ބާލިން މެރެތަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގެ ހުނަރުވެރި ދުވުންތެރިޔާ ޝަމްހާ: އޭނާ ވަނީ ބާލިން މެރަތަންގައި ދުވެ ކާމިޔާބީތަކެއް ހާސިލްކޮށްފައި.-- ފޮޓޯ: ސަމްހާ/ފޭސްބުކް

ރާއްޖޭގެ ހުނަރުވެރި ދުވުންތެރިޔާ ޝަމްހާ: އޭނާ ވަނީ ބާލިން މެރަތަންގައި ދުވެ ކާމިޔާބީތަކެއް ހާސިލްކޮށްފައި.-- ފޮޓޯ: ސަމްހާ/ފޭސްބުކް

އަންނަ އަހަރު ކުރިއަށްދާ ބާލިން މެރެތަންގައި ބައިވެރިވުމުގެ ފުރުސަތު އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހުޅުވާލައިފި އެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ ގިނަ އެތުލީޓުންތަކެއް ވަނީ ބާލިން މެރެތަންގައި ވާދަކޮށް ގައުމީ ރެކޯޑްތައް އާކޮށްފަ އެވެ.

މި ފަހަރުގެ ބާލިން މެރެތަންގައި ބައިވެރިވުމުގެ ފުރުސަތު އެތުލެޓިކްސް އެސޯސިއޭޝަން ހުޅުވާލައިފައިވަނީ ނޮވެމްބަރު 27-30 އަށެވެ. އަދި 1-2 ޑިސެމްބަރަށް ފޯމުތައް ޗެކުކޮށް ތަރުތީބުކުރުން ކުރިއަށްދާއިރު, 3-12 އަށް ކުރިއަށްދާނީ ފައިސާ ބަލައިގަތުމެވެ.

Advertisement

ދުނިޔޭގެ ގިނަ ގައުމުތަކުން ގިނަ ބަޔަކު ބައިވެރިވާ، ބާލިން މެރަތަން އޮތީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އިން އަންނަނީ ރާއްޖޭގެ އެތުލީޓުން ބޭރު ގައުމުތަކުގެ މެރަތަންގައި ބައިވެރިވުމަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ދެމުންނެވެ. އެގޮތުން، ފާއިތުވި އަހަރުތަކަށް ބަލާއިރު، ރާއްޖޭގެ އެކި އުމުރުފުރާގެ އެތުލީޓުން ވަނީ އެތުލެޓިކްސް އެސޯސިއޭޝަންގެ އެހީތެރިކަމާ އެކު، ދުނިޔޭގެ މަޝްހޫރު މެރަތަންތަކުގައި ބައިވެރިވެފަ އެވެ.

ދިގު ދުވުންތަކަކީ، މި ވަގުުތު ރާއްޖޭގައި ގިނަ ބަޔެއްގެ ޝައުގުވެރިކަން އޮތް ކަމަކަށްވާއިރު، މި ކަމަށް އަމާޒުކޮށްގެން ރާއްޖޭގައި ވެސް ގިނަ އިވެންޓްތަކެއް ކުރިއަށް ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox