްފައި ވަނީ ކ.، އއ. އަދި ތ. އަތޮޅެވެ. ގދ. ތިނަދޫ ވެސް ލިސްޓުގައި ހިމެނީ ސިޓީއެއްގެ ދަރަޖައިގައި ބަލާ ރަށަކަށް ވާތީ އެވެ.

3 މިލިއަންގެ ލޯނު ލިބޭ ރަށްތައް

  • ހއ. ހޯރަފުށި
  • ހއ. ދިއްދޫ
  • ހދ. ކުޅުދުއްފުށި ސިޓީ
  • ހދ. ހަނިމާދޫ
  • ހދ. ނޮޅިވަރަންފަރު
  • ހދ. ނޮޅިވަރަމް
  • ށ. ފުނަދޫ
  • ނ. މާފަރު
  • ނ. މަނަދޫ
  • ރ. އުނގޫފާރު
  • ރ. އަލިފުށި
  • ރ. ދުވާފަރު
  • ބ. ތުޅާދޫ
  • ބ. އޭދަފުށި
  • ޅ. ނައިފަރު
  • ޅ. ހިންނަވަރު
  • އދ. މަހިބަދޫ
  • އދ. މާމިގިލި
  • ފ. ނިލަންދޫ
  • ދ. ކުޑަހުވަދޫ
  • ލ. ގަން
  • ލ. ފޮނަދޫ
  • ގއ. ވިލިނގިލި
  • ގދ. ތިނަދޫ ސިޓީ
  • ފުވައްމުލައް ސިޓީ
  • އައްޑޫ ސިޓީ (ފޭދޫ، ހިތަދޫ، މަރަދޫ އަދި މަރަދޫފޭދޫ)

މި މަހުގެ 8 ގައި މި ލޯނު ސްކީމް ބަހާލާފައި ވަނީ ތިން ކެޓަގަރީ އަކަށެވެ.

އެންމެ ބޮޑުކޮށް ލޯނު ލިބެނީ މާލެ އަށެވެ. މާލޭގައި ގެދޮރު އިމާރާތް ކުރަން 6 މިލިއަން ރުފިޔާ ލިބޭއިރު، ތިން މިލިއަންގެ ލޯނު ލިބޭ ރަށްތައް ފިޔަވައި އެހެން ރަށްރަށުގައި ގެދޮރު އިމާރާތް ކުރަން ލިބޭނީ އެއް މިލިއަން ރުފިޔާގެ ލޯނަށެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް މިދިޔަ މަހު މަޖިލީހަށް ހުށަހެޅި ބަޖެޓުގައި މި ސްކީމުގެ ދަށުން ލޯނު ދޫކުރުމަށް ދެ ބިލިއަނާއި ފަސް ބިލިއަނާ ދެމެދުގެ އަދަދެއް ވަނީ ހިމަނާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox