ދުނިޔޭގެ ޖޫނިއާ ސްވިމިން މުބާރާތުގައި ރާއްޖެ ޖުމްލަ 10 ގައުމީ ރެކޯޑް

Aug 26, 2025, 4:30 AM
ދުނިޔޭގެ ޖޫނިއާ ސްވިމިން މުބާރާތުގައި ރާއްޖެ ޖުމްލަ 10 ގައުމީ ރެކޯޑް

ރުމޭނިއާގައި ކުރިއަށްދިޔަ 10 ވަނަ، ދުނިޔޭގެ ޖޫނިއާ ފެތުމުގެ މުބާރާތް، ވޯލްޑް އެކުއަޓިކްސް ޖޫނިއާ ސްވިމިން ޗެމްޕިއަންޝިޕްގައި، ރާއްޖޭގެ ފެތުންތެރިން، ޖުމްލަ 10 ގައުމީ ރެކޯޑާ އެކު މުބާރާތް ނިންމައިލައިފި އެވެ.

މިއީ މިހާތަނަށް ދުނިޔޭގެ ލެވަލްގެ ޖޫނިއާ މުބާރާތެއްގައި ވާދަކޮށް، ރާއްޖޭގެ ސްވިމިން ޓީމުގެ އެންމެ ނަތީޖާތައް ރަނގަޅު ފަހަރެވެ. ޖުމްލަ 10 ރެކޯޑް އާ ކުރީ، ނުވަ އިވެންޓެއްގައި ވާދަކޮށްގެންނެވެ.

ޖޫނިއާ ގައުމީ ޓީމުން ފުރަތަމަ ދުވަސްތަކުގައި، އާކުރި ގައުމީ ރެކޯޑްތަކަކީ، އަންހެނުންގެ ލޯންގް ކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުން މެރާލް އައިން ލަތީފް ހެދި ރެކޯޑާއި ފިރިހެނުންގެ ލޯންގް ކޯސް 50 މީޓަރާއި 100 މީޓަރު އިވެންޓްގެ އިތުރުން، ފިރިހެނުންގެ ލޯންގް ކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގައި، ލޫތު މުހައްމަދު ހުސެއިން ހެދި ރެކޯޑްް ހިމެނެ އެެވެ.

އަންހެނުންގެ ލޯންގް ކޯސް 4 ގުނަ 200 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުގެ ގައުމީ ރެކޯޑް އާ ކޮށްފައިވާއިރު، އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް، މެރާލް ހެދި އެވެ. ފިރިހެނުންގެ ލޯންގް ކޯސް 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު އިޒްޔާން އާ ކުރިއިރު، ތަޒްކިޔާ ވަނީ އަންހެނުންގެ ލޯންގް ކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް އާކޮށްފަ އެެވެ. އަދި، ނުވަ ވަރަކަށް އަހަރު ފަހުން، އަންހެނުންގެ ލޯންގް ކޯސް 4 ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭގެ ގައުމީ ރެކޯޑު ވެސް ވަނީ އާ ކޮށްފަ އެވެ.

މުބާރާތުގެ އެންމެ ފަހު ރެކޯޑަކަށް އާ ކުރީ، އަންހެނުންގެ ލޯންގް ކޯސް 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓުންނެވެ. އެ އިވެންޓްގެ ރެކޯޑް މި ފަހަރު ހެދި ޓައިމިން އަކީ، 05:04.04 އެވެ. މި ރެކޯޑް އާކުރި ޓީމުގައި ހިމެނެނީ މަލައިކާ ލިންދާ ޢިމްރާން، ސާރާ މުޙައްމަދު، މެރާލް އަދި ތަޒްކިޔާ އެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ މަޑަގަސްކަރާގައި 2023 ވަނަ އަހަރު ކުރިއަށްދިޔަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގަ އެވެ. އެ ފަހަރު ރެކޯޑް ހެދި ޓައިމިން އަކީ، 05.15.09 އެވެ. ޓީމުގައި ހިމެނުނީ އައިޝަތު ސައުސަން، ޒައިނަބް އަބްދުﷲ ޝަފީޤް، ހަނާން ހުސެއިން ހަލީމް އަދި މެރާލް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox