1500 އަށް ވުރެ ގިނަ އެތުލީޓުން؛ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތް ކުރިއަށް

އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

އެމްޑަބްލިއުއެސްސީ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް, 1500 އަށް ވުރެ ގިނަ އެތުލީޓުންނާ އެކު ފަށައިގެން ކުރިއަށް އެބަދެ އެވެ.

މި އަހަރުގެ މުބާރާތުގައި 52 ސްކޫލަކުން 1563 އެތުލީޓުން ވަނީ ބައިވެރިވެފަ އެވެ.

އިއްޔެގެ ފެށި މި މުބާރާތް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

މިފަހަރުގެ މުބާރާތުގައި އެންމެ ވާދަވެރިކޮށް ފެނިގެންދާނެ ކެޓަގަރީތަކުގެ ތެރޭގައި 20 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން 100 މީޓަރު ދުވުން, 200 މީޓަރު ދުވުން ހިމެނެ އެވެ. މި އިވެންޓުތަކުގެ ފައިނަލް ކުރިއަށްދާނީ ހޯމަ ދުވަހު އެވެ.

އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ސްކޫލްތަކެއް ގަވާއިދުން ވާދަކުރާ މުބާރާތެކެވެ. މި މުބާރާތުގެ އަލީގައި ރާއްޖޭގެ އެތުލެޓިކްސް އަށް ބައިނަލްއަގުވާމީ ލެވަލްގައި ތަމްސީލްކޮށް ކާމިޔާބު ހޯދޭނެ އެތުލީޓުން ފެނިގެންދިޔަ އެވެ. މިދިޔަ ފަސް ވަރަކަށް އަހަރަށް ބަލާއިރު، އިންޓަ ސްކޫލް ލެވަލުން ފާހަގަވި އެތުލީޓުން އިންޓަނޭޝަނަލް ލެވަލްގައި ރާއްޖެ ތަމްސީލްކުރަން ފުރުސަތު ލިބުމަށް ނަގާ މުއްދަތު ވެސް ކުރިއަށް ވުރެ އަވަހެވެ. އެ ގޮތުން، ބަލާއިރު، އިންޓަ ސްކޫލްގައި ވާދަކޮށް ކާމިޔާބު ހޯދުމަށް ފަހު، ބައިނަލްއަގުވާމީ ލެވަލްގައި ވެސް ކުރިއެރުން ހޯދައިފައިވެ އެވެ.

މި ފަހަރުގެ މުބާރާތް ކުރިއަށްދަނީ ހުޅުމާލެ ސިންތަޓިކް ޓްރެކުގަ އެވެ. މި ފަހަރުގެ މުބާރާތުގެ އިވެންޓްތައް އެތުލެޓިކްސް އެސޯސިއޭޝަނުގެ ފޭސްބުކް ޕޭޖުން ލައިިވް ކުރާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ. ރަށްރަށުގެ ސްކޫލްތަކުން ގިނަ އެތުލީޓުން ބައިވެރިވާ މި މުބާރާތަށް އަހަރުން އަހަރަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox