ހުޅުމާލެ ޓްރެކް އިވެންޓަކަށް ދީފައި އޮތްގޮތުން ގައުމީ އެތުލީޓުން ދަތީގައި

ހޮޓެލް އޭޝިއާ އެކްސިބިޝަން ބޭއްވުމަށް ހުޅުމާލެ ސިންތެޓިކް ޓްރެކު ވިނަގަނޑު މަތީގައި ޓެންޓްތައް ޖަހާފައި.-- ފޮޓޯ: މުހައްމަދު އައުޒަމް / ފޭސްބުކް

ހޮޓެލް އޭޝިއާ އެކްސިބިޝަން ބޭއްވުމަށް ހުޅުމާލެ ސިންތެޓިކް ޓްރެކު ވިނަގަނޑު މަތީގައި ޓެންޓްތައް ޖަހާފައި.-- ފޮޓޯ: މުހައްމަދު އައުޒަމް / ފޭސްބުކް

ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ހޮޓެލް އޭޝިއާ އެކްސްޕޯ ބޭއްވުމަށް ދީފައި އޮތްގޮތުން، ބައިނަލްއަގުވާމީ ތިން މުބާރާތަކަށް ތައްޔާރުވަމުން އަންނަ ގައުމީ އެތުލީޓުންގެ ޓްރެއިނިން އަށް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މި މަހު 20-22 އަށް ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި، ހޮޓެލް އޭޝިއާ އެކްސިބިޝަން ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ފަށާފައިވާއިރު، ސިންތެޓިކް ޓްރެކުގައި އޮތް ވިނަގަނޑު މަތީގައި ޓެންޓްތައް ވަނީ ޖަހައިފަ އެވެ. އެ އެކްސިބިޝަންގެ ކަންކަމުގައި ބޮޑު ޓެންޓްތަކެއް ޖަހާއިރު، 300 އަށް ވުރެން ގިނަ ސްޓޯލްތައް ހުންނާނެ ކަމަށް ހޮޓެލް އޭޝިއާ އިވެންޓް އިންތިޒާމްކުރާ ފަރާތްތަކުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތުތަކުގައިވެ އެވެ.

އަދި، އެ އިވެންޓް ކުރިއަށްގެންދިއުމަށް، ސިންތެޓިކް ޓްރެކްގައި އެކި މަސައްކަތްތައް ކުރަމުން އަންނައިރު، ގައުމީ އެތުލީޓުންގެ ޓްރެއިނިން ކަންކަން ކުރިއަށްގެންދިއުމުގައި ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެތުލީޓުން ވަނީ އެކަމުގެ ޝަކުވާ ވެސް "އަަދަދު ސްޕޯޓްސް"އާ ހިއްސާކޮށްފަ އެވެ.

މި ވަގުތަކީ، ބަހްރޭނުގައި މި މަހު ބާއްވާ އޭޝިއަން ޔޫތު ގޭމްސް އާއި އިންޑިއާގައި މި މަހު އޮންނަ ސައުތު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕް އަދި އަންނަ މަހު ސައުދީ އަރަބިއްޔާގައި ބާއްވާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އަށް ގައުމީ އެތުލީޓުން ތައްޔާރުވުމަށް ޓްރެއިނިންތައް ކުރިއަށްގެންދަމުން އަންނަ ވަގުތެކެވެ. އެކަމަކު، ސިންތެޓިކް ޓްރެކަށް މި ދިމާވި ދަތިތަކާ ހެދި ތައްޔާރީތައް އެކަށީގެންވާ މިންގަނޑެއްގެ ތެރެއިން ކުރިއަށްގެންދިއުމުގައި، ގިނަ ދަތިތަކެއް އެބަހުއްޓެވެ.

އެ ގޮތުން ބަލާއިރު، މާލޭ ކުޅިވަރު އެކުވެނި ޓްރެކަކީ، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އާއި އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެކުގައި ބަހާލައިގެން ބޭނުންކުރެވޭ ގޮތަށް އޮތްތަނަކަށްވާއިރު، ހަމައެކަނި އެ ތަނުގައި އެކަށީގެންވާ ގޮތަށް ހާއްސަވެގެން އެތުލެޓިކްސްގެ ތަމްރީންތައް ގައުމީ އެތުލީޓުންނަށް ގެންދެވޭނެ ގޮތެއް ނެތެވެ. އަދި، ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ހޮޓެލް އޭޝިއާ އެކްސިބިޝަނަށް ތަން ދީފައި އޮތްގޮތުން، ހުޅުމާލޭ ޓްރެކުގައި ވެސް އެންމެ ފުރިހަަމަ އަށް ޓްރެއިނިން ގެންދެވޭ ގޮތެއްނުވެ އެވެ. އެހެންވެ، އެތުލީޓުންގެ ތައްޔާރީތަކަށް އޮތީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ.

މިކަމާ ގުޅޭގޮތުން، "އަދަދު ސްޕޯޓްސް" އިން ކުރި ސުވާލަކަށް ދިން ޖަވާބުގައި، އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ، ބައިނަލްއަގުވާމީ ތިން މުބާރާތަކަށް ގައުމީ އެތުލީޓުން ތަމްރީންތައް ހަދަމުން އަންނައިރު، މި ވަގުތު ކަންތައްތައް ހުރި ގޮތުން، "ބޮޑެތި ދަތިތަކެއް" އެބަހުރި ކަމަށެވެ.

"އެސޯސިއޭޝަނުން މި ދަނީ (ސްޕޯޓްސް) މިނިސްޓްރީއާ ގުޅިގެން މި ކަމަށް ހައްލުތަކެއް ހޯދުމަށް މަސައްކަތްތަކެއް ކުރަމުން،" އެސޯސިއޭޝަނުން ބުނެފައިވެ އެވެ.

"އަދަދު ސްޕޯޓްސް" އިން މި ކަމާ ގުޅޭގޮތުން، ސްޕޯޓްސް މިނިސްޓްރީ އަށް ސުވާލުކުރުމުން އެ މިނިސްޓްރީން ވެސް ބުނީ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް އެސޯސިއޭޝަނާ އެކު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"އެތުލެޓިކްސް ގައުމީ ޓީމުގެ ތަމްރީންތަކަށް ދިމާވާ ދަތިތައް އެ އެސޯސިއޭޝަނުންވަނީ ހިއްސާކޮށްފައި. އެ ކަމަށް ހައްލު ހޯދުމަށް އަންނަނީ މަޝްވަރާ ކުރަމުން. މި ގޮތުން މިހާތަނަށް ބައެއް ކަންކަމަށް ވަގުތީ ހައްލުތަކެއްވެސް ވަނީ ގެނެވިފައި. އޭގެ ތެރޭގައި، 100 މީޓަރު ދުވުމަށް ބޭނުންކުރާ ސަރަހައްދުގައި ތަމްރީން ހެދޭނެ ގޮތް ވަނީ ހަމަޖައްސާދެވިފައި. އިތުރު ކަން ކަމަށް ވެސް އަވަސް ހައްލުތަކެއް ހޯދައިދިނުމަށް އަންނަނީ މަސައްކަތް ކުރަމުން،" މިިނިސްޓްރީގެ އޮފިޝަލް ބުނެފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ އެކްސްޕޯ ބޭއްވުން ސިންތެޓިކް ޓްރެކް ސްޓޭޑިއަމަށް ބަދަލުކުރީ، ސެންޓްރަލް ޕާކުގައި އިވެންޓް ބޭއްވުމަށް ކުއްޔަށްދޭ އަގުބޮޑުކުރުމުންނެވެ.

ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންދާ ދަނޑުތަކުގައި، ކުޅިވަރު ނޫން އިވެންޓްތައް ބާއްވަމުން އަންނާތީ، ކުޅިވަރު ކުޅުންތެރިންނާއި އެސޯސިއޭޝަންތަކަށް ފާއިތުވި އަހަރުތަކުގައި ގިނަ ދަތިތަކެއް އުފުލަން ވަނީ ޖެހިފަ އެވެ. އެ ގޮތުން، މި އަަހަރު ތެރޭ، ސޯޝަލް ސެންޓަރު އެޑިއުކޭޝަން މިނިސްޓްރީގެ އިވެންޓެއް ކުރިއަށްގެންދިއުމަށްޓަކައި ދީފައި އޮތުމުން ފިރިހެން ވޮލީ ސީޒަން ފަސްކުރަންޖެހުނެވެ. އަދި، އެ ކަމުގެ ސަބަބުން ޓީމުތަކަށް ލިބުނު ގެއްލުންތައް ފޫބައްދަން މަސައްކަތްކުރަން ޖެހުނީ ވޮލީބޯލް އެސޯސިއޭޝަން މެދުވެރިކޮށް ސްޕޯޓްސް މިނިސްޓްރީންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox