ވިނީޝިއުސް ހެޓްރިކް ހަދައި ރެއާލް މޮޅުކޮށްދީފި

Nov 9, 2024, 3:03 PM
ވިނީޝިއުސް ހެޓްރިކް ހަދައި ރެއާލް މޮޅުކޮށްދީފި

މެޑްރިޑް (ނޮވެމްބަރު 9) - ސްޕެނިޝް ލީގުގައި މިރޭ ވިނީޝިއުސް ޖޫނިއާގެ ހެޓްރިކާ އެކު، ރެއާލް މެޑްރިޑުން ވަނީ 4-0 އިން އޮސަސޫނާ މޮޅުވެއްޖެ އެވެ.

މި މެޗުގައި، ރެއާލްގެ ވިނީޝިއުސް ހެޓްރިކެއް ހެދިއިރު، މިއީ، ދާދި ފަހުން، އޭނާ އަށް ބެލޮންޑިއޯ އެވޯޑް ނުލިބުމާ އެކު، ސޯޝަލް މީޑިއާ އާއި މީޑިއާގައި ދެކެވުނު ވާހަކަތަކަށް ފަހު އޭނާގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މެޗެވެ. ވިނީޝިއުސް ވަނީ މި މެޗުގައި ރެއާލްގެ އެޓޭކްްގައި ތަފާތު ދައްކައިފަ އެވެ.

ރެއާލަށް މި މެޗުގައި އަނެއް ލަނޑު ޖެހީ، ޖޫޑް ބެލިންހަމް އެވެ. މިއީ، އިނގިރޭސި މިޑްފީލްޑަރު، ބެލިންހަމް މި ސީޒަނުގައި ރެއާލަށް ކުޅެދިން 13 މެޗުން ޖެހި ފުރަތަމަ ގޯލެވެ.

އަނިޔާގެ ގިނަ މައްސަލަތަކެއް ރެއާލަށް ކުރިމަތިވި މި މެޗުގައި، އެ ޓީމުގެ ރޮޑްރީގޯ އާއި އެޑާ މިލިޓާއޯ އަދި ލޫކަސް ވަޒްކޭޒް ބަދަލުކުރަން ޖެހުނީ އަނިޔާއާ ހެދި އެވެ. މީގެ ތެރެއިން، މިލިޓާއޯ ދަނޑުން ބޭލީ ސްޓްރެޗަރުގަ އެވެ.

މެޗުގެ 34 ވަނަ މިނިޓްގައި، ބެލިންހަމް ދިން ބޯޅައަކުން ވިނީޝިއުސް ރެއާލްގެ ފުރަތަމަ ގޯލު ޖެހިއިރު، ބަދަލަކަށް ކުޅެން އެރި ރައުލް އަސެންސިއޯ ނަގައިދިން ބޯޅައަކަށް އަރައި، ބެލިންހަމް ވަނީ ލަނޑު ޖަހައި ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލްގެ ލީޑުފުޅާކޮށްފަ އެވެ.

ދެ ވަނަ ހާފުގައި އަށް މިނިޓް ތެރޭ ދެ ވަނަ ލަނޑު ޖަހައި، ވީނީޝިއުސް ވަނީ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އެ ގޮތުން، މެޗުގެ 61 ވަނަ މިނިޓްގައި ވިނީޝިއުސްގެ ލަނޑަށް ފުރުސަތު ހޯދައިދިނީ ގޯލްކީޕަރު، އަންޑްރީ ލުނިން އެވެ. އަދި ފަހު ގޯލަށް ބޯޅަ ދިނީ، ބްރަހިމް ޑިއާޒް އެވެ.

މި މެޗުގައި އެއްކޮށް، ރެއާލްގެ ފޯވާޑް ކީލިއަން އެމްބާޕޭ ކުޅުނު ނަމަވެސް ގޯލެއް ޖެހޭގޮތެއްނުވި އެވެ.

ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އަށް 12 މެޗުން 33 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ރެއާލަށް 12 މެޗުން ވަނީ 27 ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox