އާން އާއި ހަމްނާ އަށް ގިނަ ގައުމީ ރެކޯޑްތަކެއް

Nov 8, 2024, 12:43 AM
އާން އާއި ހަމްނާ އަށް ގިނަ ގައުމީ ރެކޯޑްތަކެއް

ހަންގޭރީގައި މިހާރު ކުރިއަށްދާ އެ ގައުމުގެ 20 ވަނަ ނެޝަނަލް ޝޯރޓް ޓްރެކް ޗެމްޕިއަންޝިޕާއި ހަމަ އެ ގައުމުގައި ކުރިއަށްދިޔަ ހާޖޮސް އަލްފްރެޑް ކުޕާ 3 ގައި ރާއްޖޭގެ މުހައްމަދު އާން ހުސެއިން އާއި ހަމްނާ އަހުމަދު، ގިނަ ގައުމީ ރެކޯޑްތަކެއް މުގުރާލައިފި އެވެ.

އެ ގޮތުން، އާން ތިން ރެކޯޑެއް މުގުރާލިއިރު، ހަމްނާ ވަނީ ދެ ރެކޯޑެއް ހަދައިފަ އެވެ. އާން، ހެދި ރެކޯޑްތަކަކީ ފިރިހެނުންގެ ޝޯޓް ކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓާއި، ފިރިހެނުންގެ ޝޯޓް ކޯސް 100 މީޓަރު ފްރީ ސްޓައިލް އިވެންޓްގެ އިތުރުން، ފިރިހެނުންގެ 50 މީޓަރު ޝޯޓް ކޯސް ފްރީ ސްޓައިލް އިވެންޓް އެވެ.

މީގެ ތެރެއިން، ފިރިހެނުންގެ ޝޯޓްކޯސް 100 މީޓަރު ފްރީސްޓައިލް ރެކޯޑަަކީ އަށް އަހަރު ވަންދެން މުގުރައިނުލެވި އޮތް ރެކޯޑެކެވެ. އެ ގޮތުން، 2016 ވަނަ އަހަރު ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައި ނިޝްވާން އިބްރާހިމް ހެދި ރެކޯޑް، އާން މި ވަނީ އެއް މަސް ތެރޭ ދެ ފަހަރަށް އާ ކޮށްފަ އެވެ. މިދިޔަ މަހު އޮތް، ދެ ވަނަ ޝޯޓް ޓްރެކް ބުޑަ ކަޕްގައި، ފިރިހެނުންގެ ޝޯޓްކޯސް 100 މީޓަރު އިވެންޓް، 00:54.89 އިން ރޭސް ފުރިހަމަކޮށްގެން، އާން ރެކޯޑް މުގުރާލީ، ނިޝްވާންގެ ޓައިމިން ބީޓުކޮށްފަ އެވެ. ނިޝްވާން، އަށް އަހަރު ކުރިން ރެކޯޑް ހެދި ޓައިމިން އަކީ، 00:56.25 އިންނެވެ.

އާން، އަނެއްކާ ވެސް، މި ރެކޯޑް އާ ކުރީ، 00:53.45 އިން ރޭސް ނިންމައިގެންނެވެ.

ފިރިހެނުންގެ ޝޯޓްކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯރޑް އާން އާކުރީ، 00:28.22 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ މިއަހަރު މެދުތެރޭގައި ބޭއްވި އޭއޯއެސްއައި ޝޯޓްކޯސް އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްގައި މުޙައްމަދު ރިހާން ޝިހާމް އެވެ. ރިހާން ރެކޯޑް ހެދިއިރު، އިވެންޓް ނިންމާފައިވަނީ 00.29.06 އިންނެވެ.

ފިރިހެނުންގެ ޝޯޓްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓު، 00:24.29 އިން ނިންމައިގެން، އާން ވަނީ މި އިވެންޓްގެ ރެކޯޑް ވެސް އާ ކޮށްފަ އެވެ. މި އިވެންޓްގެ ރެކޯޑް ކުރިން އޮތީ ވެސް އާން އަތުގަ އެވެ. އޭނާ ރެކޯޑް ހެދީ، 2021 ވަނަ އަހަރު ބޭއްވުނު 15 ވަނަ ފީނާ ވޯލްޑް ސްވިމިންް ޗެމްޕިއަންޝިޕް (25 މީޓަރ) ގައި 00:25.00 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.

އަންހެނުންގެ ޝޯޓްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް ހަމްނާ އާ ކުރީ ހަންގޭރީގައި ކުރިއަށްދިޔަ ހާޖޮސް އަލްފްރެޑް ކުޕާ 3 ގައި 01.23.76 އިން ރޭސް ނިންމައިގެންނެވެ. މިއީ ފަސް އަހަރު ވަންދެން މުގުރާނުލެވި އޮތް ރެކޯޑެކެވެ. މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާ ކޮށްފައިވަނީ 2019 ވަނަ އަހަރު ނޭޕާލްގައި ކުރިއަށްދިޔަ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި 01.23.81 އިން ރޭސް ފުރިހަމަކުރި އައިޝަތު ސާޖިނާ އެވެ.

އަންހެނުންގެ ޝޯޓްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް ޙަމްނާ އާކުރީ 00.37.13 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ ވެސް ޙަމްނާ އެވެ. އެއީ، މިދިޔަ އަހަރު ހަންގޭރީގައި ބޭއްވުނު އެ ގައުމުގެ ޝޯޓްކޯސް ޤައުމީ މުބާރާތުގައި 00.37.88 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox